Roadha Mihaaru
އައިއެސްގެ ކިބައިން މިނިވަންވުމާ އެކު ތުނބުޅި ބާލައިފި

އައިއެސްގެ އަތް ދަށުން މިނިވަންވުމާ އެކު ތުނބުޅި އާއި ބުރުގާ ބާލައިފި

13 އޯގަސްޓް 2016

ދިމިޝްގު (އޮގަސްޓް 13) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތް ދަށުން މިނިވަންވުމާ އެކު ސީރިއާގެ އުތުރުގައި އޮންނަ މަންބިޖުގެ ރައްޔިތުން އުފާ ފާޅު ކުރުމުގެ ގޮތުން ފިރިހެނުން ތުނބުޅި ބަލާ އަންހެނުން ބުރުގާ ބާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (އޮގަސްޓް 13) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތް ދަށުން މިނިވަންވުމާ އެކު ސީރިއާގެ އުތުރުގައި އޮންނަ މަންބިޖުގެ ރައްޔިތުން އުފާ ފާޅު ކުރުމުގެ ގޮތުން ފިރިހެނުން ތުނބުޅި ބަލާ އަންހެނުން ބުރުގާ ބާލައިފި އެވެ.

ވޭތުވެދިޔަ ދެ އަހަރު އައިއެސްގެ އަތް ދަށުގައި އޮތް ސިޓީގެ ރައްޔިތުން މިއަދު ވަނީ މަގުތަކަށް ނުކުމެ ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ. އައިއެސްގެ އަތް ދަށުގައި މަންބިޖު އޮތް އިރު އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރި 2،000 އާއްމުން ވެސް ވަނީ މިނިވަންކޮށްފަ އެވެ.

އައިއެސްގެ އަތް ދަށުން މަންބިޖު މިނިވަންވުމާ އެކު އަންހެނެއްގެ މޫނު ބުރުގާ އަންދާލަނީ. ފޮޓޯ:ރޮއިޓާސް

އައިއެސްގެ އަތް ދަށުން މަންބިޖު މިނިވަންވުމާ އެކު އަންހެނެއްގެ މޫނު ބުރުގާ އަންދާލަނީ. ފޮޓޯ:ރޮއިޓާސް

ތުރުކީގެ ސަރަހައްދީ ރޮނގާ ކައިރީގައި އޮންނަ މަންބިޖުން އައިއެސް ބޭރުކޮށްލެވުނީ ވޭތުވެދިޔަ 73 ދުވަހު ކުރި ހަނގުރާމައިގަ އެވެ. އައިއެސް ބޭރުކޮށްލުމުގައި އަރަބި ހަނގުރާމަވެރިންނާއި ކުރުދީ ހަނގުރާމަވެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.

އައިއެސްގެ އަތް ދަށުން ސަލާމަތްވުމާ އެކު އެ ސިޓީ މިނިވަންކުރި ހަނގުރާމަވެރިންނަށް ބައެއް މީހުން ވަނީ ހިތުގެ އަޑިން ޝުކުރު އަދާކޮށްފަ އެވެ.

އައިއެސްގެ އަތް ދަށުން މަންބިިޖު މިނިވަންވުމާ އެކު އުފާ ފާޅު ކުރަނީ. --ފޮޓޯ:ރޮއިޓާސް

އައިއެސްގެ އަތް ދަށުން މަންބިިޖު މިނިވަންވުމާ އެކު އުފާ ފާޅު ކުރަނީ. --ފޮޓޯ:ރޮއިޓާސް

އެމެރިކާގެ އޮފިޝަލުން ބުނީ މަންބިޖު މިނިވަންކުރުމާ އެކު ދެން އޮތީ ސީރިއާގައި އައިއެސްގެ ވެރި ރަށުގެ ގޮތުގައި ބަލާ ރައްގާ މިނިވަން ކުރުން ކަމަށެވެ. މަންބިޖަކީ އައިއެސްގެ ސަޕްލައި ރޫޓުގެ މުހިންމު ސިޓީ އެކެވެ. މަންބިޖުގެ މަގުތަކަކީ ސީރިއާ އަށް ސަޕްލައި އެތެރެ ކުރުމަށް އައިއެސް އިން ބޭނުންކުރާ ރޫޓެވެ. ސީރިއާގެ ހަލަބު ސިޓީ އާއި ރައްގާއާ ގުޅާލަ ދޭ މަގުތައް ގޮސްފައި ވަނީ މަންބިޖުގެ ތެރޭންނެވެ.

އައިއެސްގެ އަތް ދަށުން މަންބިިޖު މިނިވަންވުމާ އެކު އުފާ ފާޅު ކުރަނީ. --ފޮޓޯ:ރޮއިޓާސް

އައިއެސްގެ އަތް ދަށުން މަންބިިޖު މިނިވަންވުމާ އެކު އުފާ ފާޅު ކުރަނީ. --ފޮޓޯ:ރޮއިޓާސް

އައިއެސްގެ ބާރުގެ ދަށުގައި މަންބިޖު އޮތް އިރު އެ ސިޓީގެ މީހުންނަށް ވަރަށް ގިނަ ކަންކަމަށް ވަނީ މަޖްބޫރުކޮށްފަ އެވެ. އަންހެނުންގެ މުޅި ހަށިގަނޑު އެކުގައި ނިވާ ކުރަން ޖެހެ އެވެ. ސިނގިރޭޓެއް ފަދަ އެއްޗެއް ބޮއެފި ނަމަވެސް ހައްދު ޖަހަ އެވެ. ސިނގިރޭޓް ބޮނިކޮށް އަތުލެވިފައިވާ މީހުންގެ އަތުގެ އިނގިލިތައް ވެސް ބުރިކޮށްފައިވެ އެވެ. އަދި ފިރިހެނަކަށް ޚިދުމަތް ދިން އަންހެން ޑެންޓިސްޓަކު އާއްމުންގެ ތެރޭގައި މަރާލާފައިވާ ކަމަށް އދ.ގެ ރިޕޯޓެއްގައި ވަނީ ބުނެފަ އެވެ. ފިރިހެނުން ތުނބުޅި ބޭލުން ވަނީ މަނާކޮށްފަ އެވެ. މަގުތަކަށް ނުކުމެ ނަމާދު ނުކުރާ މީހުން ޗެކް ކުރެ އެވެ.