ރާއްޖޭގައި ތަފާތު ވިޔަފާރިތައް ކުރާ އަންހެނުން، އެ ދާއިރާގައި ހުރި ގޮންޖެހުންތައް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާ މިއަދު ހިއްސާ ކުރައްވައިފި އެވެ.
17 އޮކްޓޯބަރ 2018
ރާއްޖޭގައި ތަފާތު ވިޔަފާރިތައް ކުރާ އަންހެނުން، އެ ދާއިރާގައި ހުރި ގޮންޖެހުންތައް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާ މިއަދު ހިއްސާ ކުރައްވައިފި އެވެ.
އިބޫގެ ކެމްޕެއިން އޮފީހުގައި މިއަދު ހަވީރު ބޭއްވި ބައްދަލު ކުރެއްވުމުގައި ވިޔަފާރީގެ ދާއިރާގައި އުޅުއްވާ ގިނަ އަންހެނުންތަކެއް ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ޒީނަތްތެރި ކޮށްދިނުމުގެ ވިޔަފާރީގެ އިތުރުން ކޭކް އެޅުމާއި ތަފާތު މަސައްކަތްތައް ކުރާ މީހުން ހިމެނެ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ވަކިވަކި ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް ހުށަހެޅުމުގެ ފުރުސަތު އޮތީ ހުޅުވާލާފަ އެވެ.
އަންހެން ވިޔަފާރިވެރިންނާ އިބޫ ބައްދަލު ކުރެއްވުން: ފޮޓޯ: އެމްޑީޕީ
އެ މީހުން އިބޫއާ ހިއްސާ ކުރި ކަންތައްތަކުގެ ތެރޭގައި ވިޔަފާރި ފެށުމަށް ފައިސާ ހޯދުމުގެ ދަތިތަކާއި ޕްރައިވެޓް ސެކްޓާއަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރުގެ ހިމެނެ އެވެ. އަދި އަންހެނުންނަށް ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވުމަށް ރަނގަޅު މާހައުލެއް ބިނާކޮށްދިނުމާއެކު ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެގޮތް ހަމަޖައްސައި ދިނުމަށް އެދިފައިވެ އެވެ.
އިބޫ ވަނީ މިހަފްތާގައި ޒުވާން ވިޔަފާރިވެރިންނާވެސް ބައްދަލު ކުރައްވާފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ދަރިން ހިމެނެ އެވެ.
ރަނިންމޭޓަކަށް އަންހެނަކު ބަލައިގަންނަން އަދާލަތަށް ދަތި
މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް ހިތާމަވެރި ދުވަހެއް: އިބޫ
"ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތައް އުވާލާނަން"
އެމްޑީޕީން އަންނަ މަހުގެ 3ގައި މުޒާހަރާއަށް ނިކުންނަނީ
"މަރުކަޒީވިސްނުމުގެ ހިތިނަތީޖާ ފެންނާނީ ރައްޔިތުންނަށް"
އެއާޕޯޓުގެ މައްސަލާގައި ފައްޔާޒުގެ ރައްދު ޔާމީނަށް!
"ނަޝީދު އެނބުރި ވަޑައިގަތީ ޑީލެއްގެ ދަށަކުން ނޫން"
އެމްޑީޕީގެ ޖަލްސާއަށް އިބޫ ވަޑައިނުގަންނަވާ
ނަޝީދު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒާ ބައްދަލުކޮށްފި
އިބޫގެ މައްޗަށް ތަހުގީގެއް ހިންގަން އުޅެނީ ބިރުދައްކަން