އައްޑޫ ހިތަދޫގައި ސައިކަލެއް ޓޯ ކުރުމުން، ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ، ރޯކޮށްލާނެ ކަމުގެ އިންޒާރު އިއްޔެ ދިން ދެ ޒުވާނުން ތަހުގީގު ނިމެންދެން 15 ދުވަހަށް ބަންދު ކުރަން ކޯޓުން މިއަދު އަންގައިފި އެވެ.
އައްޑޫ ހިތަދޫގައި ސައިކަލެއް ޓޯ ކުރުމުން، ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ، ރޯކޮށްލާނެ ކަމުގެ އިންޒާރު އިއްޔެ ދިން ދެ ޒުވާނުން ތަހުގީގު ނިމެންދެން 15 ދުވަހަށް ބަންދު ކުރަން ކޯޓުން މިއަދު އަންގައިފި އެވެ.
މިއަދު ހައްޔަރުކުރި އުމުރުން 21 އަހަރާއި 22 އަހަރުގެ އެ ދެ ފިރިހެނުންގެ ބަންދާ މެދު ގޮތެއް ނިންމަން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރަން އެ ކޯޓުން އެންގި ނަމަވެސް އެ ދެ ޒުވާނުންނާ ގުޅޭ ތަފުސީލެއް ފުލުހުން އަދި މީޑިއާ އަށް ނުދެ އެވެ.
ފުލުހުން ބުނީ، ދެ ޒުވާނުންގެ މައްސަލައަކީ ލައިސަންސް ނެތި ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯ ކުރުމުން ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ، ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިނުން ކަމަށެވެ. އެ ދެ މީހުން ހައްޔަރުކުރީ ވެސް ކޯޓު އަމުރެއްގެ ދަށުންނެވެ.
ދެކުނުގެ އަތޮޅުތަކަށް ބަލާއިރު، މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު އައްޑު އަކީ ކުށުގެ ރިކޯޑު ވަރަށް ބޮޑު ސިޓީއެކެވެ. ގޭންގުތަކާއި މަސްތުވާތަކެތީގެ މައްސަލަ އައްޑޫގައި ވަކިން ބޮޑެވެ. ފުލުހުން ވަރަށް ފަހުން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު ވެސް ދެކުނުގެ ރަށްތަކުގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަ އެންމެ ބޮޑުކޮށް އުޅެނީ އައްޑޫގަ އެވެ.
މަސްތުވާތަކެތި ބޭނުންކުރާ 933 މީހުން އެ ސިޓީގައި އުޅޭއިރު 403 މީހަކު ފާހަގަވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބައެއްގެ ގޮތުގައި ކަމަށް ލ. ގަމުގައި މިދިޔަ ހަފުތާގައި ބޭއްވި "ވިއަވަތި ކޮންފަރެންސްގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައްޑޫގައި މަސްތުވާތަކެތީގެ ތެރޭގައި ގިނައިން އުޅެނީ އުމުރުން 18-30 އަހަރާ ދެމެދުގެ މީހުން ކަމަށެވެ. އެ އުމުރުގެ 1،847 މީހުން ތިބިއިރު 18 އަހަރުން ދަށުގެ 221 ކުދިން ވެސް އެބަތިބި ކަމަށް ޝަމީމް ވިދާޅުވި އެވެ. އޭގެ އިތުރުން އައްޑޫގައި އުމުރުން 50 އަހަރުން މަތީގެ 106 މީހަކު ވެސް އުޅެނީ މަސްތުވާތަކެތީގެ ތެރޭގަައި ފުލުހުން ބުނެ އެވެ.
މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން މިހާތަނަށް ބަލާއިރު ފުލުހުންނަށް އެކި ގޮތްގޮތުން އިންޒާރު ދިން ތިން މައްސަލައެއް ވަނީ އާންމުންގެ ސަމާލުކަމަށް އައިސްފަ އެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތްކުރާ ތިން ފުލުހަކު އޮފް ޑިއުޓީގައި މި މަހުގެ ނުވަ ވަނަ ދުވަހު އުޅެނިކޮށް ހެންވޭރުން މަޖީދީ މަގު ޔޫރޯ ސްޓޯރު ކައިރިން ހަމަލަދީފައިވާއިރު އެ މައްސަލައިގައި ހިމެނުނު 10 ޒުވާނަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އެ ތިން ފުލުހުންނަށް ހަމަލަދިނީ މި މަހުގެ 9 ވީ ހުކުރު ދުވަހުގެ މެންދުރު 12 ޖަހަން އުޅެނިކޮށެވެ. އެ ޖަރީމާގައި ހިމެނެނީ ހެންވޭރުގައި ހަރަކާތްތެރިވާ ގޭންގެއްގެ ބައެއް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައި ވެ އެވެ.
މާފަންނު ޕޮލިސް ސްޓޭޝަން ކައިރިއަށް ގްރޫޕަކުން އެއްވެ، ފުލުހުންނަށް މަރުގެ އިންޒާރު ދިންކަމުގެ ތުހުމަތުގައި މިދިޔަ އާދީއްތަ ދުވަހު މީހަކު ހައްޔަރު ކުރި އެވެ. ނަމަވެސް، އޭނާ ހައްޔަރު ކޮށްފައިވަނީ ކުށުގެ ވެށިން ނޫން ކަމަށާއި ކޯޓު އަމުރަކާ ނުލައި ކަމަށް ބުނެ ކޯޓުން އިއްޔެ އޭނާ ދޫކުރި އެވެ.
އޭގެ ފަހުން، ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ، ރޯކޮށްލާނެ ކަމުގެ އިންޒާރު ދިނީ އައްޑޫ ހިތަދޫގައި ސައިކަލެއް ޓޯ ކުރުމުންނެވެ.
ފުލުހުންނަށް އެކި ގޮތްގޮތުން އިންޒާރު ދޭ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ސަމާލުކަމަށް ވެސް މިއަދު ވަނީ ގެނެސްފަ އެވެ. އެ މައްސަލަ ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.
ފުލުހުންނަށް އިންޒާރުދިން ދެ މީހަކު ހައްޔަރުކޮށްފި
އައްޑޫގައި ފުލުހުންގެ ހާލަތު ވަރަށް ގޯސް!
ދެކުނު ޕޮލިސް ކޮމާންޑަރަކަށް އާތިފް
ޕޮލިސް އެކަޑަމީ އަންނަ މާޗު މަހު ނިމޭނެ: ސީޕީ
އައްޑޫގައި ވަގުންގެ "ރަސްކަން"
މަރަދޫގައި މުދަލަށް ގެއްލުންދިން ބަޔަކު ހައްޔަރުކޮށްފި
ހިތަދޫގެ ވިޔަފާރި ގާޑިޔާއެއްގައި ރޯކޮށްލައިފި
ޕޮލިސް އެކަޑެމީގެ ބޯޑުގައި އައްޑޫ ކައުންސިލް ހިމެނޭނެ
ޕޮލިސް އެކަޑަމީގައި މިލިޓަރީ ކަމެއް ނުހިންގާނެ:އިމްރާން
ވިއްސާރައިގައި އައްޑޫގެ 54 ގެއަކަށް ގެއްލުންވި