Roadha Mihaaru
"ބްލޫ އައި" މޭކަޕް ކުރާނެ ގޮތް

"ބްލޫ އައި" މޭކަޕް ކުރާނެ ގޮތް

21 އޯގަސްޓް 2016

ފެޝަން އާއި މޭކަޕްގެ ދުނިޔޭގައި ފަހަކަށްއައިސް އެންމެ މަގުބޫލު ޓްރެންޑްތަކުގެ ތެރޭގައި 80 އާއި 90ގެ އަހަރުތަކުގެ ހެދުމާއި މޭކަޕް ސްޓައިލްތައް ހިމެނެ އެވެ. އަދި މިއަހަރު ނިޔު ޔޯކް، ޕެރިސް އަދި މިލާންގައި ބޭއްވި އެކި ރަންވޭ ޝޯތަކުން އާއްމުކޮށް ފެނުނު މޭކަޕް ސްޓައިލަކީ ވެސް ނޫ ކުލައިގެ އައި މޭކަޕެވެ. މިއީ 80ގެ އަހަރުތަކުގެ ތެރޭގައި އާއްމުކޮށް މީހުން ބޭނުންކުރި ސްޓައިލެކެވެ.

ފާތިމަތު މުނާލް ޝުޖާއު ފާތިމަތު މުނާލް ޝުޖާއު

ފެޝަން އާއި މޭކަޕްގެ ދުނިޔޭގައި ފަހަކަށްއައިސް އެންމެ މަގުބޫލު ޓްރެންޑްތަކުގެ ތެރޭގައި 80 އާއި 90ގެ އަހަރުތަކުގެ ހެދުމާއި މޭކަޕް ސްޓައިލްތައް ހިމެނެ އެވެ. އަދި މިއަހަރު ނިޔު ޔޯކް، ޕެރިސް އަދި މިލާންގައި ބޭއްވި އެކި ރަންވޭ ޝޯތަކުން އާއްމުކޮށް ފެނުނު މޭކަޕް ސްޓައިލަކީ ވެސް ނޫ ކުލައިގެ އައި މޭކަޕެވެ. މިއީ 80ގެ އަހަރުތަކުގެ ތެރޭގައި އާއްމުކޮށް މީހުން ބޭނުންކުރި ސްޓައިލެކެވެ.

ކޮބެލްޓް، ސެފަޔާ، އެކުއަމެރީން ނުވަތަ ޕެރިވިންކަލް ފަދަ ނޫ ކުލައިގެ އެކި ޓޯންތަކުން ލޮލުގައި އެކި ގޮތްގޮތަށް މޭކަޕްކޮށްފައި ހުންނަތަން ރެޑް ކާޕެޓް ހަފުލާތަކުން އަދި ޕާޓީތަކުން އާއްމުކޮށް ފާހަގަވެ އެވެ. މިއީ ހޫނު މޫސުމުގެ އެންމެ މަގުބޫލު މޭކަޕް ސްޓައިލް ކަމަށް ވެސް ވޯގް ފަދަ ފެޝަން މަޖައްލާތަކުން ބުނެފައިވެ އެވެ.

މި ސްޓައިލަކީ ހާއްސަކޮށް ރާއްޖެއަށް ގުޅޭ ވައްތަރެކެވެ. މޫދުގައިވާ އެކި ނޫ ކުލަތަކުން ހިޔާލު ހޯދައިގެން ތަފާތު ގޮތަކަށް މޭކަޕް ކޮށްލެވިދާނެ އެވެ. އަދި ނޫ ކުލައިގެ އައި މޭކަޕަކީ ކޮންމެ މީހަކާ ވެސް ގުޅޭ ވައްތަރެކެވެ.

ނޫ ކުލައިގެ އައިލައިނާ އެއް އަޅާލެވިދާނެ

ނޫ ކުލައިގެ އައިލައިނާ އެއް އަޅާލެވިދާނެ

"މިހާރު ސްޓައިލް"ގެ އެންމެ ފަހުގެ ވީޑިއޯގައި، ހުނަރުވެރި މޭކަޕް އާޓިސްޓް ރުތްބާ އަހްމަދު ނޫ ކުލައިގެ އައި މޭކަޕް ކޮށްލާނެ ގޮތް ވަނީ ކިޔައިދީފަ އެވެ.

އެކި ނޫ ކުލައިގެ އައިޝެޑޯ އެއްކޮށްލައިގެން ޖައްސާލެވިދާނެ

އެކި ނޫ ކުލައިގެ އައިޝެޑޯ އެއްކޮށްލައިގެން ޖައްސާލެވިދާނެ

"އައި މޭކަޕް ފެއްޓުމުގެ ކުރިން ލޮލުގައި ނިއުޓްރަލް ކުލައެއް، މިސާލަކަށް މަޑު ބްރައުން އެއް ލޮލުގެ ވަށައިގެންވާ "ކްރީޒް" ގައި ޖައްސާލާ. އެއީ ނޫ ކުލައަށް ބަދަލުވާއިރު ޓްރާންސިޝަން ކުލައެއް ގޮތުގައި މިކަހަލަ ނިއުޓްރަލް ކުލައެއް ބޭނުންކޮށްލެވިދާނެ،" ރުތްބާ ބުންޏެވެ.

ނޫ ކުލައިގެ މަސްކާރާއެއް ޖައްސާލުމަކީވެސް ރީތި ގޮތެއް

ނޫ ކުލައިގެ މަސްކާރާއެއް ޖައްސާލުމަކީވެސް ރީތި ގޮތެއް

މި މޭކަޕަށް ރުތްބާ ބޭނުންކުރީ އެލިއަންޓޯ ބްރޭންޑުގެ އައިޝެޑޯ އެވެ.

"ހައިލީ ޕިގްމެންޓެޑް ގަދަ ކުލަތައް ބޭނުންކުރާއިރު ފިހީގައި ކުލަ ލުމަށްފަހު، އޭގައި އެކްސެސް ކުލަ ހުރިތޯ ބަލަން އަތުގައި ޓެސްޓު ކޮށްލަން ވާނެ. ނޫނީ ފިހި ފޮޅާލާފަ ބޭނުންކުރާނީ،"

ނޫ ފަދަ ގަދަ ކުލައެއް ލޮލުގައި ޖެއްސުމުގެ ކުރިން އައިޝެޑޯ ޕްރައިމާއެއް އުނގުޅާލުމުން އައިޝެޑޯ ލޮލުގައި އޮމާންކޮށް ޖައްސާލުމުގެ އިތުރުން ގިނައިރު ވަންދެން ހުންނާނެ އެވެ. އަދި ގަދަ ކުލަތައް ފަނޑު ނުވެ ރީތިކޮށް ފެންނާ އެވެ.

ކުލަ ޖައްސާއިރު ރަނގަޅަށް ކުލަތައް ބްލެންޑު ކޮށްލަން ޖެހެ އެވެ. ރުތްބާ ނަސޭހަތްތެރި ވަނީ ބުމައިގެ 'ފްރޭމް' ތެރޭގައި އައި މޭކަޕް ޖެއްސުމަށެވެ. ބުމައަށްވުރެ ބޭރުގައި އައިޝެޑޯ ނުވަތަ އައިލައިނާ ހުރެގެން ނުވާނެ އެވެ.

ނޫ ކުލައިގެ އައި މޭކަޕް ކޮށްލަން ހަމައެކަނި ބޭނުންކުރެވޭނީ އައިޝެޑޯއެއް ނޫނެވެ. ތަފާތު ނަލަ ގޮތަކަށް ނޫ ކުލަ ދައްކާލަން ބޭނުން ނަމަ، ގަދަ ނޫ ކުލައިގެ ކޮބެލްޓް އައިލައިނާއެއް ލޮލުގައި އަޅާލެވިދާނެ އެވެ. ނޫ ކުލައިގެ ގްލިޓާ ނުވަތަ ގަދަ ނޫ ކުލައިގެ މަސްކާރާ އަކީ ވެސް ރީތި ގޮތެކެވެ. މި މޭކަޕް ޓްރެންޑަކީ ޕާޓީއަކަށް ނުވަތަ ހާއްސަ މުނާސަބަތަކަށް ބޭނުންކޮށްލެވޭނެ ވައްތަރެކެވެ.