Roadha Mihaaru
އާ އަހަރަށް ތައިލެންޑުން ދިވެހިންނަށް ހިލޭ ވިސާ ދެނީ

އާ އަހަރަށް ތައިލެންޑުން ދިވެހިންނަށް ހިލޭ ވިސާ ދެނީ

08 ނޮވެމްބަރ 2018

އާ އަހަރާ ދިމާކޮށް، ދިވެހިންނަށް ތައިލޭންޑުން ހިލޭ ވިސާ ދޭން އެ ގައުމުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އާ އަހަރާ ދިމާކޮށް، ދިވެހިންނަށް ތައިލޭންޑުން ހިލޭ ވިސާ ދޭން އެ ގައުމުން ނިންމައިފި އެވެ.

ތައިލެންޑް ސަރުކާރުން މިހާރު ހަމަޖައްސާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ދިވެހިން ވިސާ ފީ ދައްކަން ނުޖެހޭ ގޮތަށެވެ. ވިސާ އަށް މިހާރު ދައްކަން ޖެހޭ 60 ޑޮލަރު ދައްކަން ނުޖެހި، ހިލޭ ވިސާ ލިބޭނީ އެ މުއްދަތުގައި 15 ދުވަހަށް ވުރެ ދިގު ނުވާ ގޮތަށް އެ ގައުމަށް ދަތުރު ކުރާ ނަމަ އެވެ.

ރާއްޖޭގެ އިތުރުން އިިތުރު 20 ގައުމަކަށް ވެސް މިގޮތަށް ހިލޭ ވިސާ ދޭން ތައިލެންޑް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ތައިލެންޑަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޓައިވާންގެ އިތުރުން އޭޝިއާ އާއި މެދުއިރުމަތީގެ ގައުމުތައް ވެސް ހިމެނެ އެވެ.

ތައިލެންޑް ސަރުކާރާ ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން ވަގުތީ ގޮތުން ހިލޭ ވިސާ ދޫކުރަން ސަރުކާރުން ނިންމީ އާ އަހަރާ ދިމާކޮށް، އެ ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށެވެ. ފާއިތުވި ދެ ތިން އަހަރު ތައިލެންޑަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މަދުވެފަ އެވެ.