އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީންް 29 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފި އެވެ.
31 އޮކްޓޯބަރ 2018
އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީންް 29 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު މިރޭ ވިދާޅުވީ މަޖިލީހަށް ފޮނުވީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. މި ބަޖެޓު މަޖިލީހަށް ހުށަހަޅުއްވާނީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ކޮންމެ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނެ ކަމަށް ލަފާ ކުރެވޭ ހަރަދާއި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް ހުށަހަޅަންވާނެ އެވެ. މާލިއްޔަތު ގާނޫނު ބުނާ ގޮތުން އޮކްޓޯބަރުގެ ނިޔަލަށް މަޖިލީހަށް ބަޖެޓު ހުށަހަޅަން ޖެހެ އެވެ.
މަޖިލީހަށް ބަޖެޓް ފޮނުވިއިރު، އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް އެކުލަވާލީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުން ބޭނުންވާ ކަންކަން ހިމަނައިގެންނެވެ. ބަޖެޓު ހުށަހެޅީ އިދިކޮޅު ފަރާތްތަކުން ބޭނުންވި ގޮތަށް ކަން ފިނޭންސް މިނިސްޓްރީގެ އޮފިޝަލް ކަށަވަރުކޮށް ދެއްވި އެވެ.
"އަޅުގަނޑުމެން ބަޖެޓު ހުށަހެޅީ އެ ބޭފުޅުން ބޭނުންވި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް. ބަޖެޓުގައި ހުރި އެއްވެސް ޕްރޮގްރާމަކަށް ބަދަލެއް ގެނެސްފައި ނުވާނެ،" އޮފިޝަލް ވިދާޅުވި އެވެ.
ދައުލަތުގެ ބަޖެޓު މަޖިލީހަށް ފޮނުވި ނަމަވެސް، އެއާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި، މަޖިލީހަށް ބަޖެޓު ހުށަހެޅުމުން، އެކަމާ ގުޅޭ ތަފްސީލްތައް ހާމަ ކުރައްވާނެ އެވެ. އަދި ބަޖެޓާ ގުޅޭ ހާއްސަ ފޮތެއް ނެރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބޫގެ ސަރުކާރުގެ ބޭނުންވާ ގޮތަށް ބަޖެޓު ތައްޔާރު ކުރުމުގެ ފުރުސަތު މި ސަރުކާރުން ދިނީ މި މަހުގެ ކުރީކޮޅެވެ.
ބަޖެޓާ ގުޅޭ ގޮތުން ފައިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެފައި ވަނީ އާ ސަރުކާރުން ބޭނުންވާ ބަޖެޓު އެއްވެސް އުނިއިތުރެއް ނެތި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އާ ސަރުކާރުގެ ވައުދުތަކާއި ސިޔާސަތުތައް ބަޖެޓުގައި ހިމަނާނެ ކަމަށް މިހާރު ވެރިކަން ހިންގާ ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވެސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މި އަހަރަށް ފާސްކޮށް، މިހާރު އަމަލުކުރަމުން އަންނަނީ 27 ބިލިއަން ރުފިޔާގެ ބަޖެޓަކަށެވެ. މިއީ، އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ބޮޑު ބަޖެޓެވެ.
29 ބިލިއަން ރުފިޔާގެ ބަޖެޓު މާދަމާ ހުށަހަޅަނީ
ހަ މަސް ވެއްޖެ، ސަރުކާރުގެ ދުވެލި ކިހިނެއް؟
30 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި
30 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި
ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ޝަރީފު
އާ ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަނީ
29 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހަށް ހުށަހަޅައިފި
އާ ސަރުކާރު ބަޖެޓު އަންނަ ހަފުތާގައި ހުށަހަޅަނީ
މިހާރުގެ ސަރުކާރުން ބަޖެޓު ހުށަހެޅުން ރަނގަޅެއް ނޫން
އިބޫގެ މައްޗަށް ތަހުގީގެއް ހިންގަން އުޅެނީ ބިރުދައްކަން