28 ނޮވެމްބަރ 2018
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު، މިދިޔަ ސެޕްޓެމްބަރު 17 ވަނަ ދުވަހު އޭނާގެ އޮފީހުގެ ކޮޓަރީގައި "ރަހީނުކޮށް"، އިސްތިއުފާ ދެއްވުމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން މަޖުބޫ ރުކުރެއްވި މައްސަލައިގެ ތަހުގީގަށް ފުލުހުން މިއަދު ޝަހީބުގެ ބަޔާން ނަގައިފި އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު، މިދިޔަ ސެޕްޓެމްބަރު 17 ވަނަ ދުވަހު އޭނާގެ އޮފީހުގެ ކޮޓަރީގައި "ރަހީނުކޮށް"، އިސްތިއުފާ ދެއްވުމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން މަޖުބޫ ރުކުރެއްވި މައްސަލައިގެ ތަހުގީގަށް ފުލުހުން މިއަދު ޝަހީބުގެ ބަޔާން ނަގައިފި އެވެ.
މައްސަލަ ހުށަހެޅިތާ ދެ މަސް ފަހުން ޝަހީބުގެ ބަޔާން ނަގާފައިވާއިރު، އޭނާ ވިދާޅުވީ ފުލުހުންނަށް ތަފްސީލީ ބަޔާނެއް ދެއްވާފައިވާ ކަމަށެވެ. އަދި ޝަހީބު "ރަނީހުކޮށް" ސޮފްވާން ދެއްކި ވާހަކަތަކުގެ އޯޑިއޯއެއް ވެސް ފުލުހުންނާ ހިއްސާ ކުރައްވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގާތްގުޅުމެއް އޮންނަ ސޮފްވާންގެ މައްސަލަ މިހާތަނަށް އޮތީ ނުބަލަ އެވެ. އަދި އެ މައްސަލައާ ގުޅޭގޮތުން ފުލުހުން އޭރު މީޑިއާ އަށް ވެސް މައުލޫމާތެއް ނުދިނެވެ.
Shaheeb "raheenukoh", isthiufaa dhevvan Sofwan majbooru kuruvi massala Polihah
The most trusted news source in the Maldives
Mihaaru
ޝަހީބު ރަހީނު ކުރި ކަމަށް ވިދާޅުވެ މައްސަލަ ހުށަހެޅުން--
އެ މައްސަލައާ ގުޅޭގޮތުން އޭރު ސޮފްވާން ވިދާޅުވީ އެއީ ދޮގެއް ކަމަށެވެ. "ޝަހީބަށް ބިރު ދައްކައި، ރަހީނުކޮށްފައި ނުވާނެ" ކަމަށް ސޮފްވާން ވިދާޅުވެފައި ވެ އެވެ.
ޝަހީބު އޭރު ވިދާޅުވެފައިވާ ގޮތުގައި ސޮފްވާން އޭނާ ރަހީނު ކުރީ އެ ދުވަހު ހެނދުނު ކޮމިޝަންގެ މީޓިންއެއްގައި އިންނަވަނިކޮށް ވަރަށް މުހިންމު ވާހަކައެއް ދައްކަން ބޭނުންވާ ކަމަށް ވިދާޅުވެ ޝަހީބުގެ ކޮޓަރި އަށް ގެންގޮސްގެންނެވެ. އެ އަށް ފަހު ޝަހީބު އޭނާގެ ކޮޓަރިން ނުކުތަ ނުދީ ސޮފްވާން ދޮރު ތަޅުލީ ކަމަށް ޝަހީބު ވިދާޅުވި އެވެ. ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވަމުން ގެންދަވާ ސޮފްވާން ތިން ކަމަކަށް ޑިމާންޑްކުރެއްވި ކަމަށް ޝަހީބު ވިދާޅުވެފައި ވެ އެވެ. އެއީ އަށް ދުވަހުގެ ޗުއްޓީއެއް ނެންގެވުމަށާއި އެކަން ނުކުރެއްވޭ ނަމަ އިސްތިއުފާ ދެއްވުން ނުވަތަ ބްރޯޑްކޮމްގެ ރައީސްގެ މަސްއޫލިއްޔަތުތައް، އަށް ދުވަހަށް، ކޮމިޝަންގެ ނައިބު ރައީސާ ހަވާލުކޮށް މެމޯއެއް ނެރުއްވުމެވެ.
ޝަހީބުގެ މައްސަލާގައި ފުލުހުން ބަހެއް ނުބުނި
އޮފީހުގައި ޝަހީބު "ރަހީނުކުރި" މައްސަލަ ޕޮލިހަށް!
އެމްޑީޕީގެ އެކްޓިވިސްޓު ޝާފިއު ފުލުހަށް ހާޒިރުކުރަނީ
ކާރުގައި މީހަކު ރަހީނުކުރި 5 މީހުން ދޫކޮށްލައިފި
ރަހީނުކުރުމުގައި ފްލެޓުގެ ވެރިމީހާ ބައިވެރިވި: ޕޮލިސް
ރަހީނުކުރި މައްސަލާގައި އިތުރު 4 މީހަކު ހައްޔަރުކޮށްފި
ކާރެއްގައި މީހަކު ރަހީނުކޮށް، ފައިސާ ހޯދަން އުޅެފި
ރަހީނުކުރި މައްސަލަ: ފޮޓޯ އާއި ވަނަވަރު އާންމުކޮށްފި
ރަހީނުކުރި މައްސަލަ: 12 މީހުންގެ މުއްދަތު ޖަހައިފި
ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލައެއް