30 އޮކްޓޯބަރ 2018
ރެއިން ފެށިގެން މާލެ އަށް ބޯކޮށް ވާރޭ ވެހި ބައެއް މަގުތަކުގައި ފެންބޮޑުވެ ސްކޫލަށް އައުމުގައި ދަރިވަރުންނަށް ދަތިތަކާ ކުރިމަތިވަމުންދާތީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ކިޔެވުން މިއަދު ބަންދުކޮށްފިި އެވެ.
ރެއިން ފެށިގެން މާލެ އަށް ބޯކޮށް ވާރޭ ވެހި ބައެއް މަގުތަކުގައި ފެންބޮޑުވެ ސްކޫލަށް އައުމުގައި ދަރިވަރުންނަށް ދަތިތަކާ ކުރިމަތިވަމުންދާތީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ކިޔެވުން މިއަދު ބަންދުކޮށްފިި އެވެ.
ރޭ ފަތިހުން ފެށިގެން މާލެ އަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް މަގުތަކުގައި ހިނގާބިނގާގވެ އުޅެން ދަތިވާ ވަރަށް މަގުތަކުގައި ފެންބޮޑުވެފައިވެ އެވެ. ވަކިން ޚާއްސަކޮށް، ގިޔާސުއްދީން ސްކޫލު ހުންނަ އަމީނީ މަގުގައި، އެހެން މަގުތަކަށް ވުރެ ބޮޑަށް ވަނީ ފެންބޮޑުވެފަ އެވެ.
އެ ސްކޫލުގެ ޕްރިންސިޕަލް ތޯހާ ސަލީމް ވިދާޅުވީ ހެނދުނު 7:30ގައި ހެނދުނުގެ ކިޔެވުން ފަށާ ގޮތަށް އޮތް ނަމަވެސް، ފެންބޮޑުވެފައިވާތީ ކިޔެވުން ފެށުން 8:30 އަށް ލަސްކޮށްލި ކަމަށެވެ.
"ސްކޫލަށް އަންނަ ވަގުތާއި ވާރޭވެހޭ ގަޑިއާ މިއަދު މި ދިމާވީ. އެހެންވެ ކިޔެވުން ފެށުން 8:30 އަށް ލަސްކޮށްލީ. އެކަމަކު އެ ވަގުތު ޖެހުނު އިރު ވެސް ފެންގަނޑު ނުހިދޭ. އެހެންވެ ކިޔެވުން މިއަދު މި ބަންދުކޮށްލީ،" ތޯހާ ވިދާޅުވި އެވެ.
ސްކޫލު ތެރެ އަށް ފެން ނުވަނަސް، މަގުމަތީގައި ހެދިފައިވާ ފެންގަނޑު ވަނީ ޕޭމަންޓުން މަތިން އަރައިފަ އެވެ.
ތޯހާ ވިދާޅުވި ގޮތުގައި މީގެ ކުރިން، ވާރޭ ވެހުނަސް އެ ސަރަހައްދުގައި އެހާ ބޮޑަކަށް ފެންބޮޑެއް ނުވެ އެވެ.
ބޯ ވާރޭގެ ސަބަބުން މާލޭގައި އާދަޔާ ހިލާފަށް ފެންބޮޑުވެފައިވާ އިރު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އާދަޔާ ހިލާފަށް ފެންބޮޑުވަނީ ފެން ހިންދުމަށް އެންމެ ފަހުން ގާއިމު ކުރި ނިޒާމަށް ބަޔަކު ގެއްލުންދީފައިވާތީ އެވެ.
ބޯވާރޭގައި މުޅި މާލެ ފެންބޮޑުވެއްޖެ
ބޯ ވިއްސާރާގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެ
މާލެއަށް އިއްޔެ 100 މިލިމީޓަރުގެ ވާރޭ ވެހުނު
މާލެއަށްކުރި ވިއްސާރަ: ގެއްލުން މިލިއަނަކަށް ވުރެ މަތި
ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެއަށް ވާރޭ ވެހޭނެ
މާލޭގައި ފެން ބޮޑުވެ ގޭގެއަށް ފެންވަންނަނީ
މާލެ އަށް އިއްޔެ 223 މިލިމީޓަރުގެ ވާރޭ ވެހުނު
ފެންބޮޑުވެގެން ދެ ގެއަކުން މީހުން ހުސްކޮށްފި
ފެންބޮޑުވުމާ ގުޅިގެން 160 އާއިލާ އަކަށް ވަނީ އަސަރުކޮށްފައި: ރައީސް
ފެން ހިންދާ ސިސްޓަމަށް ވަނީ ގެއްލުންދީފައި: މުއިއްޒު