21 ނޮވެމްބަރ 2018
މިނިވަން މުއައްސަސާތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ބަޖެޓު ކޮމިޓީއަށް މާދަމާ ހާޒިރު ކުރަން މިރޭ ނިންމައިފި އެވެ.
މިނިވަން މުއައްސަސާތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ބަޖެޓު ކޮމިޓީއަށް މާދަމާ ހާޒިރު ކުރަން މިރޭ ނިންމައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ ނައިބު މުގައްރިރު، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު "މިހާރު" އަށް ވިދާޅުވީ ފިނޭންސް މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރަނީ މިނިވަން މުއައްސަސާތަކުން ކޮމިޓީއަށް ފޮނުވާފައިވާ ބަޖެޓުތަކާ މެދު ގޮތެއް ނިންމުމުގެ ކުރިން މިނިސްޓަރާ މަޝްވަރާ ކުރުމަށް ކަމަށެވެ.
ކޮމިޓީ ބައްދަލުވުން މާދަމާ ހެނދުނު 10 ޖަހާއިރު ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ވެސް ވިދާޅުވީ މިނިވަން މުއައްސަސާތަކުން ހުށަހެޅި ބަޖެޓަށް ބަދަލެއް ގެނައުމުގެ ކުރިން ފިނޭންސް މިނިސްޓަރުގެ މަޝްވަރާއެއް ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ.
ބައެއް މެމްބަރުންގެ ވިދާޅުވި ގޮތުގައި އަންނަ އަހަރަށް ލަފާ ކުރި 29.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި މިނިވަން މުއައްސަސާތަކަށް ކަނޑައަޅާފައިވާ ފައިސާގެ އަދަދުތަކަށް ބަދަލު ގެންނާކަށް ނުފެނެ އެވެ.
މިނިވަން މުއައްސަސާތަކުން ބޮޑެތި ބަޖެޓުތަކެއް މަޖިލީހަށް ހުށަހެޅި ނަމަވެސް، އެ މުއައްސަސާތައް ބޭނުންވާ ބަޖެޓު ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބަޖެޓު ކޮމިޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
މީގެ ކުރީ އަހަރުތަކެކޭ އެއްގޮތަށް މިފަހަރު ވެސް ގިނަ މުއައްސަސާތަކުން ވަނީ ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް ބަޖެޓު ބޭނުންވާ ކަމަށް މަޖިލީހަށް އަންގައިފަ އެވެ.
ބަޖެޓު ދިރާސާ ކުރާ ކޮމިޓީން މިރޭ ވަނީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 80 މިލިއަން ރުފިޔާ ކަނޑައަޅާފައިވީ ނަމަވެސް، އެ އަދަދު މަދު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައިވާތީ، ކޮންޓެންޖެންސީ ބަޖެޓުގެ ތެރެއިން އެ ކޮމިޝަނުން އިތުރަށް ބޭނުންވާ ނުވަ މިލިއަން ރުފިޔާ ދިނުމަށް ނިންމައިފަ އެވެ.
މީގެ އިތުރުން، މަޖިލީހުގެ އިދާރާގެ މައްސަލަތައް ހައްލުކުރަން ބޭނުންވާ ބަޖެޓު ދޭން ކޮމިޓީން ނިންމި އެވެ. މަޖިލީހުގެ އިދާރާ އިން ބުނި ގޮތުގައި މަޖިލީހަށް ބަޖެޓު ހުށަހެޅި އިރު، އޮތީ ފިނޭންސް މިނިސްޓްރީ އަށް މަޖިލީހުން ފޮނުވި އަދަދަށް ވުރެ ފަސް މިލިއަން ރުފިޔާ މަދުކޮށެވެ.
ބަޖެޓު ހުށަހެޅުމުގެ ޖަލްސާ މާދާމާ ބާއްވަނީ
29 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހަށް ހުށަހަޅައިފި
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
ބަޖެޓަކީ ޅޮސް ލަކުޑި ކަމަށް ނަޝީދު ސިފަކުރައްވައިފި
ގަމުގައި ކެންސަރު ހޮސްޕިޓަލް އަޅަން 98 މިލިއަން ރުފިޔާ
ހިންގުން ރަނގަޅު ނުކުރާ ވެރިން ބަދަލުކުރާނަން: އަމީރު
ދަތުރުފަތުރަށް ހާއްސަ ކުންފުންޏެއް އުފައްދަނީ
ޖަޕާނަށް 300 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކަނީ
މިއީ ގަދަރުވެރި ދިރިއުޅުމެއް ހޯދައިދޭނެ ބަޖެޓެއް: އަމީރު
ސޮވްރިން ފަންޑުގައި 181 މިލިއަން ޑޮލަރު