Roadha Mihaaru
މައިގަނޑު އަސާސަކީ މަސްލަހަތު ހިމާޔަތް ކުރުން: ޝާހިދު

މައިގަނޑު އަސާސަކީ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުން: ޝާހިދު

09 ޖެނުއަރީ 2019

މި ސަރުކާރުގެ އެންމެ މައިގަނޑު އަސާސަކީ ދައުލަތާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

މި ސަރުކާރުގެ އެންމެ މައިގަނޑު އަސާސަކީ ދައުލަތާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހި ސަފީރުންނާ އެކު ފޮރިން މިނިސްޓްރީގައި ބޭއްވި ތަމްރީނު ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ދައުލަތާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު އަދި ރައްޔިތުންނަށް ފައިދާ ކުރާނެ ގޮތަށް ކަންތައް ކުރުން ކަމަށެވެ.

ބޭރު ގައުމުތަކާއި މިޝަންތަކަށް ކަނޑައަޅާފައިވާ ސަފީރުންނާ އެކު ފޮރިން މިނިސްޓަރު ޝާހިދު

ބޭރު ގައުމުތަކާއި މިޝަންތަކަށް ކަނޑައަޅާފައިވާ ސަފީރުންނާ އެކު ފޮރިން މިނިސްޓަރު ޝާހިދު

ޝާހިދު ވިދާޅުވި ގޮތުގައި ރާއްޖެއާ ގުޅުން ބޭއްވުމަށް ބޭނުންވާ ގައުމުތަކުގެ ތެރެއިން ބައިނަލްއަގްވާމީ އުސޫލުތަކަށް ބޯލަނބާ ހުރިހާ ގައުމަކާ އެކު ވެސް ރާއްޖެއިން ގުޅުން ބާއްވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑިޕްލޮމެޓިކް މިޝަންތަކުގައި ސަފީރުން ތިބެނީ ރައްޔިތުންގެ ހާދިމުންގެ ގޮތުގަ އެވެ. އެހެންކަމުން ރާއްޖެއިން ބޭރުގައި ދިވެއްސަކަށް އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެ ނަމަ އެކަމަކަށް ވީހާ ވެސް ބޮޑު ސަމާލުކަމެއް ދެއްވަން ސަފީރުންގެ އަރިހުން ފޮރިން މިނިސްޓަރު އެދިވަޑައިގަތެވެ.