Roadha Mihaaru
ކުނި ހޮވާ ކުއްޖަކަށް ތިމާވެށީގެ އެމްބެސެޑަރުކަން

ކުނި ހޮވާތީ މަލާމާތްކުރަނިކޮށް ތިމާވެށީގެ އެމްބެސެޑަރަކަށް

28 ޑިސެމްބަރ 2018

މަގުމަތިން ފެންނަހާ ކުންޏެއް ނަގައި ވެށީގެ ސާފުތާހިރުކަމަށް މަސައްކަތްކުރާ 13 އަހަރުގެ ކުއްޖަކަށް ސްކޫލް ތެރޭގައި "ޓްރޭޝް ގާލް" ގެ ނަން ދީ ބުލީކުރަމުން ދަނިކޮށް، ތިމާވެއްޓަށް މަސައްކަތ ކުރާ ޖަމިއްޔާއެއްގެ އެމްބެސެޑަރުކަން ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަގުމަތިން ފެންނަހާ ކުންޏެއް ނަގައި ވެށީގެ ސާފުތާހިރުކަމަށް މަސައްކަތްކުރާ 13 އަހަރުގެ ކުއްޖަކަށް ސްކޫލް ތެރޭގައި "ޓްރޭޝް ގާލް" ގެ ނަން ދީ ބުލީކުރަމުން ދަނިކޮށް، ތިމާވެއްޓަށް މަސައްކަތ ކުރާ ޖަމިއްޔާއެއްގެ އެމްބެސެޑަރުކަން ލިބިއްޖެ އެވެ.

އިނގިރޭސިވިލާތުގެ ނޯފޯކްގައި ދިރިއުޅޭ ނާދިއާ ސްޕްކާސްގެ މަސައްކަތްތައް ގިނަ ބަޔަކަށް ފާހަގަކުރެވި ސޯޝަލް މީޑިއާގައި ވެސް އޭނާގެ ވާހަކަ ދެކެވި މަގުބޫލުކަން ބޮޑުވެ އެންމެފަހުން އެމްބެސެޑަރުކަން ލިބުނީ ވައިޑްލައިފް ޗެރިޓީ ވޯލްޑް ވައިޑް ފަންޑް ފޮ ނޭޗާ (ޑަބްލިއުޑަބްލިއުއެފް) އިންނެވެ.

ނާދިއާ ބުނި ގޮތުގައި އޭނާ ކުރަމުން ދިޔަ މަސައްކަތުގެ އަގު ވަޒަންކޮށް، ކުރިއަށްދާން ހިތްވަރު ލިބޭ ފަދަ ހިސާބަކަށް ގެންދިއުމަކީ ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

ނާދިއާ އެއްކޮށްފަިއވާ ޕްލާސްޓިކް ފުޅިތަކަކާ އެކު.

ނާދިއާ އެއްކޮށްފަިއވާ ޕްލާސްޓިކް ފުޅިތަކަކާ އެކު.

"މި ވަރުގެ އުފަލެއް ދުވަހަކު ވެސް ނުލިބޭ،" އޭނާ ބުންޏެވެ. "މިކަމުން ދައްކުވައިދެނީ ކޮށްލެވޭ ކުޑަކުޑަ ކަމަކުން ވެސް ތިމާ އަށް ދުނިޔެ އަށް ހެޔޮ ބަދަލެއް ގެނެސް ދޭން މަސައްކަތް ކުރެވިދާނެކަންް."

ތަންތަނުން ކުނި ހޮވާތީ ސްކޫލްގެ ތެރޭގައި ބުލީގެ ޝިކާރަކަށްވެ ކުދިން ނާދިއާ އަށް ލަގަބަކަށް ދިނީ "ޓްރޭޝް ގާލް" އެވެ. އޭނާ ކިޔައިދިން ގޮތުގައި ކޮންމެ ދުވަހަކު ވެސް ސްކޫލަށް ދާން އޮންނަ ވަގުތަށް ވުރެ މާ ކުރިން ބައިސްކަލުގައި ގެއަށް ނުކުންނަން އިސްކަން ދެ އެވެ.

ނާދިއާގެ އިންސްޓަގްރާމް ޓީމްގެ ޕޯސްޓެއް.

"ސްކޫލަށް ދާ ގަޑި ޖެހުމާ ހަމައަށް އަހަރެންގެ މަސައްކަތަކަކީ މަގުމައްޗަށް އުކާލާފައި ހުންނަ ކުދި ކުނިތައް ނެގުން. އެ ތަކެތި ނަގައި ބައިސްކަލްގެ ވަށިގަނޑަށް ލާފައި، ދެން ވަގުތެއްވާ އިރަކުން ކުނި ޑަސްބިންތަކަށް އަޅަނީ،" އޭނާ ބުންޏެވެ.

ނާދިއާ ބުނި ގޮތުގައި "ޓްރޭޝް ގާލް" އޭ ކިޔައިގެން އޭނާ މިހާރު ދެރައެއް ނުވެ އެވެ. އަދި އެކަމާ ވަނީ ފަހުރުވެރި ކަމަށް ބުންޏެވެ. ސަބަބަކީ ކްރިއޭޓިވް ނޭޝަން އިން ވެސް ނާދިއާ މިހާރު "ސުޕަހީރޯ" އެއްގެ ގޮތުގައި ސިފަކޮށްފައިވާތީ އެވެ. އެތަނުން ވަނީ ނާދިއާގެ މަސައްކަތް ފާހަގަކޮށް ކާޓޫން ކުރެހުމެއް އާންމުކޮށްފަ އެވެ.

ޓްރޭޝް ގާލް

ޓްރޭޝް ގާލް

އަމިއްލަ އަށް ކުރަހަން ވެސް ލޯބިކުރާ ނާދިއަށް ޑަބްލިއުޑަބްލިއުއެފްގެ އެމްބެސެޑަރުކަން ލިބުމުގެ އިތުރަށް އޭނާ އަށް މިހާރު ވަނީ ނޯފޯލްކްގެ އީސްޓަން ޑެއިލީ ނޫހަށް ކުންޏަށް ހޭލުންތެރިން އުފައްދަން ކުރަހަން ފުރުސަތު ވެސް ލިބިފަ އެވެ.

މީގެ އިތުރުން ނާދިއާ އަށް ހާއްސަ މާޗެންޑައިޒް ކަލެކްޝަނެއްގެ އުފެއްދުންތައް ވިއްކައިން އޭނާ އަށް އާމްދަނީ ވެސް ލިބެ އެވެ. އެ ފައިސާ އޭނާ ހޭދަ ކުރަން ބޭނުން ވަނީ ސްކޫލްގެ ހުރިހާ ދަރިވަރުންނަށް ތިމާވެއްޓާ ރައްޓެހި ފެންފުޅި ފޯރުކޮށް ދޭށެވެ.

ނާދިއާގެ މަންމަ ޕައުލާ ސްޕާކްސް ބުނި ގޮތުގައި އޭނާގެ ދަރިފުޅުގެ މަސައްކަތުން އެތައް ބަޔަކު މިހާރު ކުންފުންޏަށް ހޭލުންތެރިވެއްޖެ އެވެ.

"އަހަރެން ވަރަށް ފަހުރުވެރިވަން ދަރިފުޅުގެ މަސައްކަތާ ދޭތެރޭ،" އޭނާ ބުންޏެވެ. "ކުންޏަށް ފުރާވަރުގެ ކުދިން ހޭލުންތެރި ކުރުމަކީ ވެސް ކުރަން ޖެހިފައި އޮތް މުހިއްމު މަސައްކަތެއް."