03 ނޮވެމްބަރ 2018
މީގެ 30 އަހަރު ކުރިން ރާއްޖޭގެ މިނިވަންކަން ބޭރުގެ ފަރާތްތަކުގެ ކިބައިން ރައްކާތެރިކުުރުމަށް ދެއްވި ކުއްލި އެހީތެރިކަން ފަށްފަށުން ހަނދުމަފުޅު ކުރައްވާ ކަމަށް، ނޮވެމްބަރު ތިނެއްގެ ހާދިސާ ހިނގިއިރު ރާއްޖޭގެ ރައީސަކަށް ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު މިއަދު ވިދާޅުވެއްޖެ އެވެ.
މީގެ 30 އަހަރު ކުރިން ރާއްޖޭގެ މިނިވަންކަން ބޭރުގެ ފަރާތްތަކުގެ ކިބައިން ރައްކާތެރިކުުރުމަށް ދެއްވި ކުއްލި އެހީތެރިކަން ފަށްފަށުން ހަނދުމަފުޅު ކުރައްވާ ކަމަށް، ނޮވެމްބަރު ތިނެއްގެ ހާދިސާ ހިނގިއިރު ރާއްޖޭގެ ރައީސަކަށް ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫން އެހެން ވިދާޅުވީ، އިންޑިޔާގެ ކުރީގެ ބޮޑު ވަޒީރު ރަޖީވް ގާންދީ އާއެކު ނަންގަވާފައިވާ ފޮޓޯއަކާއެކު ކުރެއްވި ޓްވީޓެއްގަ އެވެ. ދެ ގައުމުގެ ދިދައާއެކު އެ ފޮޓޯފުޅުގައި ޖަހާފައިވަނީ 1988 ވަނަ އަހަރު މަތިން ދުވަހަކު ވެސް ހަނދާން ނައްތާނުލުމަށެވެ.
މިއަދު ނަސްރުގެ ދުވަސް ފާހަގަކުރަނީ ނޮވެމްބަރު 3، 1988 ގައި ދިވެހީންގެ ބަޔަކާ ގުޅިގެން ސްރީ ލަންކާގެ ތަމަޅަ ހަނގުރާމަވެރިންގެ ބަޔަކު ރާއްޖެ އަރައި ދިން ހަމަލާގެ ނާކާމިޔާބުވެ ދިވެހިންނަށް ލިބުނު ނަސްރު ގެ ހަނދާން އައު ކުރުމަށެވެ.
On this historic day, I recall with much gratitude the prompt assistance provided by the Indian government and armed forces 30 years ago today in defeating the foreign militants and protecting our independence. pic.twitter.com/rNtwOR3kEt
— Maumoon Abdul Gayoom (@maumoonagayoom) November 3, 2018
މައުމޫންގެ ޓްވީޓް
އެ ހަމަލާ ނާކާމިޔާބުވުމުން ތަމަޅ ހަނގުރާމަވެރިން ފިލައިގެން ދިޔައީ މާލޭ ބަނދަރުގައި އޮތް އާގުބޯޓެއް ކަމަށްވާ ޕްރޮގްރެސް ލައިޓްގަ އެވެ. އެކަމަކު ކަނޑު މަތިން އެ ބޯޓު ހުއްޓުވައި، އިންޑިއާ ސިފައިން ހަމަލާދީ ފައްތާލި އެވެ. އަދި އެ ހަމަލާގެ ޒިންމާ ނަގަންޖެހޭ ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރުގެ އިތުރުން، މަރުނުވެ ތިބި ޓެރަރިސްޓުން އަތުލައިގަނެގެން މާލެ ގެނަ އެވެ. އަދި ރަހީނުކޮށްގެން ގެންދިޔަ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ސަލާމަތްކުރި އެވެ.
ލުތުފީ އާއި ނާސިރުގެ މައްޗަށް އޭރުގެ އެންމެ މަތީ ކޯޓު، ހައި ކޯޓުން، އިއްވީ މެރުމުގެ ހުކުމެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާ އަށް އޭރުގެ ގާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން، ރައީސް މައުމޫން އެ ހުކުމް ބަދަލުކުރެއްވީ އުމުރު ދުވަހު ޖަލަށް ލާށެވެ.
ރާއްޖޭގައި އަމަލްކުރަމުން އައި ގަވާއިދެއްގައި އުމުރު ދުވަހަށް ޖަލަށް ލުން ކަމަށް ބަލާފައި ވަނީ 25 އަހަރެވެ. އެހެންކަމުން 19 ދިވެހިންގެ މަރުގެ ޒިންމާ އުފުލަން ޖެހޭ ދެ ކުށްވެރިން އެ 25 އަހަރު ފުރިހަމަކުރުމުން މިނިވަންވީ އެވެ.
ނޮވެމްބަރު ތިނެއް، ނަޝީދުގެ ތައުރީފު ސިފައިންނަށް
ނޮވެމްބަރު 3ގެ އަނެއް ފަރާތް: އޮޕަރޭޝަން ކެކްޓަސް 1
"އަމިއްލަ ވެރިކަމެއްގެ ނިއުމަތް ދޫކޮށްލައިގެން ނުވާނެ"
ސިފައިން، ސިޔާސީ ނުފޫޒުން އެއްކިބާކުރަން ކަންކަން ކުރޭ
ސިފައިންގެ އިތުބާރާ ގުޅިފައި ވަނީ އަޚުލާގާ: ރައީސް
ނަސްރުގެ ދުވަހުގެ މިޔުޒިކަލް ޑްރިލް ޖުމްހޫރީ މައިދާނުގަ
ނަޝީދާ އެކު އުޅެން މައުމޫން ލަދު ގަންނަން ޖެހޭ:ނިހާން
ޓެރަރިސްޓް ހަމަލާތަކަށް ހުޝިޔާރުވާންޖެހޭ: އާދަމް ޝަރީފް
ކުރިން އެއީ ހިތާމައެއް، މިއަދު ފަޚުރެއް!
ނަސްރުގެ ދުވަހުގެ ފޮޓޯ މައުރަޒު މި އަހަރު އައްޑޫގައި