Roadha Mihaaru
ފެންބޮޑުވުމާ ގުޅިގެން 160 އާއިލާ އަކަށް ވަނީ އަސަރުކޮށްފައި: ރައީސް

ފެންބޮޑުވުމާ ގުޅިގެން 160 އާއިލާ އަކަށް ވަނީ އަސަރުކޮށްފައި: ރައީސް

05 ޑިސެމްބަރ 2018

މިއަދު ހެނދުނުއްސުރެ ފެށިގެން މާލެއަށް ވެހެމުންދާ ބޯ ވާރޭގައި، ގިނަ ސަރަހައްދުތަކުގައި އާދަޔާ ޚިލާފަށް ފެން ބޮޑުވެ، ހިނގައިބިނގައި އުޅުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވެއްޖެ އެވެ.

މިއަދު ހެނދުނުއްސުރެ ފެށިގެން މާލެއަށް ވެހެމުންދާ ބޯ ވާރޭގައި، ގިނަ ސަރަހައްދުތަކުގައި އާދަޔާ ޚިލާފަށް ފެން ބޮޑުވެ، ހިނގައިބިނގައި އުޅުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވެއްޖެ އެވެ.

ހެނދުނު 11 ޖަހާކަންހާއިރުން ފެށިގެން މެދުނުކެނޑި ވެހެމުންދާ ވާރޭގަައި އައިޖީއެމްއެޗް ސަރަހައްދާއި އަމީނީމަގު އަދި ހަވީރީހިނގުމުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ. މީގެ އިތުރުން، ބޮޑުތަކުރުފާނުމަގުގައި ތާރު އަޅައިގެން އަލަށް ހެދި ބައިގައި ވެސް ވަނީ ފެން ބޮޑުވެ، އެތައް ބަޔަކަށް ދަތިތަކާ ކުރިމަތިވެފަ އެވެ.

މާލޭގެ ބައެއް ސަރަހައްދުތަކުގައި ދެ ފޫޓެއްހާ ވަރަށް ފެން ވަނީ ބޮޑުވެފަ އެވެ.

މި ވާރޭގައި ފެންބޮޑުވެ، ބައެއް ގޭގެ އަށް ވެސް ފެން ވަދެ ގެއްލުންތަކެއް ވެފައިވާ ކަމަށް އެނގިފައި ވެ އެވެ. އެހެންވެ ބައެއް ގޭގެ އާއި ފިހާރަތަކާއި ހޮޓާތަކުގެ ބޭރުގައި ވަނީ ބަސްތާ ޖަހައި ފެން ނުވަދެވޭ ގޮތަށް ހަދައިފަ އެވެ.

މާލޭގައި ފެންބޮޑުވެފައިވާ މަގަކުން ޓެކްސީއެއް ދުއްވާފައި ދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މާލޭގައި ފެންބޮޑުވެފައިވާ މަގަކުން ޓެކްސީއެއް ދުއްވާފައި ދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މަޖީދީމަގުގެ ޒިކުރާ މިސްކިތް ސަރަހައްދު

އެމްއެންޑީއެފުން ބުނީ، މަގުތަކުން ފެން ހިންދުމުގެ މަސަައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފްގެ މީޑީއާ އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ، ފެން ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ ބޮޑުތަކުރުފާނުމަހުގައި ތާރު އެޅި ސަރަހައްދުން ކަމަށެވެ.

"ފެން ހިންދާ ވަޅުގަނޑު ފުރިފައި ހުރީ. އެހެންވެ އަމީނީމަގުން ފެން ހިނދޭނެ ގޮތެއް މިވަގުތަކު ނެތް،" އޭނާ ވިދާޅުވި އެވެ.

މޫސުމާ ބެހޭ އިދާރާއިން ނެރެފައިވާ ޔެލޯ އެލާޓާ ބެހޭ މައުލޫމާތު.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ގުގުރުމާ އެކު، މާލެ އަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު ވެސް މި ސަރަހައްދުގެ މޫސުން ގޯސްވާނެ ކަމަށް މެޓުން ބުންޏެވެ.

މޫސުމާ ބެހޭ އިދާރާއިން މިހާރު ވަނީ ކ. އަތޮޅާއި އ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓު ނެރެފަ އެެވެ. އަދި ހއ އަތޮޅާއި އ. އަތޮޅުގެ ދެމެދަށް ވައިޓް އެލާޓެއް ވެސް ނެރެފައި ވެ އެވެ.

މާލޭގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓީއެމްއޭ ސަރަހައްދުގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ. އަދި އެއާޕޯޓުގެ ޑިއުޓީ ފްރީ ސަރަހައްދާއި ފުޑް ކޯޓުގެ ބައެއް ހިސާބު ތަކުން ދަނީ ފެން ފައިބަމުންނެވެ. އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލް ސަރަހައްދުގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ.