ރާއްޖެއަށް ޗައިނާއިން ދީފައިވާ ލޯނުތަކާއި އެމްއޯޔޫ އަދި އެއްބަސްވުންތަކާ މެދު "ރަނގަޅު ގޮތްތަކެއް" ހޯދުމަށް އެ ގައުމާ އެކު ދިވެހި ސަރުކާރުން ވާހަކަތައް ދައްކަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
19 ޑިސެމްބަރ 2018
ރާއްޖެއަށް ޗައިނާއިން ދީފައިވާ ލޯނުތަކާއި އެމްއޯޔޫ އަދި އެއްބަސްވުންތަކާ މެދު "ރަނގަޅު ގޮތްތަކެއް" ހޯދުމަށް އެ ގައުމާ އެކު ދިވެހި ސަރުކާރުން ވާހަކަތައް ދައްކަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭއްވެވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި ރައީސް ވިދާޅުވީ، ޗައިނާ ސަރުކާރު އޮތީ ދިވެހި ސަރުކާރާ މަޝްވަރާކޮށް، މިހާރު ދޫކޮށްފައިވާ ލޯނުތަކާއި އެއްބަސްވުމަކަށް އާދެވިފައިވާ ކަންކަމާ ގުޅޭ ގޮތުން ރަނގަޅު ގޮތްތަކެއް ހޯދައިދޭން ކަމަށެވެ.
"އަޅުގަނޑަކަށް ނުފެނޭ ޗައިނާއާ އެކު މި އޮތް ގުޅުމަށް މީގެ ސަބަބުން ހުރަސްއެޅޭ ތަނެއް ވެސް އަދި ޗައިނާއިން ރާއްޖޭގައި ފަށާފައިވާ މަޝްރޫއުތަކަށް ވެސް ބުރުލެއް އަންނާނެ ކަމަކަށް،" ރައީސް އޮފީހުގައި ބޭއްވި ޕްރެންސް ކޮންފަރެންސްގައި ވިދާޅުވި އެވެ.
ދިވެހި ސަރުކާރުން ޗައިނާއާ އެކު ވާހަކަ ދައްކަނީ އެ ގައުމުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކުރުމާއި އިންޓަރެސްޓް ރޭޓް ކުޑަ ކުރުމަށެވެ. މި ސަރުކާރުން ބުނާގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއިން ލޯނުތައް ނަގާފައި ވަނީ ކުރު މުއްދަތެއްގައި ދައްކާ ގޮތަށް އަދި ބޮޑު އިންޓަރެސްޓް ރޭޓެއްގަ އެވެ.
މިއަދުގެ ނިއުސް ކޮންފަރެންސްގައި، ނޫސްވެރިންގެ ސުވާލުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޯޓު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވިގޮތުގައި ރާއްޖެއިން ޗައިނާއިން ނަގާފައިވާ ލޯނުގެ އަދަދު 1.4 ބިލިއަން ޑޮލަރަށް އަރަ އެވެ. އޭގެ ތެރޭގައި ކޮންސެޝަނަލް ލޯނު ވެސް ހިމެނެ އެވެ. އެ ލޯނުތަކާއި ސޮވެރިން ގެރެންޓީތަކުގެ އިންޓަރެސްޓް ރޭޓް އުޅެނީ ވަރަށް މަތީގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އިންޑިއާ ސަރުކާރުން ރާއްޖެއަށް ދިން 1.4 ބިލިއަން ޑޮލަރުގެ ލޯނު އެހީން ޗައިނާގެ ލޯނުތައް އަދާކުރުމަކީ ދިވެހި ސަރުކާރުގެ މަގްސަދެއް ނޫން ކަމަށެވެ.
ޔާމީންގެ ސަރުކާރުންގެ ދަރަންޏާއި ގެރެންޓީގެ ގޮތުގައި 3.7 ބިލިއަން ޑޮލަރު (57 ބިލިއަން ރުފިޔާ) ނަގާފައިވާ އިރު، އޭގެ ތެރެއިން 1.4 ބިލިއަން ޑޮލަރު ހޯދީ ޗައިނާ އިން ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިއަދުގެ ނިއުސް ބްރީފިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވީ، މި ސަރުކާރުން ލޯނު ނަގާނީ ބަޖެޓަށް ބުރަނުވާ ގޮތަށް އަދި އަނބުރާ ދެއްކޭނެ ގޮތަށް އިންތިޒާމް ކޮށްގެން ކަމަށެވެ.
ރައީސް ވިދާޅުވީ، ޓޫރިޒަމްގެ ބޭނުމަށް 150 ރަށް ދޫކޮށްފައިވާއިރު، އޭގެ ތެރެއިން ގިނަ ރަށްތަކެއް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މާކެޓަށް ނެރެވޭތޯ މި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަށް ބޭނުންވާ ފައިސާ ހޯދޭތޯ އެވެ.
"އޭގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އިތުރު ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ތަނަވަސްކަން ހޯދޭނީ އިންޑިއާއާ ގުޅުން ދަމަހައްޓައިގެން
އެހީވަނީ ދެކޮޅުވެރިކުރުވާކަށް ނޫން: ޗައިނާ ސަފީރު
އިންޑިއާގެ ލޯނުތައް މާ ލުއިވާނެ: ފައްޔާޒު
އިންޑިއާގެ ދައުރު ޗައިނާއަށް އަދައެއް ނުކުރެވޭނެ
ރާއްޖެ-އިންޑިއާގެ ގުޅުމަކީ މައްސަލައެއް ނޫން: ޗައިނާ
މައުމޫންގެ ފަރާތްޕުޅުން ދުންޔާ އިންޑިއާ އަށް
ރާއްޖޭގެ އިގުތިސޯދު ވަރުގަދަ، ދަރަނި އަދާކުރާނެ:ވަހީދު
"އިންޑިއާ- ޗައިނާ ދޫކޮށްލައިގެން ދެކޮޅެއް ނުޖެއްސޭނެ"
ރާއްޖެ-ޗައިނާ އެފްޓީއޭއާ މެދު އިންޑިއާގެ ނުތަނަވަސްކަން
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި