Roadha Mihaaru
އުމުރުން 84 އަހަރުގައި ބެޗެލާޒް ޑިގްރީއެއް

އުމުރުން 84 އަހަރުގައި ބެޗެލާޒް ޑިގްރީއެއް

19 ޑިސެމްބަރ 2018

އުމުރުން 19 އަހަރުގައި ކައިވެނިކޮށް ފަސް ދަރިން ލިބި، އެ ދަރިންނަށް ކިޔަވައި ބޮޑު ކުރުމަށް ފަހު، އުމުރުން 77 އަހަރުގައި ވަޒީފާ އިން ރިޓަޔާ ކުރި އިރު ވެސް، ކިޔަވައިގެން ޑިގްރީއެއް ނަގަން ކުރި އުންމީދު ޖެނެޓް ފެއިން ދޫކޮށެއް ނުލަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އުމުރުން 19 އަހަރުގައި ކައިވެނިކޮށް ފަސް ދަރިން ލިބި، އެ ދަރިންނަށް ކިޔަވައި ބޮޑު ކުރުމަށް ފަހު، އުމުރުން 77 އަހަރުގައި ވަޒީފާ އިން ރިޓަޔާ ކުރި އިރު ވެސް، ކިޔަވައިގެން ޑިގްރީއެއް ނަގަން ކުރި އުންމީދު ޖެނެޓް ފެއިން ދޫކޮށެއް ނުލަ އެވެ.

އުމުރުން 84 އަހަރުގައި އޭނާ ވަނީ ޓެކްސަސް ޔުނިވަސިޓީން ބެޗެލާޒް ޑިގްރީއެއް މި މަހުގެ 10 ވަނަ ހާސިލުކޮށްފަ އެވެ. މާމަ ކިޔާ އަށް ދަރިން ތިބި ޖެނެޓް ހާއްސަވީ ސޯޝަލޮޖީންނެވެ.

ކުރިން އޮފީސް ސެކްރެޓަރީއެއްގެ ގޮތުގައި ވެސް މަސައްކަތްކުރި ޖެނެޓް ބުނި ގޮތުގައި ވަޒީފާ ދޫކޮށްލައިފައި އެނބުރި ގެއަށް ދިޔަ އިރު، ކުރާނެ ވަކި ހާއްސަ ކަމެއް ނެތެވެ. އެހެންވެ އަޒުމަކަށްވީ ޑިގްރީއެއް ހާސިލްކުރުމުގެ ޒަމާންވީ ހުވަފަން ހަގީގަތަކަށް ހެދުމަށެވެ.

"މިއީ އުމުރުން ދުވަސްވީމައި ކުރާނެ ކަމެއް ނެތި ގޭގައި ކުޅެން އިނުމުގެ ބަދަލުގައި އަހަރެން ކުރަން ބޭނުންވި ކަމަކުން ހާސިލުވި ބޮޑު އުފަލެއް،" ސްކޮޓިޝް ރައިޓް ހޮސްޕިޓަލްގައި ވެސް 20 އަހަރު ވަޒީފާ އަދާކުރި ޖެނެޓް ބުންޏެވެ. "ކިޔެވުމަކީ އަބަދު ވެސް އަހަރެން ވަރަށް ލޯބި ކުރާ ކަމެއް. އެހެންވެ އުމުރުން ދުވަސްވެފައި ހުއްޓަސް ޔުނިވަސިޓީ އަށް ގޮސް ކިޔެވުމަކީ މާ އުނދަގޫ ކަމަށް ނުވޭ އެއްވެސް އިރަކު."

އޭނާ ބުނީ ޔުނިވަސިޓީގައި އެކީގައި ކިޔެވި ހަގު އެކުވެރިން ވެސް ވަރަށް ރަނގަޅު ކަމަށާއި ހުރިހާ ދަރިވަރުން ވެސް ވަރަށް ބޮޑު ގާތް ކަމެއް ބެހެއްޓި ކަމަށެވެ.

"އަހަރެން އިންނަނީ ވެސް ކުލާހުގެ ކުރީ ބަރީގައި،" އާންމުކޮށް އޮކްސިޖަން ވެސް ގުޅައިގެން އިންނަ ޖެނެޓް ބުންޏެވެ. "ބައެއް ދުވަސްވަރު ސިއްހީ ހާލަތު ހުންނަ ގޮތުގައި އޮންލައިންކޮށް ވެސް ކުލާސްތައް ނަގަން ޖެހުނު. އަހަރެން އަމިއްލަ އަށް އެއް އަތުން ކޮމްޕިއުޓަރުން ޕޭޕަރު ވެސް ލިޔަނީ. އެންމެ ދިގުކޮށް ލިޔަން ޖެހުނީ ފަނަރަ ސޮފްހާގެ އެއްޗެއް."

ޖެނެޓް ޓެކްސަސް ޔުނިވަސިޓީގެ ތެރޭގައި.

ޖެނެޓް ޓެކްސަސް ޔުނިވަސިޓީގެ ތެރޭގައި.

ޖެނެޓް ދޭން އޮތް ނަސޭހަތަކީ އަޒުމެއް އޮތް ނަމަ ހުއްޓައިނުލާށޭ އެވެ. ވަކި ކަމެއް ހާސިލު ކުރާކަށް އުމުރެއް މުހިއްމެއް ނޫނެވެ.

ބެޗްލާސް ޑިގްރީއާ އެކު މިއަދަކީ (ބުދަ ދުވަސް) ވެސް ޖެނެޓަށް ވަރަށް ހާއްސަ ދުވަހަކަށް ވާނެ އެވެ. އެއީ އެކީގައި ކިޔެވި ދަރިވަރުންނާ އެކު މި އަހަރުގެ ފޯލް ކޮމެންސްމެންޓް ރަސްމިއްޔާތު ބާއްވާތީ އެވެ.