Roadha Mihaaru
ބޮޑު ޚިޔާނާތުގެ މަދަނީ ދައުވާތައް އިިތުރަށް ދިރާސާކުރަނީ

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅޭ މަދަނީ ގިނަ ދައުވާތަކެއް އިތުރަށް ދިރާސާ ކުރަން އަނބުރާ ގެންނަނީ

13 ޖެނުއަރީ 2019

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގައި ގެއްލުނު ފައިސާތައް އަނބުރާ ހޯދަން ދައުލަތުން ކުރާ މަދަނީ ގިނަ ދައުވާތަކެއް އިތުރަށް ދިރާސާ ކުރުމަށްޓަކައި އަނބުރާ ގެނައުމަށް ދައުލަތުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގައި ގެއްލުނު ފައިސާތައް އަނބުރާ ހޯދަން ދައުލަތުން ކުރާ މަދަނީ ގިނަ ދައުވާތަކެއް އިތުރަށް ދިރާސާ ކުރުމަށްޓަކައި އަނބުރާ ގެނައުމަށް ދައުލަތުން ނިންމައިފި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 1.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނުލިބި ގެއްލުނު މައްސަލާގައި، ގެއްލިފައި ހުރި ފައިސާތައް އަނބުރާ ހޯދަން އެކި ފަރާތްތަކާ ދެކޮޅަށް ދައުލަތުން ކުރިން އޮތީ 39 މަދަނީ ދައުވާއެއް އުފުލައިފަ އެވެ. އޭގެ ތެރެއިން އަނބުރާ ގެންދަން ނިންމީ 35 ދައުވާއެކެވެ.

އެޓާނީ ޖެނެރަލްގެެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ އެ 35 ދައުވާ އަނބުރާ ގެންދަން ނިންމީ ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް، އެ މައްސަލަތައް އިތުރަށް ދިރާސާ ކުރުމަށް ފަހު، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރަން ކަމަށެވެ. އަދި އެ މައްސަލަތައް އަލުން ދިރާސާ ކުރުމަށް ފަހު، ރިޔާސީ ކޮމިޝަނާއި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެހީއާ އެކު އެ މައްސަލަތައް ވީހާ ވެސް އަވަހަކަށް އަލުން ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެކަމާ ގުޅިގެން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވީ، އެ މައްސަލަތަކާ ގުޅޭ އިތުރު މައުލޫމާތުތަކެއް ބައެއް ފަރާތްތަކުން މިހާރު އެ އޮފީހާ ރަސްމީކޮށް ހިއްސާ ކޮށްފައި އެބަހުރި ކަމަށެވެ. އެހެންވެ، އެ ދައުވާތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި އެގޮތަށް ނިންމެވީ ކަމަށް ރިފްއަތު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެެ ޚިޔާނާތާ ގުޅޭ މަދަނީ ދައުވާތަކެއް ދައުލަތުން އަނބުރާ ގެންދިޔައިރު، އެ މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ޖިނާއީ ދައުވާތަކެއް ކްރިމިނަލް ކޯޓުގައި ވެސް ދަނީ ހިނގަމުންނެވެ. އެ މައްސަލަތަކާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ދައުލަތުން ގިނަ ދައުވާތަކެއް ކުރެ އެވެ.