05 އޮކްޓޯބަރ 2018
އަންނަ މަހުގެ ދެ ވަނަ ދުވަހު ބާއްވާ ދިރާގު ރޯޑު ރޭހުގައި ބައިވެރިވި މީހުންނަށް ހިލޭ ޓްރެއިނިން ދޭން ތައްޔާރުވެއްޖެ އެވެ.
އަންނަ މަހުގެ ދެ ވަނަ ދުވަހު ބާއްވާ ދިރާގު ރޯޑު ރޭހުގައި ބައިވެރިވި މީހުންނަށް ހިލޭ ޓްރެއިނިން ދޭން ތައްޔާރުވެއްޖެ އެވެ.
ރާއްޖޭގައި ދުވުމުގެ އެންމެ ބޮޑު ހަރަކާތް ބާއްވާ ކުންފުނިން ބުނީ، ޓްރެއިނިން ދޭން ހަތަރު ފަރާތެއް ކޯޗިން ޕާޓްނަރުންގެ ގޮތުގައި ބައިވެރިވާ ކަމަށެވެ. އެ ފަރާތްތަކަށް މެއިލް ކޮށްގެންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް މެސެޖު ކޮށްގެން ވެސް ޓްރެއިނިންގައި ބައިވެރިވެވޭނެ ކަމަށް ބުންޏެވެ.
ކޯޗުކަން ކޮށްދޭ ފަރާތްތަކަކީ، އައި ރަނާސް، ސާއިދު ސްޕޯޓްސް، ކޭވައި ސްޕޯޓްސް އެކަޑެމީ އަދި ޓްރެއިން ވިތް ކައި އެވެ.
އައި ރަނާސް އިން ޓްރެއިނިން ދޭނީ ރޭހުގައި ބައިވެރިވި އަންހެން ދުވުންތެރިންނަށެވެ. ރާއްޖޭގައި ހުރި އެންމެެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުގެ އެކަޑެމީން ޓްރެއިނިން ދޭނީ ދިރާގު ރޯޑު ރޭހުގައި އަލަށް ބައިވެރިވި މީހުންނަށެވެ.
ޔަޒްނީ ނަޝީދާ އަދި ކިސް ސަބާގެ ކޭވައި ސްޕޯޓްސް އެކަޑެމީން ރޯޑު ރޭހުގައި ބައިވެރިވި 70 އަށްވުރެ ގިނަ މީހުންނަށް ޓްރެއިނިން ދޭނެ އެވެ. ޓްރެއިން ވިތް ކައިން ބުންވަރު ވަރުގަދަކުރަން ޓްރެއިނިން ހަދަން ފުރުސަތު ދޭނެ އެވެ.
ރޭހުގައި ބައިވެރިވާން ހުޅުވާލިތާ 48 ގަޑިއިރުގެ ތެރޭގައި ވަނީ 4000 ޖާގަ ފުރިފަ އެވެ.
ރޯޑް ރޭހުގެ ޓީޝާޓްގެ އަގަކީ 100ރ. އެވެ. ޓީޝާޓް ވިއްކަނީ ރޭހުގައި ބައިވެރިވާ، ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތަކަށް އެހީވުމަށެވެ.
ދިރާގު ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ރޯޑު ރޭހުގައި ޖަމިއްޔާތަކުން ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
ރޯޑް ރޭހުން ޖަމްއިއްޔާތަކަށް ހަ ލައްކަ ރުފިޔާ!
ދިރާގު ރޯޑް ރޭހުގެ ވަނަތަކަށް އިނާމު ދީފި
ދިރާގު ރޯޑް ރޭސް މާދަމާ އޮންނާނެ
ދިރާގު ރޭހަށް ހުޅުމާލޭގެ ބައެއް މަގުތައް ބަންދުކުރަނީ
ރޯޑް ރޭހުގެ އޮފީސް/ރިސޯޓް ކެޓަގަރީއަށް ރެޖިސްޓްރީކުރަނީ
ދިރާގު ރޯޑް ރޭހުގެ ވަނަތަކަށް އިނާމު ދީފި
27 ގައުމަކާ އެކު ދިރާގު ރޯޑް ރޭހުގެ ތަރުހީބު ބޮޑު
ދިރާގުގެ ދުވުމުގެ ހަރަކާތުގެ ކުދިންނަށް ތަމްރީނު ދެނީ