23 ޖެނުއަރީ 2018
ގޮނޑި ގެއްލިއްޖެ ކަމަށް ލިޔާ މީޑިއާތަކާ ދެކޮޅަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގައި އެ މެމްބަރުން ތަމްސީލު ކުރައްވަމުން ގެންދެވި ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ގޮނޑި ގެއްލިއްޖެ ކަމަށް ލިޔާ މީޑިއާތަކާ ދެކޮޅަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގައި އެ މެމްބަރުން ތަމްސީލު ކުރައްވަމުން ގެންދެވި ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
އެ 12 މެމްބަރުންގެ ފަރާތުން ވާހަކަ ދައްކަވަމުން، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ، އެ މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަކަށް ރާއްޖޭގެ ސުޕްރީމް ކޯޓުން މިހާތަނަކަށް ކަނޑައަޅާފައި ނުވާ ކަމަށެވެ. މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅޭނީ ސުޕްރީމް ކޯޓަށް ކަން، ގާނޫނުއަސާސީގައި ބުނެފައިވާ ކަމަށާއި އެހެން އޮއްވައި މީޑިއާތަކަށް "ގޮނޑި ގެއްލިފައިވާ މެމްބަރުންނޭ" ނުލިޔެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެގޮތަށް ލިޔާ މީޑިއާތަކާ ދެކޮޅަށް ދައުވާކުރަން އަޅުގަނޑުމެން 12 މެމްބަރުން ނިންމައިފިން. ސަބަބަކީ އަޅުގަނޑުމެންނަކީ ރައްޔިތުން ހޮވާފައި ތިބި ބައެއް. މިހާތަނަށް، ގާނޫނުއަސާސީ އާއި ހެދިފައިވާ ގާނޫނުތަކާ ޚިލާފަށް އަޅުގަނޑުމެން ކަމެއް ނުކުރަން. އެހެންވީމާ އަޅުގަނޑުމެންގެ ވާޖިބަށް ހުރަސްއެޅޭ ގޮތަށް އާއްމުކޮށް އެ ގޮތަށް އިއުލާންކުރާ ނަމަ، މަޖުބޫރުވާނެ އެ މީޑިއާއަކާ ދެކޮޅަށް ދައުވާ ކުރަން،" މުސްތޮފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގޮނޑި ގެއްލިއްޖެ ކަމަށް ދައްކާ ވާހަކަތަކާ ގުޅިގެން، މެމްބަރުން އިއްޔެ އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރެއްވުމުން، އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އެ ކޮމިޝަނުން ވެސް ނުބުނެ އެވެ. އެހެން ނޫނަސް، އެއީ އިލެކްޝަނަށް ލިބިގެންވާ ބާރެއް ވެސް ނޫން ކަމަށް މުސްތޮފާ ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓު މެނުވީ، އެކަން އިއުލާން ކުރެވޭނެ އެއްވެސް ފަރާތެއް ނެތް،" މުސްތޮފާ ވިދާޅުވި އެވެ.
އީސީން ކަނޑައަޅާފައި ވަނީ، ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.
މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ހުކުމާ ޚިލާފަށް ބައެއް މެމްބަރުން ވަކިކޮށްފައިވާތީ، މި މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނިކޮށް، އިންތިޚާބުތައް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެކަމަކު އަދިވެސް އިންތިހާބު ބާއްވާނެ ތާރީހު އިއުލާންކޮށްފައި ނުވާތީ ވެސް އެ ކޮމިޝަނަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.
ހުސްވި ގޮނޑިތަކަށް ސުޕްރީމް ކޯޓުގެ ބަހެއް ބޭނުންތަ؟
ބްރޯޑްކޮމްގެ މެމްބަރުން ހާޒިރުކުރި ކޮމިޓީ ސިއްރުކޮށްފި
އަމިއްލަ ގޮތުން ވާދަކުރާނަމަ، ފިޔަވަޅު އަޅާނަން: އެމްޑީޕީ
މީޑިއާ ކޮމިޝަންގެ ބިލް މަޖިލީހުން ބޭރުކޮށްލައިފި
12 މެމްބަރުންގެ ހިފަހައްޓާފައިވާ މުސާރަ ދޭން ފަށައިފި
ޝަހުދީގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ހުކުމްކޮށްފި
ގޮނޑީގެ މައްސަލައިގެ ބަޔާންތަކުގައި ސޮއިކޮށްފި
ބާކީ ތިބި ހަތަރު މެމްބަރުންގެ ގޮނޑީގެ މައްސަލަ ފަށަނީ
ސައުދުﷲގެ ގޮނޑީގެ މައްސަލަ ހުކުމާ ހަމައަށް
ސިނާންގެ ގޮނޑީގެ މައްސަލަ ހުކުމަކާ ހިސާބަށް