29 ނޮވެމްބަރ 2018
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކޯލިޝަން ހަތަރު ޕާޓީން ވާދަ ކުރާނީ ރައްޔިތުން މާޔޫސް ނުވާނެ ފޯމިއުލާއެއްގެ ދަށުން ކަމަށް ސިޔާސީ ލީޑަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކޯލިޝަން ހަތަރު ޕާޓީން ވާދަ ކުރާނީ ރައްޔިތުން މާޔޫސް ނުވާނެ ފޯމިއުލާއެއްގެ ދަށުން ކަމަށް ސިޔާސީ ލީޑަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން އަބްދުﷲ މިއަދު ވަނީ އެމްޑީޕީ އޮފީހުގައި ބައްދަލު ކުރައްވައި މަޖިލިސް އިންތިހާބުގައި ވާދަ ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރައްވައިފަ އެވެ.
އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހުރިހާ ސިޔާސީ ލީޑަރުން ވެސް ވިދާޅުވީ އިންތިހާބުގައި ވާދަ ކުރާނެ ގޮތެއް ނިންމާނީ ހަތަރު ޕާޓީއަށް އެއްބަސްވެވޭ އަދި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރައްޔިތުން މާޔޫސްނުވާނެ ގޮތަކަށް ފޯމިއުލާއެއް ނެރޭނަން. އެއީ މެޖިކް ފޯމިއުލާއެއްތޯ ތިޔަ ބޭފުޅުން ސުވާލު ނުކުރައްވާތި، އެކަމަކު ނެރޭނީ އެ ފޯމިއުލާ ﷲ އިރާދަ ކުރެއްވިއްޔާ،" ގާސިމް ވިދާޅުވި އެވެ.
ޝެއިހު އިމްރާން ވިދާޅުވީ ކޯލިޝަނުން މަސައްކަތް ކޮށްފައި ވަނީ ހުރިހާ ޕާޓީއަކަށް ވެސް އެއްބަސްވެވޭ ގޮތަކަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރާނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އުއްމީދު ކުރަނީ އަޅުގަނޑުމެން ހަތަރު ޕާޓީ އެކުގައި މަޝްވަރާކޮށްގެން މިކަމުގައި ރައްޔިތުންނާއި މުޅި ގައުމަށް އެންމެ ފައިދާ ހުރި ގޮތެއް ނެރެވޭނެ ކަމަށް. މަސައްކަތްކޮށްގެން އެންމެނަށް އެއްބަސްވެވޭ ރަނގަޅު ގޮތެއް ހޯދުން އެއީ މިހާ ހިސާބަށް ކުރެވިފައި އޮތް ތަޖުރިބާ،" އިމްރާން ވިދާޅުވި އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެއްވެސް މީހަކަށް އިންތިހާބުގައި ބައިވެރިނުވެވޭނެ ގޮތަކަށް މަޝްވަރާ ކުރިއަށް ނުގެންދަވާ ކަމަށެވެ.
"އަޅުގަނޑުމެން އެއްވެސް ހާލެއްގައި މަސައްކަތް ކުރަމުންނެއް ނޫން މި ދަނީ ރާއްޖޭގެ ރައްޔިތުން އެ ރައްޔިތުން ބޭނުންވާ، އިހްތިޔާރް ކުރާ ގޮތަށް އެ ރައްޔިތުންނަށް އިންތިހާބުތަކުގައި ބައިވެރިނުވެވޭނެ ގޮތަކަށް ނޫން މި ދަނީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވެސް ވިދާޅުވި ޕާޓީތަކުން ގޮތެއް ނިންމާނީ "އިރާދަކުރެއްވިއްޔާ ހުރިހާ ބޭފުޅުންނަށް އެއްބަސްވެވޭ ގޮތަކަށް" ކަމަށެވެ. އަދި ވަރަށް ގިނަ ގޮތް ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިކަމާ ގުޅޭ ގޮތުން ވާހަކަ ދެކެވެން ހުރި ހުރިހާ ގޮތަކަށް މި ދަނީ ވާހަކަ ދައްކަމުން. އަޅުގަނޑުމެން އުއްމީދު ކުރަނީ މާދަމައަށް އަޅުގަނޑުމެންނަށް ގޮތެއް ނިންމޭނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
ކޯލިޝަނެއް ނުރޫޅޭނެ، ސަރުކާރެއް ނުވެއްޓޭނެ: ނަޝީދު
ލީޑަރުންގެ ފޮޓޯ ނައްޓަން ދިމާކުރުމަކީ ބަލި ގަބޫލުކުރުން
ނޮވެމްބަރު 17 ގައި ހުރިހާ ލީޑަރުން މިނިވަންވާނެ:އިބޫ
އިދިކޮޅު ކެންޑިޑޭޓެއް ދައްކާނީ ކޮން އިރަކުން؟
ގާސިމް ބަންދުކުރިއަސް ގާނޫނީ އިމަށް ވެރިކަން އެނބުރޭނެ
ޔާމީނަށް ވޯޓު ކާމިޔާބު ވާނެ އެއްގޮތެއް ވެސް ނެތް
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
ބޮޑު އަމުރު ތަންފީޒުނުކޮށްގެން ފިޔަވަޅު އަޅަން ލަފާދީފި
ވަކިން ވާދަކުރުން ނޫން ގޮތެއް ނެތް!
ކޯލިޝަން "ރޫޅި" އެ ތަޖުރިބާ! ހައްލެއް ނެތް؟