06 އޮކްޓޯބަރ 2018
މިދިޔަ އޮގަސްޓް މަސް ނިމުނުއިރު، ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުގެ އޮކިއުޕެންސީ ހުރީ 63 ޕަސަންޓްގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ އޮގަސްޓް މަސް ނިމުނުއިރު، ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުގެ އޮކިއުޕެންސީ ހުރީ 63 ޕަސަންޓްގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެ އަށް ޖުމްލަ 972،839 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އިރު، މިއީ މިދިޔަ އަހަރުގެ މުއްދަތާ އަޅާބަލާ އިރު 9.1 ޕަސަންޓްގެ ކުރިއެރުމެކެވެ.
އަހަރު ނިމުމަކަށް ދާ އިރު ރާއްޖެ އަށް މި އަހަރުގެ ތެރޭގައި މިހާތަނަށް ޓޫރިސްޓުން އެންމެ ގިނަ ޒިޔާރަތް ކޮށްފައިވާ 10 ގައުމުގެ ކުރީގައި އުޅެނީ ޗައިނާ އެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް މިހާތަނަށް 194،111 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.
މި ލިސްޓްގައި ދެން ހިމެނޭ ގައުމުތަކަކީ އިނގިރޭސި ވިލާތް (75،205 ޓޫރިސްޓުން)، ޖަރުމަން (71،141 ޓޫރިސްޓުން)، އިޓަލީ (69،787 ޓޫރިސްޓުން)، އިންޑިއާ (51،075 ޓޫރިސްޓުން)، ރަޝިއާ (47،292 ޓޫރިސްޓުން)، ފްރާންސް (35،117 ޓޫރިސްޓުން)، އެމެރިކާ (27،066 ޓޫރިސްޓުން)، ޖަޕާން (26،542 ޓޫރިސްޓުން) އަދި އޮސްޓްރޭލިއާ (23،929 ޓޫރިސްޓުން) އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި އޮގަސްޓް މަހާ ހަމައަށް ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައި ވަނީ 6،270،308 ދުވަހެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާކިޔާ އިރު 12 ޕަސެންޓްގެ އިތުރުވުމެކެވެ. އަދި ޓޫރިސްޓުން އެވްރެޖްކޮށް ރާއްޖޭގައި ހޭދަކޮށްފައި ވަނީ 6.4 ދުވަހެވެ.
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
"ނުހެދި ހުރި 25ވަރަކަށް ރަށުގައި ރިސޯޓު ހުޅުވާނަން"
ބުލީއަކަށް ނުގުޑާނެ، ފައިސަލް ހުރީ ގަދަކޮށް
ރިސޯޓުތަކުގެ ބިދޭސީމުވައްޒަފުންގެ އަދަދު 70 ޕަސެންޓަށް
އެންމެ މޮޅު ރިސޯޓަކަށް ޖޯލި މުރަވަންދޫ ހޮވައިފި
މީހުން ދިރިއުޅޭ ރަށްރަށުގައި އިންޓެގްރޭޓެޑް ރިސޯޓް!
ކުއްޔަށްދޭ ވިލާތަކުން ނަގާނީ ރިއަލް އެސްޓޭޓް ޓެކްސް