22 އޯގަސްޓް 2016
ބަޣުދާދު (އޮގަސްޓް 21) - އެމެރިކާގެ ކުރީގެ އަސްކަރީ މަރުކަޒެއްގައި ސިފައިންގެ ރެކްރޫޓުންގެ 1،700 މީހުން މެރި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ 36 މީހަކު އިރާގުން ދަންޖައްސައިފި އެވެ.
ބަޣުދާދު (އޮގަސްޓް 21) - އެމެރިކާގެ ކުރީގެ އަސްކަރީ މަރުކަޒެއްގައި ސިފައިންގެ ރެކްރޫޓުންގެ 1،700 މީހުން މެރި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ 36 މީހަކު އިރާގުން ދަންޖައްސައިފި އެވެ.
ތިކްރީތާ ކައިރީގައިވާ ކޭމްޕުގައި އައިއެސް އިން ގަތުލްއާއްމު ހިންގާފައި ވަނީ އެ ސިޓީ އެ މީހުންގެ ބާރުގެ ދަށަށް ދިޔަ ތަނާ އެވެ. އައިއެސް އިން 2014 ވަނަ އަހަރު ހިންގި ގަތުލްއާއްމުގައި ގިނައިން މަރާފައި ވަނީ ޝިއައީންނެވެ. މި ގަތުލްއާއްމާ ގުޅިގެން ޝިއައީންގެ ގިނަ މީހުން ވެސް ވަނީ އައިއެސްއާ ދެކޮޅަށް ތެދުވެފަ އެވެ.
އިރާގުގެ ތިކްރީތުން ހައްޔަރުކުރި މީހުން މެރުމުގެ ކުރިން އައިއެސް އިން ވަނީ އެ މީހުން ވީޑިއޯކޮށްފައި. ---ފޮޓޯ:އޭޕީ
ގަތުލްއާއްމުގެ ފޮޓޯ އާއި ވީޑިއޯ އައިއެސް އިން ވަނީ އާއްމުކޮށްފަ އެވެ. އޭގެ އެއް އަހަރު ފަހުން ވަނީ ގިނަ އަދަދެއްގެ މީހުން އެއްފަހަރާ ވަޅުލާފައިވާ ކަށްވަޅުތައް ފެނިފަ އެވެ. މި ކަށްވަޅުތައް ފެނިފައި ވަނީ އިރާގު ސިފައިން ތިކްރީތު ހިފުމުންނެވެ.
އިރާގުގެ ދިގާރު ޕްރޮވިންސްގެ ގަވަރުނަރުގެ ތަރުޖަމާން ވިދާޅުވީ އައިއެސްގެ މީހުން ދަންޖައްސާފައި ވަނީ ނަސިރިޔާހު ޖަލުގައި ކަމަށެވެ. އައިއެސް މީހުން ދަންޖެއްސި ތަނުގައި އިރާގުގެ ޖަސްޓިސް މިނިސްޓަރު ހައިދަރު އަލް ޒަމިލީ ވެސް ހުންނެވި ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
އައިއެސް އިން ގަތުލްއާއްމު ހިންގި ތިކްރީތުން ވަނީ އެތައް ބައެއްގެ ހަށިތައް ނަގާފައި. --ފޮޓޯ:ރޮއިޓާސް
ބަޣުދާދުގައި މިދިޔަ މަހު ދިން ބޮމުގެ ހަމަލާގައި 300 އަށް ވުރެ ގިނަ މީހުން މަރުވި ހާދިސާ އަށް ފަހު ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ ވަނީ ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ މީހުންނަށް ދޭ މަރުގެ އަދަބު އަވަސް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެންމެ ފަހުން މަރުގެ އަދަބު ދިން 36 މީހުންގެ މައްޗަށް ހުކުމްކޮށްފައި ވަނީ ފެބްރުއަރީ މަހު އެވެ.
އައިއެސްއާ ގުޅުނު ބިދޭސީންނަށް މަރުގެ އަދަބު ދެނީ
އައިއެސްގެ 12 މީހަކަށް އިރާގުން މަރުގެ އަދަބު ދީފި
އައިއެސްއާ ގުޅުނު ރަޝިޔާގެ 19 އަންހެނަކަށް މަރުގެ އަދަބު
އައިއެސްގެ ގަތުލްއާއްމުގައި ބައިވެރިވި 27 މީހަކަށް މަރު
ދެ އަހަރު ތެރޭ އައިއެސްގެ 50،000 ހަނގުރާމަވެރިން މަރާލައިފި
އިރާގު ސިފައިން މޫސަލް އަށް ވަދެއްޖެ
އައިއެސްއަށް އިރާގުގެ އިންޒާރު: އަމާންދީ، ނޫނީ މަރުވޭ
މޫސަލްއާ ކައިރިވާ ވަރަކަށް އައިއެސްގެ އަނިޔާތައް ބޮޑު
މޫސަލް ކައިރިން އާއްމުންގެ އެތައް ބަޔަކު މަރައިފި
އައިއެސް އިން އިރާގުގެ ކިރްކުކަށް ހަމަލާ ދޭން ފަށައިފި