Roadha Mihaaru
ތިން މަރަށް އިންސާފު ހޯދައިދޭން ދުންޔާ ގޮވާލައްވައިފި

އަފްރާޝީމް، ރިލުވާން، ޔާމީނަށް އިންސާފު ހޯދައިދޭން ދުންޔާ ގޮވާލައްވައިފި

13 ނޮވެމްބަރ 2018

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމު އަލީ އާއި ބްލޮގަރު ޔާމީނު ރަޝީދުގެ މަރާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް އިންސާފު ހޯދައިދެއްވަން، އިންތިހާބީާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ގޮވާލައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމު އަލީ އާއި ބްލޮގަރު ޔާމީނު ރަޝީދުގެ މަރާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް އިންސާފު ހޯދައިދެއްވަން، އިންތިހާބީާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ގޮވާލައްވައިފި އެވެ.

އާ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ދަރިކަނބަލުން ދުންޔާ އެގޮތަށް ގޮވާލެއްވި އިރު، އިބޫ ވަނީ ކެމްޕޭން ތެރޭގަ އާއި އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ވެސް، ރިލްވާންގެ މައްސަލަ އަލުން ބައްލަވާނެ ކަމަށް، ވައުދެއްގެ ގޮތުގައި، ވިދާޅުވެފަ އެވެ. އަަދި އަފްރާޝީމާއި ޔާމީންގެ މަރު ފަދަ ގޮތް ނޭނގޭ ހުރިހާ މަރުތަކެއް ވެސް އަލުން ބައްލަވާނެ ކަމަށް ވިދާޅުވި އެވެ.

ދުންޔާގެ ޓުވީޓު

"ގާނޫނު ހިންގާ އިދާރާތަކުން މި މައްސަލަތައް ފުރިހަމައަށް ތަހުގީގުކޮށް ޖަރީމާ ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ،" ޔޫ ޓިއުބްގައި އާއްމުކުރެއްވި ވީޑިއޯ މެސެޖަކާ އެކު ދުންޔާ މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުތައް ވަރުގަދަކޮށް، ނޫސްވެރިންނާއި ހިޔާލުފާޅުކުރާ މީހުން ހިމާޔަތްކުރަން ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. އަދި ރާއްޖޭގައި ނޫސްވެރިޔަކު ގެއްލި އަދި އެއް ނޫސްވެރިޔަކު މަރާލާފައިވާ ކަމަށް، ރިލްވާނާއި ޔާމީނަށް އިޝާރަތްކުރައްވާ ދުންޔާ ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދުކުރަނީ މި މައްސަލަތަކުގެ ނިމުމެއް އަޅުނގަނޑުމެންނަށް ފެންނާނެކަމަށް. އަދި ކުރިމަގުގައި މިކަހަލަ ކަމެއް ތަކުރާރު ނުވުން،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ މި ގޮތަށް ވާހަކަދެއްކެވި އިރު ރިލްވާން ގެއްލުވާލި އިރު ފޮރިން މިނިސްޓަރަކީ ދުންޔާ އެވެ. އަދި ރިލްވާން ގެއްލިގެން ހޯދަމުން ދިޔަ ދުވަސްވަރު ރައީސް އަބްދުﷲ ޔާމީން ބޭރަށް ކުރެއްވި ދަތުރުފުޅަކަށް ފަހު ރާއްޖެ ވަޑައިގަތުމުން އެއާޕޯޓްގައި ދެންނެވި ސުވާލަކަށް ފަރުވާކުޑަ ޖަވާބެއް ދެއްވި އިރު އަރިހުގައި ދުންޔާ ހުންނެވި އެވެ.