27 ޑިސެމްބަރ 2018
އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް އައިޝަތު ޖެނިފާ އައްޔަން ކޮށްފި އެވެ.
އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް އައިޝަތު ޖެނިފާ އައްޔަން ކޮށްފި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި ކަމަށްވާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް މިދިޔަ އަންގާރަ ދުވަހު ޖެނިފާ އައްޔަން ކުރީ އެ ކުންފުނީގެ ބޯޑުން ކަމަށް މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައިވެ އެވެ.
Our congratulations and a very warm welcome to our former Deputy Head of Cargo Ms. Aishath Jennifer who has been appointed as our Deputy Managing Director effective 25th December 2018 by the IASL Board. pic.twitter.com/kmflWDamJV
— Maldivian (@MaldivianAero) December 27, 2018
މޯލްޑިވިއަންގެ ޓްވީޓް
ޖެނިފާއަކީ ކުރިން މޯލްޑިވިއަންގެ ކާގޯގެ ޑެޕިއުޓީ ހެޑް އެވެ. ޖެނިފާ އެ މަގާމުގައި ހުއްޓާ 2016 ގައި އޭނާ ވަޒީފާއިން ވަކިކުރި އެވެ. އެކަމަކު އެ މައްސަލަ ބެލުމަށް ފަހު، ޖެނިފާ އަށް އަލުން ވަޒީފާދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އޮތީ އަމުރުކޮށްފަ އެވެ.
ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް ޖެނިފާ އައްޔަން ކުރިއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށް މުހައްމަދު ރިޒްވީ ވަނީ މިދިޔަ މަހު އައްޔަން ކޮށްފަ އެވެ.
އައިލެންޑް އޭވިއޭޝަންގެ ލޯނުތަކާ ގުޅޭ ކޮމެޓީ ސިއްރު
މޯލްޑިވިއަންގެ ބޯޓަށް ދިމާވި މައްސަލަ ހައްލުކޮށްފި
"ފަސިންޖަރުންނަށް ނުރައްކާވާ ނަމަ ފިޔަވަޅު އަޅާނަން"
ފްލައިން ސްކޫލުގެ ކިޔެވުން މި މަހުގެ ފަހުކޮޅު ފެށޭނެ
ފްލައިން ސްކޫލު ހިންގާނެ ކުންފުނި އުފައްދަން ސޮއިކޮށްފި
ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު މޯލްޑިވިއަނުން ހޯދަނީ
"ޕީޕީއެމްގެ އޮފީހުގައި މޯލްޑިވިއަންގެ ޑެސްކެއް ހިންގި"
މުސާރަ ބޮޑުކުރީ ވާދަވެރިކަމާ ހެދި: އައިއޭއެސް
ސަރުކާރުގެ ތިން ކުންފުންޏަކަށް އެމްޑީން ހަމަޖައްސައިފި
މޯލްޑިވިއަނުން އަންނަ ޖެނުއަރީގައި ވައިޑް-ބޮޑީ ގެންނަނީ