29 ނޮވެމްބަރ 2018
ދަރިވަރުންގެ ފޮތް ދަބަސް ބަރު ނުވާނެ ގޮތަކަށް ކިޔަވައިދިނުމަށް އިންޑިއާގެ ސްކޫލްތަކަށް އެ ގައުމުގެ ސަރުކާރުން އަންގާފައިވާ އެންގުން ތަންފީޒުކުރަން އަމުރުކޮށް، ދަބަހުގެ ބަރުދަން ކަނޑައެޅުމާއި މާއްދާތަކާއި ފިލާވަޅުތައް ރޭވުމުގައި އަމަލުކުރަން ޖެހޭ ގަވާއިދު ހަނދާންކޮށްދީފި އެވެ.
ދަރިވަރުންގެ ފޮތް ދަބަސް ބަރު ނުވާނެ ގޮތަކަށް ކިޔަވައިދިނުމަށް އިންޑިއާގެ ސްކޫލްތަކަށް އެ ގައުމުގެ ސަރުކާރުން އަންގާފައިވާ އެންގުން ތަންފީޒުކުރަން އަމުރުކޮށް، ދަބަހުގެ ބަރުދަން ކަނޑައެޅުމާއި މާއްދާތަކާއި ފިލާވަޅުތައް ރޭވުމުގައި އަމަލުކުރަން ޖެހޭ ގަވާއިދު ހަނދާންކޮށްދީފި އެވެ.
އެ ގަވާއިދު ބުނާ ގޮތުން ދަރިވަރުގެ ބަރުދަނުގެ 10 ޕަސެންޓަށް ވުރެ، ފޮތް ދަބަސް ބަރުވެގެން ނުވާނެ އެވެ. އިންޑިއާގެ ހިއުމަން ރިސޯސަސް ޑިވެލޮޕްމެންޓް (އެޗްއާރުޑީ) މިނިސްޓްރީން ކުރިންސުރެ މިކަން އަންގާފައި އޮތަސް ވަރަށް މަދު ސްކޫލަކުން މެނުވީ ގަވާއިދަށް އަމަލެއް ނުކުރެ އެވެ. އެކަމަކު އެކަން ތަންފީޒުކުރަން އަނެއްކާވެސް އެންގުމުން އެކި ސްޓޭޓްތަކާއި ސަރަހައްދުތަކުން މިހާރު ބޯލަނބަން ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ގްރޭޑްތަކުގެ ނިސްބަތުން ސްކޫލް ދަބަހުގެ ބަރުދަން ކަނޑައަޅާފައިވާ ގޮތުން، ގްރޭޑް 1-2ގެ ދަރިވަރުންގެ ދަބަހުގެ ބަރުދަން ދޮޅު ކިލޯ އަށް ވުރެ މަތިވެގެން ނުވާނެ އެވެ. ގްރޭޑް 3-5ގެ ދަރިވަރުންގެ ދަބަސް 2-3 ކިލޯ އަށް ވުރެ ލުއިވާން ޖެހޭނެ އެވެ. އަދި ގްރޭޑް 6-7 އަށް ހަތަރު ކިލޯ، 8-9 އަށް 4.5 ކިލޯ ކަނޑައަޅާފައިވާ އިރު ގްރޭޑް 10ގެ ދަރިވަރުންގެ ދަބަސް ފަސް ކިލޯ އަށް ވުރެ ބަރުވެގެން ނުވާނެ އެވެ.
އެޗްއާރުޑީ މިނިސްޓްރީން އަންގާފައިވާ ގޮތުގައި ގްރޭޑް 1-2ގެ ދަރިވަރުންނަށް ހޯމްވޯކް ދީގެނެއް ނުވާނެ އެވެ. އަދި އެ ދެ ގްރޭޑަށް ކިޔަވައިދޭން ޖެހޭނީ ހަމައެކަނި ހިސާބާއި ބަހެވެ. އޭގެ އިތުރުން ގްރޭޑް 3-5 އަށް ކިޔަވައިދޭން ޖެހޭނީ އެންވަޔަރްމެންޓަލް ސައިންސަސް އާއި ހިސާބާއި ބަސް އެކަނި ކަމަށް ވެސް ވަނީ އަންގައިފަ އެވެ.
އިންޑިއާ ސަރުކާރުން މިފަދަ ސިޔާސަތެއް ކަނޑައެޅުމުގެ ބޭނުމަކީ ފޮތް ދަބަސް ބަރުވުމުގެ ސަބަބުން ކުޑަކުދިންގެ މައިބަދަ އަށް ލިބޭ ގެއްލުމުން ރައްކާތެރިކުރުމާއި ކުޅިވަރު ކުޅުމަށާއި ހުނަރުތައް ދަސްކުރަން ވަގުތު ލިބޭ ގޮތަށް ކިޔަވައިދިނުން ބައްޓަންކުރުމެވެ.
ކުދިންނަށް ބުރައަކަށް ވުމުގެ އިތުރުން، ފޮތް ދަބަސް ބަރުވުމުކީ ކުދިންގެ ނާވަސް ސިސްޓަމް އަށް ގެއްލުން ލިބޭ އަދި ހެދިބޮޑުވުމަށް އަސަރުކޮށް ދާއިމީ ގެއްލުންތައް ލިބޭ ކަމެއްކަން ޑޮކްޓަރުން ފާހަގަކުރެ އެވެ. ބަރު ދަބަސް އުފުލުމުގެ ސަބަބުން ބައެއް ކުދިން ގުދުލާފައިވާކަން ވެސް އިންޑިއާގެ ސާވޭއަކުން ދައްކާފައިވެ އެވެ.
ދަރިވަރުން ފެންބޯން މަޖުބޫރު ވަގުތުތަކެއް ކަނޑައަޅައިފި
ބަރު ދަބަހުން މައިބަދަ އަށް ގެއްލުން
މަންމަގެ ލިވާއާ އެކު އަދްޔާނަށް އާ ދިރިއުޅުމެއް
ކުޑަކުދިންނަށް ތިން ވަނަ ކޮވިޑް ވެކްސިނެއް ހުއްދަކޮށްފި
އައްޑޫގެ ސްކޫލުތަކުގައި މާދަމާ އަލުން ކިޔެވުން ފަށަނީ
ދަރިވަރެއްގެ ބޯ ކޮށާލުމުން މިލިއަން ޑޮލަރުގެ ބަދަލަކަށް
11،000 ދަރިވަރުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފި
ސްކޫލް ކުދިން ވެކްސިން ޖެހުމަށް ތައްޔާރުވާން އަންގައިފި
ވެކްސިން ނުޖަހާ މީހުން ސްކޫލުތަކަށް ވަނުން މަނާ
ބޮޑު ޗުއްޓީ އާއި ބޮޑު އީދު: އަނެއްކާވެސް ބަންދުގައި