13 ނޮވެމްބަރ 2018
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ މައްސަލަ ރިވިއުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް އަންނަ ހޯމަ ދުވަހު ފަށަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ މައްސަލަ ރިވިއުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް އަންނަ ހޯމަ ދުވަހު ފަށަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ބަންދުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމަށް ސުޕްރީމް ކޯޓުން ކުރިން އޮތީ ތާއީދުކޮށްފަ އެވެ. އެ މައްސަލަ ރިވިއުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް މިދިޔަ މަހު ހުށަހެޅުމުން އެ މައްސަލަ އެ ކޯޓުން އޮތީ ބަލައިގެންފަ އެވެ.
އެ މައްސަލާގެ ޝަރީއަތް ހޯމަ ދުވަހުގެ ހެނދުނު ފަށަން ހަމަޖައްސާފައި ވާއިރު، އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.
އުއްތަމަ ފަނޑިޔާރުގެ އިތުރުން އެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދެވެ.
އެ މައްސަލާގެ ޝަރީއަތް ހޯމަ ދުވަހު ފަށަން ހަމަޖެއްސިއިރު، އެ މައްސަލަ ނިމެންދެން ނަޝީދުގެ ޖަލު ހުކުމް ތަންފީޒު ކުރަން ސުޕްރީމް ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ.
ނަޝީދުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ކުރީގެ ދެ ޑިފެންސް މިނިސްޓަރުން ކަމަށްވާ މުހައްމަދު ނާޒިމާއި ތޮލްހަތު އިބްރާހިމް ކަލޭފާނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ޖަލު ހުކުމުގެ މައްސަލަ ވެސް ރިވިއު ކުރަން ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ. އެެ މައްސަލަތައް ނިމެންދެން އެ ބޭފުޅުންގެ ޖަލު ހުކުމް ވެސް ފަސްކުރަން އެ ކޯޓުން އޮތީ އަމުރުކޮށްފަ އެވެ.
ނަޝީދުގެ ޖަލު ހުކުމާ މެދު މާދަމާ ގޮތެއް ނިންމަނީ
ތޮލްހަތުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި
ނަޝީދު ސަލާމަތްވިޔަސް ބަހުސަށް އަދި ނިމުމެއް ނެތް!
ނަޝީދުގެ ޖަލު ހުކުމް ބާތިލްކޮށްފި
ނަޝީދުގެ ޖަލު ހުކުމްގެ މައްސަލަ ހުކުމާ ހަމަައަށް
ނަޝީދުގެ ފަރާތުން ސުޕްރީމް ކޯޓަށް ޖަވާބު ހުށަހަޅައިފި
ތޮލްހަތު ވެސް ދޫކޮށްލައިފި
ފޯނު ބަލަން އަމުރުނުދޭ މައްސަލަ އިސްތިއުނާފެއް ނުކުރާނެ
ޝަހުމް މަރަން ކުރި ހުކުމް ދަމަހައްޓަން އެދިއްޖެ
ޝަހުމް މަރަން ހުކުމްކުރި މައްސަލަ ސުޕްރީމްކޯޓުން ފަށަނީ