29 ނޮވެމްބަރ 2018
ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް އިއްވާފައިވާ 10 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް އިއްވާފައިވާ 10 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
އެމްޑީޕީގެ ވެރިކަމުގައި ޖެނުއަރީ، 2012 ގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ބަންދުކުރި މައްސަލައިގައި ތޮލްހަތުގެ މައްޗަށް އިއްވި ޖަލު ހުކުމަށް ހައި ކޯޓުން އޮތީ ތާއީދުކޮށްފަ އެވެ. ހައި ކޯޓުގެ އެ ނިންމުން އިސްތިއުނާފް ކުރަން ތޮލްހަތުގެ ފަރާތުން އޭރު ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމާފައި އޮތުމަށް ފަހު، އެ ކޯޓުން ފަހުން ވަނީ އެ ނިންމުން ރިވިއު ކުރަން ނިންމައިފަ އެވެ.
ތޮޮލްހަތުގެ ޖަލު ހުކުމް ބާތިލްކޮށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅީ އޭނާއާ އެކު އެ މައްސަލައިގައި ޖަލަށް ލާން ހުކުމްކުރި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ޖަލު ހުކުމް ވެސް ސުޕްރީމް ކޯޓުން މި ހަފުތާގައި ބާތިލް ކޮށްފައިވާތީ އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރި ކުރުން ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ބެލީ ރަނގަޅަށް ނޫން ކަމަށް ނަޝީދުގެ މައްސަލައިގައި އެ ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. ނަޝީދު އަދި ތޮލްހަތުގެ މައްސަލަ އަކީ ވެސް އެއް ހާދިސާ އަކާ ގުޅޭ ދެ މައްސަލައެއް ކަން ފާހަގަކޮށް، ސުޕްރީމް ކޯޓުގެ އަމުރުގައިވަ ނީ އެހެންވެ، ތޮލްހަތުގެ މައްސަލައިގައި ވެސް އޭނާގެ އެ އަމަލު ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ބަލައި، ހުކުމްކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ.
އެހެންވެ، ތޮލްހަތަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމާއި އެ ހުކުމަށް ތާއީދުކޮށް ހައި ކޯޓުން ކުރި ހުކުމް ވެސް ބާތިލް ކަމަށް ކަނޑައަޅާ ކަމަށް ސުޕްރީމް ކޯޓުގެ އެ އަމުރުގައިވެ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ރިވިއުކޮށް ނިމެންދެން މި މަހު ކުރީކޮޅުން ފެށިގެން ތޮލްހަތު ހުރީ އެއްކޮށް މިނިވަން ކޮށްފަ އެވެ. އޭގެކުރިން ތޮލްހަތު ހުރީ ގޭ ބަންދުގަ އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ނަޝީދާއި ތޮލްހަތުގެ އިތުރުން އިތުރު ތިން ބޭފުޅަކަށް ވެސް އޭރު ޓެރަރިޒަމްގެ ދައުވާ ދައުލަތުން ކުރި އެވެ. އެއީ އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި އޭރުގެ މާލޭ އޭރިއާގެ ކޮމާންޑަރު އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވި އޭރުގެ ކާނަލް އަހުމަދު ޒިޔާދުގެ މައްޗަށެވެ. އެކަމަކު އެ ތިން ބޭޭފުޅުންގެ މައްޗަށް ކުށް ސާބިތެއް ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.
ތޮލްހަތު ވެސް ދޫކޮށްލައިފި
ނަޝީދުގެ ޖަލު ހުކުމާ މެދު މާދަމާ ގޮތެއް ނިންމަނީ
ނަޝީދު ސަލާމަތްވިޔަސް ބަހުސަށް އަދި ނިމުމެއް ނެތް!
ނަޝީދުގެ ޖަލު ހުކުމް ބާތިލްކޮށްފި
ނަޝީދުގެ ހުކުމް ރިވިއުކުރުމުގެ ޝަރީއަތް ހޯމަ ދުވަހު
ފޯނު ބަލަން އަމުރުނުދޭ މައްސަލަ އިސްތިއުނާފެއް ނުކުރާނެ
ޝަހުމް މަރަން ކުރި ހުކުމް ދަމަހައްޓަން އެދިއްޖެ
ޝަހުމް މަރަން ހުކުމްކުރި މައްސަލަ ސުޕްރީމްކޯޓުން ފަށަނީ
ފަސޭހަ އިއުތިރާފުން ކުށް ސާބިތުކުރުން ނިމުމަކަށް؟!
މަރުގެ ހުކުމެއް 12 އަހަރު ފަހުން އަލުން ބަލަނީ