30 އޮކްޓޯބަރ 2018
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމް ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމް ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އިދިކޮޅު 12 މެމްބަރުންގެ ތެރެއިން މެމްބަރު ކަމުގެ ގޮނޑިއާ މެދު މިހާތަނަށް ގޮތެއް ނުނިމި ތިބި ހަތަރު މެމްބަރުންގެ މައްސަލަތަކުގެ ހުކުމް މިއަދަށް ވަނީ ތާވަލް ކޮށްފައިވާއިރު، އޭގެ ތެރޭގައި މުސްތަފާ ހިމެނިވަޑައިގަންނަވަ އެވެ.
މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވުމުން ނުވަތަ ވަކި ކުރުމުން މެމްބަރު ކަމުން ވަކިވާ ގޮތަށް މިދިޔަ އަހަރުގެ ޖުލައި މަހު ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން، 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ކަނޑައެޅި އެވެ. އޭގެ ތެރެއިން އަށް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ހުކުމްކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއާ މެދު ސުޕްރީމް ކޯޓުން ދެން މިއަދު ގޮތެއް ނިންމަން ޖެހެނީ މުސްތަފާގެ އިތުރުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ.
އެ ހަތަރު ބޭފުޅުންގެ މައްސަލަ ވެސް ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
ގޮނޑީގެ މައްސަލައިގެ ބަޔާންތަކުގައި ސޮއިކޮށްފި
ބާކީ ތިބި ހަތަރު މެމްބަރުންގެ ގޮނޑީގެ މައްސަލަ ފަށަނީ
ބާކީ ތިބި 4 މެމްބަރުންގެ މައްސަލައިގެ ހުކުމް މާދަމާ
ތާރީޚީ ދުވަހެއް! 12 މެމްބަރުން އެކުގައި މަޖިލީހަށް
12 މެމްބަރުންގެ ގޮނޑި ވެސް އަނބުރާ ލިބިއްޖެ
މުސްތަފާ އާއި ޝާހުގެ ގޮނޑީގެ މައްސަލަ ހުކުމާ ހަމައަށް
ފަނޑިޔާރުންނާ މެދު އުންމީދު ކަނޑައެއް ނުލަން: ޝާހު
ހުސްވި ގޮނޑިތަކަށް ސުޕްރީމް ކޯޓުގެ ބަހެއް ބޭނުންތަ؟
"ގޮނޑި ގެއްލިއްޖެ ކަމަށް ލިޔާ ނަމަ ދައުވާ ކުރާނަން"
މެމްބަރު މުހައްމާ އާއި ޝަހުދީގެ ގޮނޑި ގެއްލިއްޖެ