24 އޮކްޓޯބަރ 2018
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެމްބަރުންގެ ތެރެއިން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ މެމްބަރުކަމުގެ ގޮނޑީގެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެމްބަރުންގެ ތެރެއިން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ މެމްބަރުކަމުގެ ގޮނޑީގެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.
މުސްތަފާ އާއި ޝާހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ނިންމީ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރުގެ ޖުލައި މަހު ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފަހު އެވެ. އެކަމަކު އެ ދެ ބޭފުޅުންނަކީ ވެސް ހުކުމުގެ ކުރިން ޕީޕީއެމުން ވަކިވާން ސިޓީ ފޮނުވި ދެ ބޭފުޅުންނެވެ.
ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅަން މުސްތަފާ އާއި ޝާހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު ވަކިވަކިން ބޭއްވި ދެ އަޑުއެހުމުގައި އެ ދެ ބޭފުޅުންގެ ވަކީލުން ވެސް ވިދާޅުވީ އެ ބޭފުޅުންނަކީ ހުކުމުގެ ކުރިން ޕީޕީއެމް އިން ވަކިވާން ސިޓީ ފޮނުވާފައި ތިބި ދެ ބޭފުޅުން ކަމަށެވެ. ސުޕްރީމް ކޯޓުގެ ހުކުމް އައީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ކަމަށާއި އެކަމަކު އެ ދެ ބޭފުޅުން އޮތީ 10 ޖުލައި ގައި ޕާޓީން ވަކިވުމަށް ސިޓީ ފޮނުވާފައި ކަން އެ ބޭފުޅުންގެ ވަކީލުން ފާހަގަ ކުރެއްވި އެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދު އޮތްގޮތުން މެމްބަރަކު ޕާޓީން ވަކިވާން އެދި ސިޓީ ފޮނުވާ ހިސާބުން އެ މެމްބަރަކު ޕާޓީން ވަކިވީ ކަމަށާއި އެހެންވެ، ޖުލައި 10 ގައި އެ ދެ ބޭފުޅުން ވެސް ޕާޓީން ވަކިވެފައިވާ ކަމަށް ބަލަންޖެހޭ ކަމަށް އެ ބޭފުޅުންގެ ވަކީލުން ވިދާޅުވި އެވެ. އަދި ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މިމަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވެސް، ޕާޓީން ވަކިވާން އެދޭ ހިސާބުން އެ މެމްބަރަކު ޕާޓީން ވަކިވާނެ ކަމަށް ބުނެފައިވާ ކަން ވަކީލުން ފާހަގަ ކުރެއްވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަކީލުން ވިދާޅުވީ އެ ދެ ބޭފުޅުން ޕާޓީން ވަކިކުރީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް މިދިޔަ އަހަރު ހުށަހެޅި މައްސަލާގައި އެ ބޭފުޅުން ކުރި ސޮއި އަނބުރާ ނުގެންދިޔަ މައްސަލާގައި ކަމަށެވެ. އެ މައްސަލާގައި އެ ބޭފުޅުން ޕާޓީން ވަކިކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފަހުކޮޅު ކަމަށާއި އެހެންވެ އެ ބޭފުޅުންގެ ގޮނޑި ގެއްލޭނެ ކަމަށް ކޮމިޝަންގެ ވަކީލުން ބުންޏެވެ.
އެގޮތަށް ކޮމިޝަންގެ ވަކީލުން ބުނުމުން ފަނޑިޔާރުންގެ ބެންޗުން ކޮމިޝަންގެ ވަކީލުންނާ ބައެއް ސުވާލުތައް އަމާޒު ކުރެއްވި އެވެ. އެގޮތުން މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެ ބޭފުޅުން ސޮއިކުރީ ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ތޯ ނުވަތަ ނޫންތޯ އާއި އެ ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅުމުގައި، އެ ހުކުމަށް ފަހު ސުޕްރީމް ކޯޓުން ނެރުނު ކޯޓު އަމުރުގައިވާ ކަންކަމަށް ކޮމިޝަނުން ބެލިންތޯ ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ކޮމިޝަންގެ ވަކީލުން ބުނީ އެ ބޭފުޅުންގެ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރީ ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ކަމަށެވެ. އެކަމަކު އެ ސޮއި އަނބުރާ ގެންދިއުމަށް އެ ބޭފުޅުންނަށް ޕީޕީއެމުން އަންގާފައިވަނީ އެ ހުކުމުގެ ފަހުން ކަމަށް ކޮމިޝަންގެ ވަކީލުން ބުންޏެވެ. އެހެންވެ، ސުޕްރީމް ކޯޓުގެ ހުކުމުގެ އުސޫލު އެ ދެ ބޭފުޅުންގެ މައްޗަށް ހިނގާނެ ކަމަށް ކޮމިޝަންގެ ވަކީލުން ބުންޏެވެ.
މުސްތަފާ އާއި ޝާހުގެ ވަކީލުން ވިދާޅުވީ އެ ހުކުމުގެ ކުރިން ޕާޓީން ވަކިވާން އެ ދެ ބޭފުޅުންނަށް ފޮނުވި ސިޓީ ކޮމިޝަނަށް ކޮޕީ ކޮށްފައި އޮތުމުން އެ ކޮމިޝަނަށް ލިބިފައި އޮތް ކަމަށް ބަލަންޖެހޭ ކަމަށެވެ. އަދި އެ ހުކުމުގެ ކުރިން މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރުމަކީ ގޮނޑި ގެއްލޭނެ ހާލަތެއް ނޫން ކަމަށް ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކުރި ހުކުމުގައި ކަނޑައަޅާފައިވާ ކަމަށް ވެސް އެ ދެ ބޭފުޅުންގެ ވަކީލުން ވިދާޅުވި އެވެ،
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އެ ދެ މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަމަށެވެ. އެކަމަކު އެ ދެ މައްސަލާގެ ހުކުމް އިއްވާނެ ދުވަހެއް އެމަނިކުފާނު އިއުލާނެއް ނުކުރައްވަ އެވެ.
އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
މުސްތަފާ އާއި ޝާހުގެ އިތުރުން އިތުރު 10 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ވެސް ކޮމިޝަނުން ނިންމި އެވެ. އޭގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިމަހު ހުކުމް ކޮށްފައިވާއިރު، ބާކީ ތިބި މެމްބަރުންގެ މައްސަލަތައް މިހާރު ދަނީ ކުރިއަށެވެ. ދެ މެމްބަރެއްގެ މައްސަލަ ފިޔަވައި، އެހެން ހުރިހާ މައްސަލަތަކެއްގައި ވެސް އޮތީ އަޑުއެހުންތައް ނިންމާލައިފަ އެވެ.
ބާކީ ތިބި ދެ މެމްބަރުންގެ މައްސަލާގެ ޝަރީއަތް މާދަމާ ފެށުމަށް ވަނީ ތާވަލްކޮށްފަ އެވެ.
ޝަހުދީގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ހުކުމްކޮށްފި
ބާކީ ތިބި 4 މެމްބަރުންގެ މައްސަލައިގެ ހުކުމް މާދަމާ
ގޮނޑީގެ މައްސަލައިގެ ބަޔާންތަކުގައި ސޮއިކޮށްފި
ބާކީ ތިބި ހަތަރު މެމްބަރުންގެ ގޮނޑީގެ މައްސަލަ ފަށަނީ
12 މެމްބަރުންގެ ގޮނޑި ވެސް އަނބުރާ ލިބިއްޖެ
މާދަމާގެ ޖަލްސާ އަށް 12 މެމްބަރުން ދާނެ: މުސްތޮފާ
ފަނޑިޔާރުންނާ މެދު އުންމީދު ކަނޑައެއް ނުލަން: ޝާހު
ހުސްވި ގޮނޑިތަކަށް ސުޕްރީމް ކޯޓުގެ ބަހެއް ބޭނުންތަ؟
"ގޮނޑި ގެއްލިއްޖެ ކަމަށް ލިޔާ ނަމަ ދައުވާ ކުރާނަން"
މުސްތޮފާ، ސައުދުﷲ އަދި ޝާހުގެ ގޮނޑި ގެއްލިއްޖެ