މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާއްމުން ހޭލުންތެރި ކުރުވުމަށް ސްޓިކާތަކެއް ތައާރަފު ކުރުމާ އެކު އަމާނާ ތަކަފުލްގެ ތާޑް ޕާޓީ އިންޝުއަރެންސް އަށް ހާއްސަ މޯބައިލް އެޕެއް ލޯންޗުކޮށްފި އެވެ.
10 އޯގަސްޓް 2016
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާއްމުން ހޭލުންތެރި ކުރުވުމަށް ސްޓިކާތަކެއް ތައާރަފު ކުރުމާ އެކު އަމާނާ ތަކަފުލްގެ ތާޑް ޕާޓީ އިންޝުއަރެންސް އަށް ހާއްސަ މޯބައިލް އެޕެއް ލޯންޗުކޮށްފި އެވެ.
އަމާނާ ތަކަފުލްގެ ތާޑް ޕާޓީ އިންޝުއަރެންސް ސްޓިކާ އަކީ ސައްހަ އެއްޗެއްތޯ ބެލުމާއި އިންޝުއަރެންސްގެ މުއްދަތު ހަމަވާ ތާރީހު ވެސް އުޅަނދުގެ ރަޖިސްޓްރީ ނަންބަރު ބޭނުންކޮށްގެން މި އެޕުން ބެލޭނެ އެވެ.
ޓްރެފިކް ފުލުހުންނަށް ވެހިކަލްތަކުގެ އިންޝުއަރެންސް ޗެކްކުރުމުގައި ފަސޭހަތަކެއް ލިބިގެން ދާނެ މި އެޕް ލޯންޗުކޮށްދެއްވުމަށް ފަހު ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަހުމަދު ސައުދީ ވިދާޅުވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. އަދި ޓްރެފިކް މައްސަލަތަކުގެ އިތުރުން އެހެން މައްސަލަތައް މަދުކުރުމަށް ފުލުހުންނަށް އެހެން ފަރާތްތަކުގެ އެހީތެރިކަން ވެސް ބޭނުންވާ ކަމަށް ވެސް ވިދާޅުވި އެވެ.
އަމާނާ ތަކަފުލްގެ މެނޭޖިން ޑިރެކްޓަރު ހަރީޒް ސުލައިމާން ވިދާޅުވީ އެ ކުންފުނިން ރާއްޖޭގައި ހިންގާ އެކި ހަރަކާތްތަކާއި ޕްރޮގްރާމްތަކުގައި ބައިވެރިވާ ކަމަށާއި ފުލުހުންނާ ގުޅިގެން މީގެ ކުރިން ވެސް ހޭލުންތެރިކުރުމުގެ ބައެއް ޕްރޮގްރާމްތައް ހިންގާފައިވާ ކަމަށެވެ. ލޯންޗުކުރި އެޕަކީ އިންޝުއަރެންސްގެ ހިދުމަތާ ގުޅޭ ގޮތުން ރާއްޖޭގައި ނެރުނު މިފަދަ ފުރަތަމަ އެޕްލިކޭޝަން ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްކާތެރިކަން ޔަގީން ކުރުމަށް އަމާނާ ތަކާފުލް
އަމާނާ ތަކަފުލް އިން ސާޕްލަސް ފައިސާ ބަހަނީ
އެމްއައިބީގެ 5 ޕަސެންޓް އަމާނާ ތަކާފުލް އިން ގަނެފި
އިސްލާމިކް ފައިނޭންސްގެ އެވޯޑުތަކެއް ކުންފުނިތަކަކަށް
މަންދީ އާއި މާޒްގެ ހަށިގަނޑުގެ ފޮޓޯ ނަގަން އަމުރެއް
އޭސީސީން އެގްރިކަލްޗާ މިނިސްޓްރީއަށް ވަދެއްޖެ
ނިޝާން އާއި ފަޒްލޫންގެ ޝަރީއަތް މަޑުޖައްސާލައިފި
ފުރާޅެއްގެ މައްޗަށް ވެއްޓުނު އަންހެނަކަށް ފަރުވާދެނީ
މަސްތުވާތަކެއްޗާއެކު އެއްމާބަނޑުދެބެއިން ހައްޔަރުކޮށްފި
އަނިޔާއެއް ދިނުމުގެ ދައުވާ އީސަގެ މައްޗަށް ސާބިތެއްނުވި