Roadha Mihaaru
ކާނަލް ނާޒިމް ދަނގެތި ދާއިރާއަށް ވާދަ ކުރައްވަނީ

ކާނަލް ނާޒިމް ދަނގެތި ދާއިރާއަށް ވާދަކުރައްވަނީ

04 ޑިސެމްބަރ 2018

އަންނަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް، ދަނގެތި ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް، ދަނގެތި ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

ވީޓީވީގެ ގެނެސްދޭ މެހެމާންސަރާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ދަނގެތީ ދާއިރާއަކީ ވަރަށް ބޮޑަށް އަޅާނުލެވި، އިހްމާލްވެވިފައިވާ ދާއިރާއެއް ކަމަށާއި އެ އަތޮޅުގައި ރިސޯޓްތައް ގިނައިން ހުރި ނަމަވެސް ރައްޔިތުންނަށް ފަތުރުވެރިކަމުގެ ހަގީގީ ނަފާ ލިބެމުން ނުދާ ކަމަށެވެ. އަދި ރަށްރަށަށް ބޭނުންވާ އަސާސީ ކަންކަން ވެސް ފުރިހަމަ ނުވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު މި ކުރިމަތިލަނީ ދާއިރާއަށް ދިމާވެފައިވާ މައްސަަލަތައް ހައްލުކޮށް، ރައްޔިތުން އުފާކޮށްދޭނެ ފަދަ ހިދުމަތްތަކެއް ކުރުމަށް،" ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ކަމުން އިސްތިއުފާދެއްވި ދުވަހު އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި އެއް ބޭފުޅާ ނާޒިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި، ނާޒިމް ވިދާޅުވީ ވަރަށް އަވަހަށް ކެމްޕެއިން ދަތުރުތައް ފައްޓަވާނެ ކަމަށެވެ. އަދި ދަނގެތި ދާއިރާއަށް ވާދަކުރައްވަނީ ދާއިރާގެ ރައްޔިތުންނާއި ކައުންސިލާ މަޝްވަރާކޮށްފައި ކަމަށް ނާޒިމް ވިދާޅުވި އެވެ.

ދަނގެތި ދާއިރާގެ މެމްބަރަކީ ދާދި ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި އިލްހާމް އަހުމަދެވެ. އެނގިފައިވާ ގޮތުގައި، އިލްހާމް މިފަހަރު ވާދަ ކުރައްވަނީ އެހެން ދާއިރާއަކަށެވެ.

ވޭތުވެދިޔަ ސަރުކާރުގައި ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ނާޒިމްގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު ކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ނާޒިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން މަޑު ޖައްސާލާފައިވަނީ ސުޕްރީމް ކޯޓުން މިހާރު އެ މައްސަލަ ބަލަމުން އަންނާތީ އެވެ.

ސުޕްރީމް ކޯޓުން މިހާރު ބަލަމުން އަންނަ ނާޒިމްގެ މައްސަލައިގެ ހުކުމަކާ ހަމަ އަށް ވަނީ ގޮސްފަ އެވެ.