14 ޖެނުއަރީ 2019
އައްޑޫ ހިތަދޫ ބޮޑު މަގުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް، އެ މަގުގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ ބްރާންޗްގެ ތެރެއަށް މިއަދު ވަދެއްޖެ އެވެ.
އައްޑޫ ހިތަދޫ ބޮޑު މަގުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް، އެ މަގުގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ ބްރާންޗްގެ ތެރެއަށް މިއަދު ވަދެއްޖެ އެވެ.
މި ހާދިސާގައި ކާރުގެ ކުރީކޮޅު އޮތީ ބޭންކް ހިންގާ އިމާރާތުގެ މައި ދޮރާ ދިމާލުގައި ހުންނަ ބިއްލޫރި ގޮޅި ފުނޑާލައިފައި ވަދެ އެތެރޭގަ އެވެ. މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އެކްސިޑެންޓްވި އިރު ކާރުގައި ތިބީ ކިތައް މީހުން ކަމެއް ނޭނގެ އެވެ.
ކާރު ގޮސް ޖެހުނުލެއް ބާރުކަމުން، ބޭންކްގެ ތެރޭގައި ހުރި ސޯފާ ސެޓެއް ވިއްސައިގެން ދިޔަ އެވެ.
މަންޒަރު ދުށް މީހަކު ބުނީ ބާރު ސްޕީޑްގައި ދުއްވި ކާރު ކޮންޓްރޯލުން ނެއްޓުނީ ބޭންކާ ދިމާލުގައި އޮތް ގޯޅި އަޅަން އުޅުމުގެ ތެރޭގައި ކަމަށެވެ.
އެސްބީއައި ހިތަދޫ ބްރާންޗްގެ ތެރެއަށް ކާރު ވަދެފައި --ފޮޓޯ/ ސޮބްރީ
މި ހާދިސާ ހިތަދޫ ފުލުހުން މިހާރު ވަނީ ތަހުގީގުކުރަމުންނެވެ. އެކަމަކު އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.
ހިތަދޫ އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
ދެ ކާރު އެކްސިޑެންޓުވެ، އެއް ކާރު ވެއްޓުނީ މޫދަށް
ސައިކަލަކުން ވެއްޓި އަނިޔާވި މީހަކު އައިސީޔޫގައި
ރަޝްމު މަރުވި މައްސަލާގައި ދައުވާ ކުރަން ފޮނުވައިފި
އައްޑޫ އެކްސިޑެންޓްވި ކާރު ދުއްވި މީހާ ހައްޔަރުކޮށްފި
ވެލި ފުންޏަކަށް އަރައި ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް
އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި ކާރެއް ފުރޮޅާލައިފި
ހިތަދޫގައި އެކްސިޑެންޓުވި މީހަކު ނިޔާވެއްޖެ
ފުލުހުންނަށް އިންޒާރު ދިން 2 މީހުންގެ ބަންދަށް 15
ފުލުހުންނަށް އިންޒާރުދިން ދެ މީހަކު ހައްޔަރުކޮށްފި