Roadha Mihaaru
ގާސިމްގެ 3 ވަނަ އެޑްވައިޒަރަކަށް ރިޔާޒު ހަމަޖައްސައިފި

ގާސިމްގެ ތިން ވަނަ އެޑްވައިޒަރަކަށް ރިޔާޒު ހަމަޖައްސައިފި

11 އޮކްޓޯބަރ 2018

ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމްގެ ތިން ވަނަ އެޑްވައިޒަރަކަށް، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މިއަދު ހަމަޖައްސައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމްގެ ތިން ވަނަ އެޑްވައިޒަރަކަށް، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މިއަދު ހަމަޖައްސައިފި އެވެ.

ގާސިމްގެ އެޑްވައިޒަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުރުން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ޖޭޕީއާ ގުޅިވަޑައިގެންނެވި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވެސް ހުންނެވީ ޕޮލިޓިކަލް އެޑްވައިޒަރެއްގެ ގޮތުގަ އެވެ. ނަމަވެސް އޭނާ ފަހުން ވަނީ އެ ޕާޓީގެ ރައީސްއަކަށް އިންތިޚާބުކޮށްފަ އެވެ.

ޕާޓީގެ ލީޑަރު އެޑްވައިޒަރަކީ، ޖޭޕީން ބުނިގޮތުގައި، ޕާޓީ ތަރައްގީކޮށް ކުރިއެރުވުމާއި ޕާޓީއަށް ސިޔާސީ ކުރިއެރުން ހޯދުމުގައި ޕާޓީގެ ލީޑަރަށް ބޭނުންވާ ލަފަޔާއި އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދީ އަދި މަގާމުގެ ހައިސިއްޔަތުން ޕާޓީގެ ކައުންސިލްގައި ހިމެނިވަޑަައިގަންނަވާ ޝަރަފުވެރި އިއްޒަތްތެރިއެކެވެ.

ރިޔާޒު ކުރިން ހުންނެވީ ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގަ އެވެ. ނަމަވެސް ޖަލު ބަންދުގައި ހުއްޓައި އޭނާގެ މަގާމުގެ މުއްދަތު ވަނީ ހަމަވެފަ އެވެ. އޭގެ އިތުރުން ޖޭޕީގެ ޕާލިމަންޓް ގްރޫޕުގެ ލީޑަރުކަން ވެސް ކުރައްވާފައި ވެ އެވެ. އެ މަސްއޫލިއްޔަތުތައް މިހާރު ހަވާލުކޮށްފައިވަނީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނާ އެވެ.