ރޭ އެއްބަޔަކު ބުނަނީ މިހެންނެވެ؛ ތިމާ ފޭހުނު އިލޮށިގަނޑު ތިމާގެ ތޮލަށް ހެރުނީ އެވެ. މުޒާހަރާކުރުން ހުއްޓުވީ ޕީޕީއެމްގެ ސަރުކާރުންނެވެ. ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ހަޅުތާލުކުރުމާއި އަޑުއުފުލުގެ ހައްގު ހަނިކުރީ ވެސް އެ ޕާޓީގެ ވެރިކަމުގަ އެވެ. އެކަމަކު އެ ޕާޓީގެ ވެރިކަން ނުނިމެނީސް، ރޭ އެ ވަނީ އޭރު ހިފެހެއްޓި އެ ހައްގުތަކުގެ މުހިންމުކަން ގަބޫލުކޮށް އަޑުއުފުލައިފަ އެވެ.
02 އޮކްޓޯބަރ 2018
ރޭ އެއްބަޔަކު ބުނަނީ މިހެންނެވެ؛ ތިމާ ފޭހުނު އިލޮށިގަނޑު ތިމާގެ ތޮލަށް ހެރުނީ އެވެ. މުޒާހަރާކުރުން ހުއްޓުވީ ޕީޕީއެމްގެ ސަރުކާރުންނެވެ. ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ހަޅުތާލުކުރުމާއި އަޑުއުފުލުގެ ހައްގު ހަނިކުރީ ވެސް އެ ޕާޓީގެ ވެރިކަމުގަ އެވެ. އެކަމަކު އެ ޕާޓީގެ ވެރިކަން ނުނިމެނީސް، ރޭ އެ ވަނީ އޭރު ހިފެހެއްޓި އެ ހައްގުތަކުގެ މުހިންމުކަން ގަބޫލުކޮށް އަޑުއުފުލައިފަ އެވެ.
މަދު ބަޔަކާ އެކު ޕީޕީއެމް އޮފީސް ކުރިމަތީ ރޭ ބޭއްވި އެއްވުމުގެ ބައިވެރިން ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް، ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލި ކަމަށް ތުހުމަތުކޮށް "ވޯޓު ވަގު" އަށް ގޮވައިފަ އެވެ. އަދި ރައީސް ޔާމީނާ ވާދަކުރައްވައި ބޮޑު ތަފާތަކުން ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ވެސް އެފަދަ ތުހުމަތުކޮށް އަޑު އުފުލި އެވެ.
މުޒާހަރާ ކުރާ ނަމަ ޓްރެފިކް ތޮއްޖެހި އާއްމު ރައްޔިތުންނަށް އުނދަގޫތައް ކުރިމަތިވާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކަށް ފާޑުކިޔާ ޕީޕީއެމުން ރޭ މުޒާހަރާ ކުރީ ވެސް ބޮޑުތަކުރުފާނު މަގުގައި، ދުއްވާ އެއްޗިއްސަށް ދަތިވާ ގޮތަށެވެ. އަދި އާއްމުން ދިރިއުޅޭ އެ ސަރަހައްދުގައި އަޑުހަރުކޮށް ވަގަށް ގޮވައި ވެސް ހެދި އެވެ.
Hulhumale’ inn bahuga meehun PPM office dhoshah ufulaigen varah foareega muzaaharaa dhanee kuriah.
— Ahmed Mahloof (@AhmedMahloof) October 1, 2018
Yameen thastheegukoh amalu kuramundhaa qaanoonuge dhashun Male’ ga muzaaharaa kurumakee manaa kameh. @PoliceMv.
Muzaaharaa kohgen alhugandah 10 mahuge jalu hukumehves kuri. pic.twitter.com/gj7PXL00YM
މި ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްގެން ޖަލަށް ލި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެ ކުރެއްވި ޓްވީޓް--
އެއްވުމުގެ ބައިވެރިން ވާރެއާ ތެމިގެން ތިބިއިރު ޕީޕީއެމް އޮފީހުގެ ހިޔަލުގައި ހުންނަވައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނު އިލެކްޝަންސް އަށް އައްޔަން ކުރެއްވި، އަދި ޒަމާންވީ އެކުވެރިޔާ ޝަރީފަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އެމަނިކުފާނު ގޮވާލެއްވި އެވެ.
ރައީސް ޔާމީނަކީ މުޒާހަރާ ކުރުމާ ދެކޮޅަށް ވަރަށް ގިނައިން ވާހަކަފުޅު ދައްކަވާފައިވާ ބޭފުޅެކެވެ. ރިޔާސީ އިންތިހާބަށް ހަތަރު ދުވަހަށް ވެފައިވަނިކޮށް މާލޭގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ވެސް ރައީސް ޔާމީން ވަނީ "އެއްވަން ބޭނުން ނަމަ ހައްޖަށް ދާންވީ"ނޫންހޭ ވިދާޅުވެ މުޒާހަރާތަކަށް ފާޑުވިދާޅުވެފަ އެވެ.
Amilla nafsaa dhekolhah muzaaharaa koffa, amilla nafsaa dhekolhah riyaasee bahus kuree kaaku?
— Husnu Al Suood (@hsuood) October 1, 2018
ރައީސް ޔާމީން މުޒާހަރާ ކުރައްވަނީ އަމިއްލަ ނަފްސާ ދެކޮޅަށް ކަމަށް ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވުން--
އެމަނިކުފާނުގެ އެވާހަކަފުޅަށް، ކުރީގެ ނައިބު ރައީސް އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށްޓަކައި އެންމެ ބޮޑު މަސައްކަތްޕުޅެއް ކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ މަލާމަތްކުރައްވައިފަ އެވެ.
ޓްވީޓެއްގައި ޖަމީލް ވިދާޅުވީ "މަނިކުފާނު ތިޔަ ގޮތަށް މުޒާހަރާކުރެއްވުމަކީ ވަރަށް ހުތުރު ކަމެއް" ކަމަށެވެ.
RY ulhuhvaa gothun hini annanee. 5 aharu verikan rayyithun havaalu kuri gothah kurehvinama miadhu thiyahen ulhuhvan nujeheyne. Manikfaan thiya gothah muzaaharaa kurehvumakee varah huthuru kameh. Thikan kurahvaa hihvannaa hahjjah vadaigannavan vee noonthoa? pic.twitter.com/rvnojGtpuj
— Mohamed Jameel Ahmed (@MJameelAhmed) October 1, 2018
ކުރިއާލާ އެންގުމަކާ ނުލައި މުޒާހަރާ ކުރުމުގެ ހައްގު ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި ވީނަމަވެސް މި ސަރުކާރުން ވަނީ އެކަން ހުއްޓުވައިފަ އެވެ. އެގޮތުން ހޯމް މިނިސްޓްރީގެ ހުއްދައެއް ނެތި އެއް ނުވެވޭނެ ކަމަށް 2016 ވަނަ އަހަރު ނިންމި އެވެ. އަދި މުޒާހަރާ ކުރުމުގެ ހައްގު އެއްކޮށްގެން ބަންދުކުރި އެވެ. މުޒާހަރާ ކުރި އެތައް ބަޔަކު ޖަލަށް ލި އެވެ.
އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަން އުޅޭ ނަމަ އެކަން ހުއްޓުވައި ޕީޕީއެމުން ބުނަމުން ގެންދިޔައީ އިދިކޮޅު މީހުންނަކީ އެއްވުންތައް ބާއްވައި ގައުމު ހަލަބޮލި ކުރަން އުޅޭ ބައެއް ކަމަށެވެ.
ހައްގު ހޯދަން ބާއްވާ އެއްވުންތަކާ ދެކޮޅު، ޕީޕީއެމުން ރޭ މުޒާހަރާ ކުރުމުން ސޯޝަލް މީޑިއާގައި ސިޔާސީ ބޭފުޅުންނާއި އާއްމުން އުފައްދާފައިވާ ސުވާލަކީ އޭރު ޕީޕީއެމުން ދެއްކި ވާހަކަތައް ކޮބައިތޯ އެވެ؟
EC ah nufooz vadhefavaanama vadhefavanee RY adhi PPM ge nufooz! EC membarun keehthoa kuraanee rayyithun nikume boakoh @ibusolih ashaai @FaisalNasym ah vote dhineemaa? https://t.co/QiknF7U5wy
— Abdulla Riyaz MP (@riyazabdulla) October 2, 2018
އީސީ އަށް ނުފޫޒެއް ފޯރުވާނަމަ އެކަން ކުރައްވާނީ ޕީޕީއެމުން ކަމަށް މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވުން--
"މުޒާހަރާ ކުރުން މަނާކޮށްފައި މުޒާހަރާ ކުރި މީހުން ޖަލަށް ލާފައި ބައެއް މީހުން ޖަލުގައި މަރުވެދިޔަ ފަހުން ޕީޕީއެމަށް މި ރޭކާލީ މުޒާހަރާ ކުރުމަކީ އޮންނަ ކަމެއްކަން،" ސޯޝަލް މީޑިއާ އެކްޓްވިސްޓް ލޫކަސް ޖަލީލް ރޭ ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.
ހިޔާނާތާއި ނާއިންސާފުގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދެއްކުމުން އެއީ މީހުންގެ އަބުރު ކަތިލުން ކަމަށް ޕީޕީއެމުން ސިފަ ކުރި އެވެ. އަދި އަބުރު ގާނޫނުގެ ނަމުގައި ގާނޫނެއް ހަދައި ހިޔާނާތުގެ ތުހުމަތުތައް ކުރެވޭ މީހުންގެ ވާހަކަތައް ރިޕޯޓް ކުރުމަށް ހުރަސްތަކެއް އެޅި އެވެ. އެ ވާހަކަ ދެއްކި މީޑިއާތައް މިލިއަނުން ޖޫރިމަނާ ކޮށްފައިވެ އެވެ.
Meena aai R/Yameen mirey midhekki vaahakainnaai mirey kankan kuri gothunnaai vakin khaassakoh “insaafuge” vaahaka dhekkumun annanee hama hini. pic.twitter.com/sI2cDP5qmo
— Saudulla (@saudullahilmy) October 1, 2018
މެމްބަރު ސައުދުﷲ ހިލްމީ ކުރެއްވި ޓްވީޓް--
ޕީޕީއެމުން ކުރި މުޒާހަރާގައި ވަގަށް ގޮވައި އަޑު އުފުލުމާއި ޗެނަލް13 އިން އެ އަޑުތަކާއި މަންޒަރުތައް ވަގުތުން ގެނެސްދިނުމުން އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި ޕީޕީއެމުން ދެއްކި ވާހަކަތަކުގައި ބުރަދަނެއް ނަތް ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އިދިކޮޅު ޕާޓީއެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވައިފި
އިންތިހާބު ސައްހަ ނޫން ކަމުގެ ބަޔާނަށް އާދޭސް ކުރަނީ
75،000ރ. އިން ޕީޕީއެމް ޖޫރިމަނާކޮށްފި
އިހްލާސްތެރި މަސައްކަތުގެ އަގު ވަޒަން ނުކުރި: އަޝްމަލީ
އަބްދުއްރަހީމް، ޝަރީފަށް: ޖެހޭނީ ކުޑަކަކޫ ޖަހަން
"ބަލި ގަބޫލުނުކުރެވެނީއެއް ނޫން"! ދެން ކޮން ކަމެއް؟
ވޯޓު އޮޅުވާލަން ވިސްނާނެ ކަމެއް ނެތް: ރައީސް ޔާމީން
ގާނޫނު ތަންދޭ ފުޅާމިނުގައި ކެމްޕެއިން ކުރާނަން: ޒަމީރު
ސަރުކާރުގެ ވަސީލަތް ބޭނުން ކުރާ މައްސަލަ ޕޮލިހަށް
ކުރިން ކެމްޕޭން ކުރިޔަސް މިހުރީ ގާނޫނީ އިމުގައި:ޝަރީފް