18 ނޮވެމްބަރ 2018
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްބޯޓުތައް މަސްވެރިކަން ކުރުން މިހާރު ވެސް ވާނީ މުޅިން ހުއްޓުމަކަށް ގެނެސްފައި ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްބޯޓުތައް މަސްވެރިކަން ކުރުން މިހާރު ވެސް ވާނީ މުޅިން ހުއްޓުމަކަށް ގެނެސްފައި ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ފަރާތްތަކުން މަސްވެރިކަން ކުރުން ހުއްޓުވުމަށް އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ މަސައްކަތްތަކުގެ ތެރޭގައި ހިމަނާފައި ވާތީ "މިހާރު" ން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައިނީ ވިދާޅުވީ މިހާރު ވެސް ބޭރުގެ މަސްބޯތުތަކަށް އެ ހުއްދަ ނޯންނާނެ ކަމަށެވެ.
"ރާއްޖޭގެ ސަރަހައްދުން މަސްވެރިކަން ކުރުމުގެ ހުއްދަ ބޭރު މީހުންނަށް ދިނުން ހުއްޓައިލިތާ މިހާރު 10 އަހަރު ވެއްޖެ. ދެން ކުރަމުން އައި ކަމަކީ ފްލެގް ބަދަލުކޮށްގެން، ރާއްޖޭގެ މީހުން ގެންނަ ބޯޓުފަހަރުން މަސްވެރިކަން ކުރުން. އަޅުގަނޑުމެން ވާނީ އެކަން ވެސް ހުއްޓުވާފައި. އެކަން ހުއްޓުވީ އަޅުގަނޑު،" ޝައިނީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އިބުރާހީމް މުހައްމަދު ސޯލިހު އެހެން ވިދާޅުވީ އެ މަނިކުފާނަށް ބަޔަކު ރަނގަޅު ނޫން މައުލޫމާތެއް ދީފައި އޮތުމުން ކަމަށް ވެދާނެ ކަމަށެވެ.
ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރޭގައި ލޭނު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ބޯޓުފަހަރަކީ ރާއްޖޭގެ ބޯޓުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެބޯޓުތަކަކީ ދިވެހިން ގަނެގެން ގެނެސް، ޑީ ރަޖިސްޓްރީކޮށް، އަލުން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޯޓުފަހަރު. އެއީ ދިވެހިންގެ މުދާ،" ޝައިނީ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވި ގޮތުގައި ރާއްޖޭގެ ސަރަހައްދުގައި ރާއްޖޭގެ އުޅަނދުފަހަރުގައި ވެސް ބޭރު މީހުންނަށް މަސްވެރިކަން ކުރެވޭނީ 100 މޭލު ބޭރުގައި ކަމަށެވެ. އެ ގޮތުން ލޭނު އަޅާ ބޯޓުފަހަރުން ބާނަމުން އަންނަނީ ލޯބޮޑު ކަންނެލި ކަމަށާއީ އެއީ އާއްމުކޮށް ނަނު ދޫކޮށްގެން ބާނާ ވަރަށް ވުރެ އަޑީގައި އުޅޭ ބާވަތެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެކަން ސާފުކޮށްދެއްވުމަށް ޝައިނީ މިއަދު ވަނީ ޓްވީޓެއް ވެސް ކުރައްވާފައެވެ.
I wish to clarify that it has been over 10yrs tht Maldives hve not given license to foreign fishing vessels to fish in Maldivian EEZ. But some loopholes remained until I stopped it by requiring to de-register foreign built vessels n re-register in Maldives b4 fishing operation.
— Mohamed Shainee (@mshainee) November 18, 2018
ޝައިނީގެ ޓްވީޓް
"އެ ބާވަތް އެއީ ނަނު ދޫކޮށްގެން ބޭނޭ ވަރަށް ވުރެ ފުނުގައި އުޅޭ ބާވަތެއް. އެ ބާވަތް ލޯންގް ލައިން ބޭނުންކޮށްގެން ބާނަން ހުއްދަ ދިނީ އިންޑިއާ ކަނޑުގެ ސްޓޮކް އިން ރާއްޖެ އަށް ލިބޭ ބައި މަދުވެދާނެތީ،" މަސްވެރިން ޝަކުވާ ކުރާ ލޭނު ބޯޓުތަކާ ބެހޭ ގޮތުން ޝައިނީ ވިދާޅުވި އެވެ.
ލޭނު އަޅަން އުޅޭ ބޯޓްތަކާ ހެދި ކަންނެލި މަސްވެރިކަމަށް ހުރަސް އެޅޭ ކަމަށް ދެކިގެން ބައެއް މަސްވެރިން ކުރިއްސުރެ އަންނަނީ ޝަކުވާ ކުރަމުންނެވެ. ނަމަވެސް ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި ، މިނިސްޓަރަކަށް ހުންނެވި އިރު ވެސް ޝައިނީ ވަނީ އެކަމުގެ ތަފުސީލު ދެއްވާފަ އެވެ. އެގޮތުން ލޭނު ބޯޓުތަކުން ބާނަނީ ރާއްޖޭގެ ކަންނެލި މަސްވެރިން ބާނާ ވައްތަރު ނޫންކަން އޭރު ވެސް ވިދާޅުވި އެވެ.
ދައްކާ ވާހަކަތަކުން މަސްވެރިކަމަށް ގެއްލުންލިބޭނެ:ޝައިނީ
"ފައިސާ ޗާޕުކޮށްގެން މަސްވެރިންނަށް ފައިސާ ނުދެވުނު"
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ބޮޑުކުރުން އަންނަ މަހު
ޔާމީން އެކައްޗެއް ވެސް ނުދޭ، ވަރަށް އިހާނެތި: ޝައިނީ
ސާދަ ބައިވެރިންނާ އެކު ފިޝަރީޒް އެކްސްޕޯ ފަށައިފި
"ބޮޑު ކަމަކަށް" ނުކުރަނީ ވައްކަން: ރައީސް
ފިނޑިއެއްގެ ގޮތުގައި ރާއްޖެ ދޫކޮށް ނުދާނަން: ޝައިނީ
ޝައިނީ ބަލި ގަބޫލުކުރައްވައިފި، "މިއީ އާ ފެށުމެއް"
މަސް ދޯނިތަކުގެ ޖޫރިމަނާ މާފުކޮށްފި
އެކުއާކަލްޗާ ކުރިއަރުވާ ޖަމިއްޔާގެ ރިއާސަތަށް ރާއްޖެ