20 ނޮވެމްބަރ 2018
މިނިވަން މުއައްސަސާތަކުން ކިތަންމެ ބޮޑު ބަޖެޓެއް ބޭނުންވެގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިޔަސް، މުއައްސަސާތައް ބޭނުންވާ ބަޖެޓެއް ނުދެވޭނެ ކަމަށް ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިވަން މުއައްސަސާތަކުން ކިތަންމެ ބޮޑު ބަޖެޓެއް ބޭނުންވެގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިޔަސް، މުއައްސަސާތައް ބޭނުންވާ ބަޖެޓެއް ނުދެވޭނެ ކަމަށް ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ހުށަހެޅި 29.6 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ޝަރީފް ވިދާޅުވީ މިނިވަން މުއައްސަސާތަކުން މަޖިލީހަށް ހުށަހަޅަނީ ވަރަށް ބޮޑެތި ބަޖެޓުތަކެއް ކަމަށެވެ. އެކަމަކު، މިނިވަން މުއައްސަސާތައް ބޭނުންވާ ބަޖެޓު ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ހުރިހާ އިދާރާތަކެއް އެދޭ މިންވަރަކަށް ބަޖެޓު ދުލެއް ނުކުރެވޭނެ،" ޝަރީފް ވިދާޅުވި އެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީން ވަނީ ހަތަރު މިނިވަން މުއައްސަސާއަކަށް ދިނުމަށް ކަނޑައަޅާފައިވާ ބަޖެޓު އަލުން ރިވިއު ކުރުމަށް އެ މުއައްސަސާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފަ އެވެ.
މީގެ ކުރީ އަހަރުތަކެކޭ އެއްގޮތަށް މިފަހަރު ވެސް ގިނަ މުއައްސަސާތަކުން ވަނީ ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް ބަޖެޓު ބޭނުންވާ ކަމަށް މަޖިލީހަށް އަންގައިފަ އެވެ. އެގޮތުން، އެންމެ ބޮޑަށް ކޮމިޓީގައި މަޝްވަރާ ކުރި އެއް ކަމަކީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ދިން ބަޖެޓާ ގުޅޭ ގޮތުންނެވެ.
އެގޮތުން، ދައުލަތުގެ ބަޖެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވި ބޭއްވުމަށް 80 މިލިއަން ރުފިޔާ ކަނޑައަޅާފައިވީ ނަމަވެސް، އެ އަދަދު ލިބިގެން އިންތިހާބު ބާއްވަން އުނދަގޫވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި އިންތިހާބު ބާއްވަން 123 މިލިއަން ރުފިޔާ ދިނުމަށް ފުރަތަމަ އެދުނެވެ.
އެކަމަކު، އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިޔުމުގައިވާ ގޮތުން، އިންތިހާބު ބާއްވަން ބޭނުންވަނީ 89 މިލިއަން ރުފިޔާ އެވެ. އެކަމަކު، ގިނަ މެމްބަރުން އެ އަދަދު ދިނުމަށް ދެކޮޅެވެ.
ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި އިސްލާމިކް ޔުނިވާސިޓީ، ގައުމީ ޔުނިވާސިޓީ، ސިވިލް ސާވިސް ކޮމިޝަން އަދި މަޖިލީހުގެ އިދާރާގެ ބޭފުޅުން ހާޒިރު ކުރަން ނިންމައިފަ އެވެ. އަދި ކޮމިޓީގެ ބައްދަލުވުމެއް މިރޭ 8:30 ގައި ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
ބަޖެޓު ފާސްކުރަނީ ބަދަލު ދީ ހުސްކުރަން: އިދިކޮޅު
30 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި
ބަޖެޓު ފާސް ކުރަން މިރޭ ޖަލްސާއެއް ބާއްވަނީ
30 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި
ބަޖެޓު ނިންމުމުގެ އެންމެ ފަހު މަސައްކަތްތައް
ފިނޭންސް މިނިސްޓަރު މާދަމާ ކޮމިޓީއަށް ހާޒިރުކުރަނީ
މަޖިލީހުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި: މެމްބަރުން
މަޖިލިސް އިންތިޚާބަށް 89 މިލިއަން ރުފިޔާ ބޭނުން
ބިންތައް ވިއްކައިގެން އާމްދަނީ ހޯދަން ޖެހޭ: މެމްބަރުން
80 މިލިއަނުން އިންތިޚާބު ބާއްވަން އުނދަގޫ: އީސީ