23 ޑިސެމްބަރ 2018
ކާޑިފް، ވޭލްސް (ޑިސެމްބަރު 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ޗެލްސީ ބަލިވިއިރު، އާ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެޗުން މެންޗެސްޓާ ޔުނައިޓެޑުން ބޮޑު މޮޅެއް ހޯދައިފި އެވެ.
ކާޑިފް، ވޭލްސް (ޑިސެމްބަރު 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ޗެލްސީ ބަލިވިއިރު، އާ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެޗުން މެންޗެސްޓާ ޔުނައިޓެޑުން ބޮޑު މޮޅެއް ހޯދައިފި އެވެ.
ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސިޓީ ވަނީ ކްރިސްޓަލް ޕެލަސް އަތުން 3-2 އިން ބަލިވެފަ އެވެ. ލެސްޓާ ސިޓީ އަތުން 1-0 އިން ޗެލްސީ ބަލިވިއިރު، ޔުނައިޓެޑް ވަނީ ރަށުންބޭރުގައި 5-1 އިން ކާޑިސް ސިޓީ އަތުން މޮޅުވެފަ އެވެ.
ރޭގެ މެޗަށް ސިޓީ ނުކުތްއިރު ހުކުރު ދުވަހުގެރޭ ލިވަޕޫލުން ވަނީ ވުލްވްސް ބަލިކޮށް ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ރޭގެ މެޗުން ބަލިވުމުން ސިޓީ އަށް އެ ލީޑުކުޑަކުރަން ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. ލިވަޕޫލް އެއް ވަނައިގައި އޮތީ 18 މެޗުން 48 ޕޮއިންޓް ހޯދައިގެންނެވެ. ސިޓީ ދެ ވަނައިގައި އޮތީ 18 މެޗުން 44 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ޓޮޓެންހަމް މިރޭ ކުޅޭނީ އެވަޓަންއާ އެވެ. ޓޮޓެންހަމް މޮޅުވެއްޖެނަމަ ސިޓީއާ ދެ ޕޮއިންޓަށް ގާތްކުރާނެ އެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން 27 ވަނަ މިނިޓްގައި އިލްކާއި ގުންޑޮގާން ޖެހި ގޯލުން ސިޓީން ލީޑުނެގި އެވެ. މެޗުގެ 33 ވަނަ މިނިޓްގައި ކްރިސްޓަލް ޕެލަސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޖެފްރޭ ޝްލުޕް އެވެ، އޭގެ ދެ މިނިޓް ފަހުން އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން އަންޑްރެސް ޓައުންސެންޑް ޖެހި ގޯލުން ޕެލަސް ވަނީ ސިޓީ ސިއްސުވާލުމަށް ފަހު ލީޑުނަގައިފަ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ހަ ވަނަ މިނިޓްގައި ޕެލަސްގެ ތިން ވަނަ ލަނޑު ޖެހީ ޕެނަލްޓީ އަކުން ލޫކަ މިލިވޯޔެވިޗް އެވެ. މި ޕެނަލްޓީ އަކީ އޭރިއާ ތެރެއިން ސިޓީގެ ކައިލް ވޯކާ ޕެލަސްގެ މެކްސް މާޔާ އަށް ފައުލުކުރުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ސިޓީން ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެ ޓީމަށް އިތުރަށް ޖެހުނީ އެންމެ ލަނޑެކެވެ. މި ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކެވިން ޑިބްރޭނާ އެވެ.
މިއީ މި އަހަރު އޭޕްރީލް މަހަށް ފަހު ލީގުގައި ސިޓީ އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ މެޗެވެ. އަދި ގަދަ ހަ ޓީމު ނޫން ޓީމެއް އަތުން 2016 ވަނަ އަހަރަށް ފަހު ސިޓީ ބަލިވި ފުރަތަމަ ފަހަރެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މިއީ ޕެލަސް އިން ވަރަށް ރަނގަޅަށް ކުޅެގެން ސިޓީގެ މައްޗަށް ހޯދި މޮޅެއް ކަމަށާއި ސިޓީ އަށް މެޗު ގެއްލުނީ ސަމާލުކަން ދޭން ޖެހޭ ވަރަށް ނުދީ ކުޅުމުން ކަމަށެވެ.
ޗެލްސީ ދަނޑުގައި ރޭ ކުޅުނު މެޗުގައި ލެސްޓާ މޮޅުކޮށްދިން ލަނޑު ޖެހީ އިނގިރޭސި ފޯވާޑް ޖޭމީ ވާޑީ އެވެ. ޗެލްސީ އަށް މޮޅުނުވެވުމުގެ ފައިދާ ލިބުނީ އާސެނަލް އަށެވެ. އާސެނަލް ވަނީ އިއްޔެ އަމިއްލަ ދަނޑުގައި 3-1 އިން ބާންލީ ބަލިކޮށް ހަތަރު ވަނައިގައި އޮތް ޗެލްސީއާ ޕޮއިންޓުގެ ގޮތުން ހަމަކޮށްފަ އެވެ. ދެ ޓީމަށް ވެސް 18 މެޗުން ވަނީ 37 ޕޮއިންޓް ލިބިފަ އެވެ. ޗެލްސީ އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ.
ސޯލްޝެއާގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެޗުގައި އޭނާ ކުރިން އިރުޝާދުދިން ކާޑިފާ ދެކޮޅަށް ޔުނައިޓެޑުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޔުނައިޓެޑްގެ ޖެސޭ ލިންގާޑް ދެ ގޯލު ޖެހިއިރު މާކަސް ރެޝްފޯޑާއި އެންތަނީ މާޝިއަލް އަދި އެންޑަ ހެރޭރާ ގޯލް ޖެހި އެވެ. ކާޑިފަށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ ވިކްޓަ ކަމަރާސާ އެވެ.
މި މޮޅާ އެކު ޔުނައިޓެޑް ލީގުގެ ހަ ވަނައިގައި އޮތީ 18 މެޗުން 29 ޕޮއިންޓާ އެކު އެވެ. ރޭގެ މެޗަށް ފަހު ސޯލްޝެއާ ބުނީ ފެންވަރު ރަނގަޅު ކުޅުންތެރިންނާ އެކު ފުޓްބޯޅައިގައި ރަނގަޅަށް މަސައްކަތްކޮށްފިނަމަ ނަތީޖާ ނެރެން ފަސޭހަވެގެންދާނެ ކަމަށާއި މި މެޗުގައި ވެސް ފެނިގެންދިޔައީ އެކަން ކަމަށެވެ.
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ޔުނައިޓެޑާއި ޗެލްސީ އެއްވަރުވެ، ސިޓީ ޕޮއިންޓަކާ ގާތަށް
ޗެލްސީ ބަލިކޮށް އާސެނަލަށް ހަމަނޭވައެއް
ސިޓީ-ޔުނައިޓެޑް އެއްވަރު، ޗެލްސީގެ ރެކޯޑް ނިމުމަކަށް
ޔުނައިޓެޑާއި ޗެލްސީ އެއްވަރު، ލިވަޕޫލް ދެ ވަނަ އަށް
ސިޓީ ބަލިކޮށް ޔުނައިޓެޑަށް ހާއްސަ އުފަލެއް
މާނޭ ފަހު ވަގުތު ލިވަޕޫލްގެ ލީޑު ދަމަހައްޓައިދީފި
ރެކޯޑް މޮޅާ އެކު ލިވަޕޫލް މަގާމު ދަމަހައްޓައިފި
ލިވަޕޫލް ލީޑުގައި، ޗެލްސީން ޓޮޓެންހަމް މާޔޫސްކޮށްލައިފި
ލިވަޕޫލް ލީޑުފުޅާކުރިއިރު، ސިޓީ އަށް މަގާމު ގެއްލިއްޖެ