22 އޮކްޓޯބަރ 2018
އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ އިލެކްޝަންސް ކޮމިޝަނުން ވަކި ފޭވާއެއްކޮށްގެން ނޫން ކަމަށާއި ހުރިހާ ކަމެއް ވެސް ދިޔައީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަން، އެންމެ މަތީ ކޯޓުން އިއްޔެ ކަށަވަރުކޮށްދީފި ކަމަށް، ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ އިލެކްޝަންސް ކޮމިޝަނުން ވަކި ފޭވާއެއްކޮށްގެން ނޫން ކަމަށާއި ހުރިހާ ކަމެއް ވެސް ދިޔައީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަން، އެންމެ މަތީ ކޯޓުން އިއްޔެ ކަށަވަރުކޮށްދީފި ކަމަށް، ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ބޮޑު ތަފާތަކުން ބަލިވުމާ އެކު އިންތިހާބު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި ރާއްޖޭގެ އެންމެ މަތީ ކޯޓުން އިއްޔެ ނިންމީ، އިންތިހާބު ބާތިލްކުރާނެ ޖާގައެއް ނެތް ކަމަށެވެ. އަދި ބާތިލް ކުރަން ޖެހޭ އެއްވެސް ކަހަލަ ހެއްކެއް ވެސް، ރައީސް ޔާމީންގެ މައްސަލާގައި ހުށައަޅާފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.
އެންމެ ފުރަތަމަ ބަލި ގަބޫލުފުޅުކުރެއްވުމަށް ފަހު، ރައީސް ޔާމީން ވޯޓުގެ ނަތީޖާއާ މެދު ސުވާލު އުފެއްދެވީ، އިލެކްޝަންސް ކޮމިޝަނުން ވަކި ގޮތަކަށް ނަތީޖާ ނެރެން އެކި ކަންކަން ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެގޮތުން ވޯޓު ކަރުދާސް ޗާޕްކުރަަން އެމް7 އަށް ދިނުމާއި ފާހަގަ ޖެހޭ އަނގޮޓިއަކާއި ދެލި ފޮހެވޭ ގަލަން ފަދަ، ކަންކަމުގެ ވާހަކަ ސުޕްރީމް ކޯޓުގައި ދައްކާފައިވެ އެވެ.
އެކަމަކު އިލެކްޝަންސް ކޮމިޝަނުން ބުނަމުން ދިޔައީ އަނގޮޓި އާއި ދެލި ފޮހެވޭ ގަލަމެއްގެ މައްސަލަ ދިމާވެފައި ނުވާ ކަމަށެވެ.
ހުކުމަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ވާޙަކަ ދައްކަވަމުން ޝަރީފް، ވަކި ބޭފުޅެއްގެ ނަން ނުގެންނަވާ ވިދާޅުވީ އިންތިހާބު ކާމިޔާބުކުރެއްވި ފަރާރުް އިންތިހާބު ކާމިޔާބުކުރައްވާފައި ވަނީ އެއްވެސް ހާލެއްގައި އިލެކްޝަންސް ކޮމިޝަނުން އެ ފަރާތަށް ފޭވާއެއްކޮށްގެން، ކާމިޔާބުކޮށްދޭން ކޮމިޝަނުން ވަކި ކަންކަން ރާވައި، ބައްޓަންކޮށްގެން ނޫން ކަމަށެވެ.
"އިންތިހާބުން ބަލިވި ފަރާތަށް ވެސް ދަންނަވާލަން ބޭނުންވަނީ އެ ފަރާތްތަކަށް އިންތިހާބު ގެއްލިގެން ދިޔައީ އެއްވެސް ހާލެއްގައި އިލެކްޝަންސް ކޮމިޝަނުން ގާނޫނީ ގޮތުން ކުރަން ޖެހޭ ކަމެއް، އެއާ ހިލާފަށް ކޮށްގެންނެއް ނޫން،"، ރިޔާސީ އިންތިހާބުން ބަލިވި ރައީސް އަބްދުﷲ ޔާމީނަށް އިޝާރަތްކުރައްވައި، ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިއްޔެގެ ހުކުމަކީ އިލެކްޝަންސް ކޮމިޝަނަށް ވެސް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
"އިންތިހާބަކީ އިންސާފުވެރި އިންތިހާބެއް ކަމާއި ބާތިލްކުރަަން ހުށައެޅި ކަންތައްތަކުގައި އެއްވެސް އަސާސެއް، ހަގީގަތެއް ނެތް ކަން ސާބިތުވެގެން އެ ދިޔައީ،" ހުކުމާ ބެހޭ ގޮތުން ޝަރީފް ވިދާޅުވި އެވެ.
އިންތިހާބު ސައްހަ ނޫން ކަމުގެ ބަޔާނަށް އާދޭސް ކުރަނީ
އަބްދުއްރަހީމް، ޝަރީފަށް: ޖެހޭނީ ކުޑަކަކޫ ޖަހަން
ކޯޓުތަކުގެ ހުކުމްތައް މިހާރު މިނިވަންވާނެ: ރައީސް
ދެ ކެންޑިޑޭޓުން ހަރަދުކޮށްފައިވަނީ އެއްވަރަކަށް: އީސީ
ޒިންމާ ކުރުވެން ވާނެ! ޒިންމާ އުފުލަން ވެސް ޖެހޭނެ!
އިބޫ ހުވާ ކުރައްވާނެ ދުވަސް ސޫމޯޓޯއަކުން ނިންމިދާނެ
75،000ރ. އިން ޕީޕީއެމް ޖޫރިމަނާކޮށްފި
ރައްޔިތުންގެ ނިންމުން ބަލައިގަނެ އިހްލާސްތެރިވޭ: އިބޫ
އަހަރެމެން ލީ ވޯޓަށް ދެން ވާނީ ކިހިނެއް؟
ކޯޓަށް ދިޔައީ އިންތިޚާބު ގަޑުބަޑު ކުރީމާ: ނިހާން