ތައިލެންޑުގެ ވައި ނުސާފުވެ ސިއްހަތަށް ނުރައްކާވާ ދަރަޖައަށް ދިއުމުން، އާޓިފިޝަލް ވާރޭ ވެއްސަން މަސައްކަތް ފަށައިފި އެވެ.
ތައިލެންޑުގެ ވައި ނުސާފުވެ ސިއްހަތަށް ނުރައްކާވާ ދަރަޖައަށް ދިއުމުން، އާޓިފިޝަލް ވާރޭ ވެއްސަން މަސައްކަތް ފަށައިފި އެވެ.
ތައިލެންޑުގެ ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓުން ބުނީ ބެންކޮކްގެ އިރުމަތީ ބައެއް ހިސާބުތަކުގައި ވަރަށް ބޮޑަށް ވައި ނުސާފުވެފައިވާ ކަމަށެވެ. އާންމުންނާއި މީޑިއާ އިން ވެސް މި މައްސަލަ ވަރަށް ބޮޑަށް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.
ރޮޔަލް ރެއިންމޭކިން އެންޑް އެގްރިކަލްޗަރަލް އޭވިއޭޝަން ޑިޕާޓްމަންޓުން ބުނީ އާޓިފިޝަލް ވާރޭ ވެއްސަން (ކްލައުޑް ސީޑިން) އަށްބޭނުންކުރާ ދެ އެއާކްރާފްޓް އަންގާރަ ދުވަހުގެ ރެއިން ފެށިގެން ހުކުރު ދުވަހާ ހަމަޔަށް އުދުހޭނެ ކަމަށެވެ. އެތަނުން ބުނީ މި މަސައްކަތާ އެކު، އިރުމަތީ ސަރަހައްދުތަކަށް ރޭގަނޑު ވާރޭ ވެހޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ވާރޭ ވެހިއްޖެ ނަމަ ޖައްވު ސާފުވެ، ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް ސަރުކާރުން އުންމީދުކުރެ އެވެ.
ވެހިކަލްތަކުން އަރާ ދުމުގެ އިތުރުން، އިމާރާތްކުރުމުގެ މަސައްކަތްކުރާ ތަންތަނުން އަރާ ކުނޑި އާއި ދުމުގެ މައްސަލަ ވެސް ވަރަށް ބޮޑުވެފައިވާ ކަމަށް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ. އެހެންވެ، މަސައްކަތްކުރާ ތަންތަނަށް ވަނީ ވައި ނުސާފުނުވާނެ ގޮތްތައް ހޯދަން އަންގައިފަ އެވެ.
މީގެ އިތުރުން، އެންމެ ބޮޑަށް ވައި ނުސާފުވެފައިވާ ސަރަހައްދުތަކުގައި އާންމުންނަށް މާސްކް ބަހަން ވެސް ވަނީ ސަރުކާރުން ނިންމައިފަ އެވެ. އަދި ވައިގެ ތެރެއަށް ފެން ސްޕްރޭކުރަން ވެސް ވަނީ ފަށައިފަ އެވެ.
މި މަހު ވާރޭ ވެހޭ ވަރު މަދުވާނެ ކަމަށް ލަފާކޮށްފި
ބޮޑު ސަރަހައްދަކަށް މިރޭ ކަނޑުތައް ވަރަށް ގަދަވާނެ!
އައްޑުއަށް ވިއްސާރަ، އެހެން ހިސާބުތަކަށް ހޫނުގަދަ!
ކުރިއަށް އޮތް ހަތަރު ދުވަހު ކަނޑުގަދަވާނެ: މެޓް
މުޅި ރާއްޖެއަށް ވިއްސާރަ؛ ކަނޑުތައް ގަދަވާނެ!
ރާއްޖެއަށް ވައިޓް އެލާޓް، 45 މޭލަށް ވައި ގަދަވާނެ
ކުރިއަށް އޮތް ދެ ދުވަހު ވިއްސާރަ ކުރާނެ: މެޓް
ކަނޑު ގަދަވެ ބޮޑު ސަރަހައްދަކަށް އުދަ އަރާފާނެ: މެޓް
މޫސުން ގޯސްވެ މޫދު ކުޅިވަރުތައް މަޑުޖައްސާލަން އެދިއްޖެ
ހަފުތާ ބަންދުގައި ވިއްސާރަ ކުރާނެ: މެޓް