11 ޑިސެމްބަރ 2018
ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ގައުމީ ޔުނިވާސިޓީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު އިސްލާހު ހުށަހެޅުއްވީ ވައިސް ޗާންސެލަރާއި ޑެޕިއުޓީ ވައިސް ޗާންސެލަރު އައްޔަންކޮށް، ވަކި ކުރުމާ ބެހޭގޮތުން އެ ގާނޫނުގައި މިހާރު ހުރި ފުށުއަރާ ކަންކަން ނައްތައިލުމަށެވެ.
ޗާންސެލަރާއި ވައިސް ޗާންސެލަރު އައްޔަން ކުރާނީ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ކަނޑައަޅައި އެ ގާނޫނަށް 2015 ގައި އިސްލާހު ގެނެސްފައި ވިޔަސް، އެ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރުމުގައި ޔުނިވާސިޓީގެ ކައުންސިލަށް ދީފައި އޮތް ބާރުތަކަށް އޭރު ބަދަލު ގެނެސްފައެއް ނުވެ އެވެ.
އެހެންވެ، އެކަމުގައި ހުރި ފުށުއެރުންތައް ނައްތާލުމަށްޓަކައި ސަރުކާރުން މިފަހަރު ހުށަހެޅި އިސްލާހުގައި ހިމަނާފައި ވަނީ އެ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރުމުގައި ޔުނިވާސިޓީގެ ކައުންސިލަށް ދީފައި އޮތް ބާރާއި ވައިސް ޗާންސެލަރު ވަކި ކުރުމަށް ކައުންސިލަށް ދީފައި އޮތް ބާރުތައް އުނިކުރުމަށެވެ.
އެކަމަކު ޕްރޯ ވައިސް ޗާންސެލަރުން އައްޔަން ކުރުމުގައި ކައުންސިލަށް އޮތް ބާރު މިހާރު ވެސް އޮތް ގޮތަށް ބޭއްވުމަށް އެ އިސްލާހުގައި ހިމަނާފައިވެ އެވެ. އަދި ޕްރޯ ވައިސް ޗާންސެލަރުން އައްޔަން ކުރުމުގައި ރައީސްގެ ރުހުން ކައުންސިލުން ހޯދަންޖެހޭ ގޮތަށް ގާނޫނުގައި އޮތް އޮތުން އުވައިލަން ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.
އެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.
ޔުނިވާސިޓީގެ ގާނޫނު 2011 ގައި ފުރަތަމަ ވުޖޫދަށް އައިއިރު އޮތީ ވައިސް ޗާންސެލަރާއި ޑެޕިއުޓީ ވައިސް ޗާންސެލަރު އައްޔަން ކުރުމުގެ ބާރު ޔުނިވާސިޓީގެ ކައުންސިލަށް ދީފަ އެވެ. އެކަމަކު ފަހުން 2015 ގައި ސަރުކާރުން ވަނީ އެ ގާނޫނު އިސްލާހުކޮށް، އެ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރާނީ ރައީސް ކަމަށް ހަމަޖައްސައިފަ އެވެ.
އެމްއެންޔޫގެ އާ ކައުންސިލަށް ކުރިމަތިލާން ހުޅުވާލައިފި
ދެ ޔުނިވަސިޓީ އެއްކޮށްލަން އާދަމް ޝަރީފް ދެކޮޅު
ގިނަ މެންބަރުންގެ ޚިޔާލަކީ ދެ ޔުނިވަސިޓީ އެއްކޮށްލުން
އިސްލާމީ ޔުނިވަސިޓީގެ ގާނޫނަށް ސަރުކާރުން އިސްލާހުތަކެއް
ތައުލީމާ ބެހޭ ބިލަށް އިދާރާތަކުގެ ހިޔާލު ހޯދަނީ
އެސަސްމަންޓްތަކުން 50 ޕަސެންޓް ހޯދުން ލާޒިމް ކޮށްފި
މެޑިކަލް ސްކޫލްގައި ކިޔަވަން ބޭރުގެ 500 ރިކުއެސްޓު
16 މިލިއަނަށް ދިން ޕްރޮޖެކްޓެއްގެ ލިޔެކިޔުމެއް ނެތް
އަރަބިއްޔާ އެޅުންލަސްވީ 80 މިލިއަން ސަލާމަތް ކުރަން
ހިލޭ ޑިގްރީ ޕްރޮގްރާމް ހިންގީ ސްކޭމެއް ގޮތަށް: ޝުޖާއު