Roadha Mihaaru
ޖޭއެސްސީއަށް ރައީސް ކަނޑައަަޅާ މެމްބަރު ކަމަށް މަސްތޫރު

ޖޭއެސްސީ އަށް ރައީސް ކަނޑައަޅާ މެމްބަރު ކަމަށް މަސްތޫރު އައްޔަން ކުރައްވައިފި

12 ޑިސެމްބަރ 2018

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރުގެ މަގާމަށް ވަކީލް މަސްތޫރު ހުސްނީ މިއަދު އައްޔަން ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރުގެ މަގާމަށް ވަކީލް މަސްތޫރު ހުސްނީ މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސްގެ ފަރާތުން ޖޭއެސްސީ އަށް މަސްތޫރު އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ވަކީލް މުހައްމަދު ސަލީމް މިދިޔަ މަހު އެ މަގާމުން ވަކި ކުރައްވާފައިވާތީ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަސްތޫރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކުރިފުޅު މަތީގައި މަގާމުގެ ހުވާ ކުރައްވައި، ފަތްކޮޅާ ހަވާލުވެ ވަޑައިގެންފަ އެވެ. އޭނާއަށް ހުވާ ލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.

މަސްތޫރަކީ ކުރީގެ ސަރުކާރުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ފަރާތްތަކުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އޭރުގެ ސިޔާސީ އިސް ބޭފުޅުންތަކުގެ މައްސަލަތަކުގައި މަސްތޫރު އޭރު ވަކާލާތު ކުރެއްވި އެވެ.