13 ޑިސެމްބަރ 2018
ހދ. ކުޅުދުއްފުށީގައި އެއާޕޯޓު ހަދާފައިވާ ބިމުގެ މައްސަލަ ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް ލިބިގެން ނުވާ ކަމަށް އެ ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ހދ. ކުޅުދުއްފުށީގައި އެއާޕޯޓު ހަދާފައިވާ ބިމުގެ މައްސަލަ ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް ލިބިގެން ނުވާ ކަމަށް އެ ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ކުޅުދުއްފުށީ އެއާޕޯޓް ހަދަން އެ ރަށު ކުޅި ހިއްކުމާ ބެހޭގޮތުން ހަދާފައިވާ އެންވަޔަރްމެންޓް އެސެސްމަންޓް ރިޕޯޓް (އީއައިއޭ) ގައި ބަޔާން ކުރާ ކަންކަން ފުރިހަމަ ކުރަން ދައުލަތުގެ މައްޗަށް އަމުރު ކޮށްދޭން އެދި ސިވިލް ކޯޓަށް ހުށަހެޅީ އިކޯ ކެއާއިން ނެވެ.
މަދަނީ ޖަމިއްޔާއެއް ކަމަށްވާ އީކޯ ކެއާ އިން މިދިޔަ އަހަރުގެ ނޮވެމްބަރު 13 ވަނަ ދުވަހު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އީޕީއޭ އާއި އެންވަޔަރްމަންޓް މިނިސްޓްރީއާ ދެކޮޅަށެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ، އެއީ ކުޅުދުއްފުށީގައި އޮތް ބިމަކާ ގުޅޭ ގޮތުން އުފެދިފައިވާ ހުޞޫމަތެއްގެ މައްޗަށް އުފުލާފައިވާ ދައުވާ އަކަށް ވާތީ ކޯޓުތަކުގެ ގާނޫނުގެ 69 ވަނަ މާއްދާގެ (ކ) އާއި 70 ވަނަ މާއްދާ އާއި އެ ގާނޫނުގެ ޖަދުވަލު 5 ގެ 3 ވަނަ ނަމްބަރުގެ (ހ) ގައި ވާ ގޮތުން، މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ނެތް ކަމަށެވެ.
ސިވިލް ކޯޓަށް އެ މައްސަލަ ނުބެލޭނެ ކަމަށް ނިންމިއިރު، ކުޅުދުއްފުށި ކުޅި ސަރަހައްދު ހިއްކައިގެން އެ ރަށުގައި އެއާޕޯޓު ތަރައްގީކޮށް ވަނީ ނިންމައިފި އެވެ. އަދި މިދިޔަ ސެޕްޓެމްބަރު 21 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުޅުދުއްފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުއްވައި ދެއްވައިފަ އެވެ.
އީކޯ ކެއާގެ ޑިރެކްޓަ އޮފްް އެޑްވޮކަސީ މައީދު ޒާހިރު މިއަދު ވިދާޅުވީ ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
We will be appealing the case in the High Court! https://t.co/q2DR4kRxP0
— ECOCARE Maldives (@ecocare_mv) 13 December 2018
އީކޯކެއާ އިން ކޮށްފައިވާ ޓްވީޓެއް.
"އަޅުގަނޑުމެން ކުރިއަށް އޮތް 10 ދުވަސް ތެރޭގައި މި މައްސަލަ ހައި ކޯޓަށް އިސްތިއުނާފަށް ހުށަހަޅާނަން،" މައީދު ވިދާޅުވި އެވެ.
ހައި ކޯޓަށް މި މައްސަލަ ހުށަހަޅާނީ ސިވިލް ކޯޓަށް ކުރިން ހުށަހެޅި ކަންތައްތަކުގެ އިތުރުން، މި މަސައްކަތުގައި އެ ރަށުގެ ތިމާވެއްޓަށް ލިބިފައިވާ ގެއްލުން އެނގޭނެ ނިޒާމެއް ކަނޑައަޅައި ދިނުމަށް އެދި ކަމަށް މައީދު ވިދާޅުވި އެވެ.
"... އަދި އެ ގެއްލުންތަކުގެ ބަދަލެއްގެ ގޮތުން އެ ރަށު ރައްޔިތުންނަށް ދޭން ޖެހޭނެ އެއްޗެއް ކަނޑައެޅުމަށް ވެސް އަޅުގަނޑުމެން އެދޭނަން،" މައީދު ވިދާޅުވި އެވެ.
ފިޔަަވަޅު ނޭޅުމަކީ ތިމާވެށި ހަލާކުކުރަން ދޭ ހިތްވަރެއް
ބޭރު ޓީމުގެ ބަސް: ކުޅުދުއްފުށީ ކުޅި ހިމާޔަތްކުރެވޭނެ
ފައިނު އެއާޕޯޓު މަޝްރޫއަށް އީކޯކެއާ ފާާޑުކިޔައިފި
ކުޅި ހިއްކާ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ: ދައުލަތް
އީއައިއޭއަށް އަމަލު ކުރުމުގެ އަމުރަކަށް އެދި ކޯޓަށް
ކުޅުދުއްފުށީ ކުޅި އަންނަ ހަފުތާގައި ހިއްކަން ފަށަނީ
ކުޅުދުއްފުށީ ކުޅިން ގަސްކަނޑަން ހުއްދަނުދޭން އަންގައިފި
ކުޅުދުއްފުށީ ކުޅީގެ ބައެއް ދިރުންތައް އެހެން ތަނަކަށް!
ކުޅި ހިއްކައިފިނަމަ ފެންބޮޑުވުމުގެ ނުރައްކާ ބޮޑު:ރިޕޯޓު
ތިމާވެށީގެ ޖޫރިމަނާތަކުން 825 މިލިއަން ރުފިޔާ ނުލިބޭ