Roadha Mihaaru
ނޫސްވެރިކަމުގެ އިނާމަށް ލިބުނީ 31 ހުށަހެޅުން

ނޫސްވެރިކަމުގެ އިނާމަށް ލިބުނީ 31 ހުށަހެޅުން: އެމްއެމްސީ

20 ސެޕްޓެމްބަރ 2018

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ދޭ ނޫސްވެރިކަމުގެ މި އަހަރުގެ އިނާމަށް 31 ހުށަހެޅުން ލިބިފައިވާ ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ދޭ ނޫސްވެރިކަމުގެ މި އަހަރުގެ އިނާމަށް 31 ހުށަހެޅުން ލިބިފައިވާ ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ.

ނޫސްވެރިންގެ މަސައްކަތް ކުރިއަރުވައި، ހިތްވަރު ދިނުމަށްޓަކައި ދޭ މި އިނާމަށް ނުވަ ދާއިރާ އަކުން ކުރިމަތިލުމުގެ ފުރުސަތު މި އަހަރު ހުޅުވައިލި އެވެ. އެއީ އިޖުތިމާއީ، ސިޔާސީ، ޝަރުއީ އަދި ގާނޫނީ ދާއިރާ، ކުޅިވަރު، ފޮޓޯ ޖާނަލިޒަމް، ވީޑިއޯ ޖާނިލަޒަމް، ފީޗާ ލިޔުން، އަދި އެންމެ އުންމީދީ ނޫސްވެރިޔާ އެވެ.

އެމްއެމްސީން ބުނިގޮތުގައި، މި އަހަރުގެ އެވޯޑަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ އިޖުތިމާއީ އަދި ސިޔާސީ ދާއިރާ އަށެވެ. އެ ދެ ދާއިރާގެ އިނާމަށް ހަ މީހަކު ވަނީ ކުރިމަތިލައިފަ އެވެ.

ވިޔަފާރީގެ ދާއިރާ އަށް ފަސް މީހުން ހުށަހަޅާފައިވާއިރު ފީޗާ ލިޔުމުގެ ދާއިރާއިން އިނާމު ހޯދުމަށް ހުށަހެޅީ ހަތަރު މީހެކެވެ. ފޮޓޯ ޖާނަލިޒަމްގެ ދާއިރާއަށް ތިން މީހަކު ވަނީ ހުށަޙަޅައިފަ އެވެ ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ އާއި ޝަރުއީ އަދި ގާނޫނީ ދާއިރާއިން އިނާމު ހޯދުމަށް ކުރިމަތިލީ ދެ މީހެކެވެ. އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމަށް ހުށަހަޅާފައި ވަނީ އެންމެ މީހެކެވެ.

ނޫސްވެރިންނަށް އެވޯޑު ދޭން އެމްއެމްސީން ފެށިތާ ހަތަރު އަހަރު ވެފައިވާއިރު، އެކި ދާއިރާތަކުން މިދިޔަ އަހަރު އެވޯޑު ލިބުނު ނޫސްވެރިންނަށް ފައިސާގެ އިނާމުގެ ގޮތުގައި 15،000ރ. އާ އެކު އިތުރު އިނާމުތައް ދީފައި ވެ އެވެ.