13 ނޮވެމްބަރ 2018
ޝަރީއަތަށް ހުށަހެޅޭ މައްސަލައެއްގައި ކަމެއް ސާބިތު ކޮށްދިނުމަށް އިންޓެލިޖެންސް ރިޕޯޓު އެކަނި ނުފުދޭނެ ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ޝަރީއަތަށް ހުށަހެޅޭ މައްސަލައެއްގައި ކަމެއް ސާބިތު ކޮށްދިނުމަށް އިންޓެލިޖެންސް ރިޕޯޓު އެކަނި ނުފުދޭނެ ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ހައި ކޯޓުން އެގޮތަށް ހުކުމްކުރީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ކުރީގެ ވަކީލެއް ކަމަށްވާ އައިމިނަތު އަރީޖް ވަޒީފާ އިން ވަކިކުރި މައްސަލައިގައި އޭނާ އަށް ދޮޅު ލައްކަ އަށް ވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކުރި މައްސަލައިގަ އެވެ. އޭނާ ވަޒީފާ އިން ވަކި ކުރީ އިންޓެލިޖެންސް ރިޕޯޓެއްގައިވާ މައުލޫމާތަކަށް ބިނާކޮށެވެ.
ޓްރައިބިއުނަލްގެ އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އިންޓެލިޖެންސް ރިޕޯޓްތަކުގައި ހުންނަ މައުލޫމާތުގެ ސައްހަކަން އަންގައިދޭ އެހެން ކަންތައްތަކެއް ނެތީސް، އެފަދަ ރިޕޯޓްތަކުގައި ހުންނަ މައުލޫމާތުތައް ސައްހަ ކަމަށް ނުނިންމޭނެ ކަމަށެވެ. އަދި ޝަރީއަތަށް ހުށަހެޅޭ މައްސަލައެއްގައި ވެސް ކަމެއް ސާބިތު ކުރުމުގައި ހަމައެކަނި އިންޓެލިޖެންސް ރިޕޯޓް ނުފުދޭނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން އަރީޖް ވަކިކުރަން ނިންމީ އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް ކަމަށް ވިޔަސް، ޕީޖީ އޮފީހުގެ ހިއުމަން ރިސޯސް ކޮމެޓީއަށާއި އަދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ވެސް އެ ރިޕޯޓް ހުށަހެޅިފައެއް ނެތެވެ. އެހެންވެ، އެ މައްސަލައިގައި އިންޓެލިޖެންސް ރިޕޯޓަކީ ހެއްކާ ބެހޭ ގާނޫނުގައި ބުނާ ފަދަ ކިތާބީ ހެއްކެއް ކަމަށް ނުބެލެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ފެނިފައިނުވާ ރިޕޯޓެއްގެ މައްޗަށް ބިނާކޮށް އަރީޖް ވަކިކުރަން ނިންމި ނިންމުން ސައްހަ ނުވާނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އަރީޖް ވަކިކުރީ ގާނޫނާ ޚިލާފަށް ކަން ސާބިތުވާތީ އޭނާ އަށް ބަދަލުގެ ގޮތުގައި 153،000ރ. ދިނުމަށް ޓްރައިބިއުނަލުން އަންގާފައިވަނީ ވެސް ގާނޫނާ އެއްގޮތަށެވެ. ސަބަބެއްގެ ގޮތުގައި ހުކުމުގައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާ އިން ވަކިކޮށްފައިވާ ހާލަތްތަކުގައި ދެ ފަރާތުގެ ދެމެދުގައި އިތުބާރު ގެއްލިފައިވާ ނަމަ، ވަޒީފާ އަނބުރާ ދިނުމުގެ ބަދަލުގައި އެ މީހަކަށް ދޭން ޖެހޭނީ އަދުލުވެރި ބަދަލެއް ކަމަށްވުމެވެ. އަދި އެ ހާލަތުގައި އަރީޖަށް އެ ބަދަލު ނަގައިދިނުމަކީ އެކަމުގެ ސަބަބުން އޭނާ އަށް ނުހައްގު މަންފާއެއް ލިބިގެންދާ ކަމެއް ނޫން ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވަނީ އަރީޖަށް ބަދަލު ދޭންޖެހޭ ކަމަށް ޓްރައިބިއުނަލުން ނިންމި ނިންމުން ރަނގަޅު ކަމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހަސަން އަލީގެ އިތުރުން އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުއައިބެވެ.
ޖިހާދުގެ މައްސަލަ ރިވިއުކުރަން ދައުލަތުން ހުށަހަޅަނީ
ޖިހާދުގެ މައްސަލަ ނުބަލަން ހައި ކޯޓުން ނިންމައިފި
ޑެޕިއުޓީ ޕީޖީގެ މަގާމުން ސަމީރު އިސްތިއުފާ ދެއްވައިފި
އެމްބަސީ ކައިރީގައި މުޒާހަރާ ކުރާތީ ޝަކުވާ ލިބޭ: ޕީޖީ
ޖިހާދުގެ މައްސަލަ ހައި ކޯޓުން އަނބުރާ ފޮނުވާލައިފި
އޭސީސީގެ އެންގުމަށް ތަބާނުވާން ލަފާދިނީ ޕީޖީ އޮފީހުން!
ޖިހާދަށް ކުރި ދައުވާ ބޭރުކޮށްލުމުން ޕީޖީން ހައި ކޯޓަށް
އޭސީސީން މުވައްޒަފަކަށް ފިޔަވަޅު އެޅީ ގޯސްކޮށް:ހައިކޯޓް
ބޮޑު ޗުއްޓީގައި ޕީޖީ އޮފީހުގެ މުވައްޒަފުންނަށް ލުއެއް
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން