22 ޑިސެމްބަރ 2019
ގާނޫނާ ޚިލާފަށް އުވާލި ކަމަށް ބުނާ އެއްބަސްވުންތަކުން ބޮޑެތި ބަދަލުތަކެއް ދީފައިވާ ނުވަ މައްސަލައެއްގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
ގާނޫނާ ޚިލާފަށް އުވާލި ކަމަށް ބުނާ އެއްބަސްވުންތަކުން ބޮޑެތި ބަދަލުތަކެއް ދީފައިވާ ނުވަ މައްސަލައެއްގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގައި އޮންނަ ސެޓްލްމެންޓް ކޮމިޓީ އަށް ހުށަހެޅި މައްސަލަތައް ނިންމައި މިހާތަނަށް ދައުލަތުން ވަނީ އެކި ފަރާތްތަކަށް ބިލިއަަނަކަށް ވުރެ ގިނަ ރުފިޔާ ދައްކައިފަ އެވެ. މީގެ އިތުރުން ބައެއް ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ބަދަލު ދޭން ނިންމާފައިވާ އިރު، ސަރުކާރުން މި ބަދަލު ދެމުން އަންނަ ގޮތާ މެދު ގިނަ ބައެއްގެ ކަންބޮޑުވުން އެބައޮތެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން ސެޓްލްމެންޓް ކޮމިޓީން ބަދަލު ދީފަިއވާ ގޮތް އޭސީސީން ބަލަން ފެށީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެ ކޮމިޓީގެ ނިންމުންތަކުގައި ދެފުށް ފެންނަ އުސޫލެއް ނުގެންގުޅުމަކީ އޭސީސީގެ ވެސް ކަންބޮޑުވުމެވެ.
އެ ތަހުގީގާ ގުޅޭ ގޮތުން "މިހާރު" ން ސުވާލު ދެންނެވުމުން އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކޮމިޝަނުން ނުވަ މައްސަލައެއް އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ. ބައެއް މައްސަލަތަކުގެ ލިޔެކިޔުންތައް ވެސް މިހާރު ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތަހުގީގީގަށް ފަހު ތަފްސީލް އާއްމު ކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުތަކުން، ގަވައިދާ ހިލާފަށް އެގްރިމަންޓްތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭން ޖެހޭ ބަދަލު 6.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެއްވޭ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ. މީގެ ތެރެއިން ބައެއް މައްސަލަތައް ނިންމައި ބަދަލުގެ ގޮތުގައި މިހާތަނަށް މި ސަރުކާރުން ވަނީ އެކި ފަރާތްތަކަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިފަ އެވެ.
- ދީބާޖާ އަށް 174 މިލިއަން ރުފިޔާ.
- ހައުސިން ޔުނިޓްތައް އަޅަން ހަވާލުކުރި ނޫމަޑި އެއްބަސްވުން އުވާލައިގެން 55 މިލިއަން ޑޮލަރު
- ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރަން ވީ އެއްބަސްވުން އުވާލުމުން މެލޭޝިއާގެ ނެކްސްބިޒަށް 280 މިލިއަން ރުފިޔާ.
- ރިސޯޓު ހަދަން ރަށްތަކެއް ދޭން އެއްބަސްވެ އެ ރަށްތައް ހަވާލު ނުކުރި މައްސަލައިގައި، ވިލާ ގުރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް 130 މިލިއަން ރުފިޔާ.
- މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލުމާ ގުޅިގެން ކޮންޓްރެކްޓަރުންނަށް 26.1 މިލިއަން ރުފިޔާ.
- ހުޅުމާލޭގައި ފްލެޓް އަޅަން ހަވާލުކުރި ސީލައިފުން އޮޅުވާލި މީހުންނަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު ދިނުން. (ސަރުކާރުން އަދަދެއް ހާމައެއް ނުކުރޭ)
- ބިޒްނަސް އިމޭޖް ގްރޫޕަށް 78 މިލިއަން ރުފިޔާ ދިނުމަށާއި ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ވަނީ ނިންމާފައި.
މި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި އެކި ކުންފުނިތަކަށް މިހާ ބޮޑު ބަދަލެއް ދޭން މި ޖެހެނީ، ގާނޫނާ ޚިލާފަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެއްބަސްވުންތައް އުވާލުމުން އެ ނޫން ގޮތެއް ނެތުމުންނެވެ. ކޯޓުން މައްސަލަތައް ނިންމާ ނަމަ، ސެޓްލްމެންޓް ކޮމިޓީގެ އަދަދުތަކަށް ވުރެން ވެސް ބޮޑު އަދަދެއް ދައްކަން ޖެހޭނެ ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެ އެވެ.
މައްސަލައަކީ މި ބަދަލުދޭ ގޮތުގައި ހާމަކަމެއް ނެތުން ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ ވިދާޅުވެފަ އެވެ.
ދީބާޖާގެ މައްސަލަ މުރާޖައާ ކުރަން މަޖިލީހުން ފާސްކޮށްފި
ދީބާޖާގެ މައްސަލަ މުރާޖައާ ކުރަން މަޖިލީހުން އެދެނީ
ރައްޔިތުންގެ ހަޒާނާ ސަލާމަތް ކޮށްދޭނަން: ރިފްއަތު
"ދީބާޖާ މައްސަލާގައި ނުރަނގަޅު ކަންތައްތަކެއް ހިނގި"
ބޮޑު ޚިޔާނާތުގެ މަދަނީ ދައުވާތައް އިިތުރަށް ދިރާސާކުރަނީ
ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކޮމިޝަނެއް
"ދައުލަތަށް ގެއްލުނު 15 މިލިއަން ރުފިޔާ ހޯދައިފިން"
ސްޓޭންޑް ދިފާއު ކުރައްވައި، އޭޖީ ހައްލަކާ ދިމާލަށް!
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ 7 ދައުވާއެއް ކުރަނީ
ފައިސާ ހޯދަން ދައުވާކުރާނެ ބަޔަކު ނުވެ އެތައް ދުވަހެއް