Roadha Mihaaru
ވިއްސާރަ ބޮޑަށް ކުރަނީ އުތުރާއި މެދު ރާއްޖެތެރެއަށް

ވިއްސާރަ ބޮޑަށް ކުރަނީ އުތުރާއި މެދު ރާއްޖެތެރެއަށް: މެޓު

29 ނޮވެމްބަރ 2018

ރެ އިން ފެށިގެން މާލޭ ސަރަހައްދަށް ކުރަމުން އަންނަ ވިއްސާރަ މިއަދު އެންމެ ބޮޑަށް ލައްވާލާނީ އިތުރާއި މެދު ރާއްޖެތެރެއަށް ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރެ އިން ފެށިގެން މާލޭ ސަރަހައްދަށް ކުރަމުން އަންނަ ވިއްސާރަ މިއަދު އެންމެ ބޮޑަށް ލައްވާލާނީ އިތުރާއި މެދު ރާއްޖެތެރެއަށް ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން މިއަދު ބުނެފި އެވެ.

މާލެއަށް ރޭ ކުރަން ފެށި ވިއްސާރައިގައި އަދިވެސް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. އަދި މާލޭގެ އެކި ހިސާބުތަކުގައި ފެން ވެސް ވަނީ ބޮޑުވެފަ އެވެ.

މިއީ ކުރީގެ ގޮތުން ބަލާ ނަމަ ދެ މޫސުން ބެދޭ ވިއްސާރަ އެވެ. ހުޅަނގު މޫސުމުގެ އެންމެ ފަހު ނަކަތް ކަމަށްވާ ދޮށަ ނަކަތުގެ ދުވަސްތައް ގުނަމުން އަންނަ އިރު ޑިސެމްބަރު 10 ގައި އިރުވައި މޫސުމުގެ ފުރަތަމަ ނަކަތް ކަމަށްވާ މުލަ ފެށޭނެ އެވެ.

މެޓުން ލަފާކުރާ ގޮތުގައި މި ވިއްސާރަ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރަނގަޅުވާން ފަށާނެ އެވެ.

ވިއްސާރަ މި ލައިގަތީ ސްކޫލް ބޮޑު ޗުއްޓީގައި އެތައް ބަޔަކު އެކި ހިސާބުތަކަށް ދަތުރުކުރަމުން ދާ ދުވަސްވަރެއްގަ އެވެ. އެހެންކަމުން މޫސުމަށް ބަލައިގެން ދަތުރުކުރަން ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެެވެ.