Roadha Mihaaru
އިބޫގެ އަރިއަހަށް ޔޫކޭ ފޮރިން އޮފީހުގެ މިނިސްޓަރު

އިބޫއާ އިނގިރޭސި ފޮރިން އޮފީހުގެ މިނިސްޓަރު ބައްދަލުކުރައްވައިފި

07 އޮކްޓޯބަރ 2018

އިނގިރޭސި ވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ މިނިސްޓަރު މާކް ފީލްޑް ރާއްޖެ ވަޑައިގެން، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިނގިރޭސި ވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ މިނިސްޓަރު މާކް ފީލްޑް ރާއްޖެ ވަޑައިގެން، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އޭނާ، ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުގެ ގޮތުގައި މި ވަޑައިގަތީ، މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ކާމިޔާބު ހޯއްދެވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބޫއަށް މަރުހަބާ ދެންނެވުމަށެވެ. އިބޫގެ ރަސްމީ އޮފީހުގައި އޮތް މި ބައްދަލުވުމުގައި، ރާއްޖެ އާއި އިނގިރޭސި ވިލާތުގެ ގުޅުން އިތުރަށް ބަދަހިކޮށް، އެއްބާރުލުން ދީގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

މި މަޝްވަރާތަކުގައި، ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އިނގިރޭސި ސަފީރު ޖޭމްސް ޑައުރިސް ވެސް ބައިވެރިވެވަޑައިގަތެވެ.

ފޮރިން އޮފީހުގެ މިނިސްޓަރުގެ ދަތުރާ ގުޅޭ އިނގިރޭސި ވިލާތުގެ ސަފީރު ޖޭމްސް ޑައުރިސް ކުރެއްވި ޓުވީޓް.

އިނގިރޭސި ފޮރިން އޮފީހުގެ މިނިސްޓަރު މާކް ފީލްޑް، އިބޫއާ މިއަދު ބައްދަލު ކުރައްވަނީ. --ފޮޓޯ/އެމްޑީޕީ

އިނގިރޭސި ފޮރިން އޮފީހުގެ މިނިސްޓަރު މާކް ފީލްޑް، އިބޫއާ މިއަދު ބައްދަލު ކުރައްވަނީ. --ފޮޓޯ/އެމްޑީޕީ

ރާއްޖޭގެ ސިޔާސީ ކަންކަމާ ގުޅޭ ގޮތުން، ފޮރިން މިނިސްޓަރު މުހައްމަދު މުހައްމަދު އާސިމާއި ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނާއި ޖަމިއްޔާތަކާ ވެސް މާކް ފީލްޑް ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކުރިން، އިނގިރޭސި ޕާލަމެންޓުގައި ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއިރު، މިނިސްޓަ އޮފް ފޮރިން އެފެއާޒް ފޯ އޭޝިއާ އެންޑް ޕެސިފިކް މާކް ފީލްޑް ވަނީ ޑިމޮކްރަސީ އާއި ހައްގުތައް ނެތިގެންދާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ. އިންތިޚާބާ ގުޅިގެން ހުރި ކަންބޮޑުވުންތައް ވެސް އެ ގައުމުން ދިޔައީ ވަރަށް ގާތުން ބަލައި، ބައެއް ކަންކަން އިސްލާހުކުރަން ގޮވާލަމުންނެވެ.