Roadha Mihaaru
އެއްބަސްވުމުގެ ވާހަކަތައް ލަސްކޮށްލަން ކާންޓޭ އެދިއްޖެ

އެއްބަސްވުމުގެ ވާހަކަތައް ލަސްކޮށްލަން ކާންޓޭ އެދިއްޖެ

20 ސެޕްޓެމްބަރ 2018

ލަންޑަން (ސެޕްޓެމްބަރު 20) - ޗެލްސީގައި އޭނާ ހުރި އުފަލުން ކަމަށާއި އެކަމަކު އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރުމުގެ ވާހަކަތައް ލަސްކޮށްލަން ފްރާންސް އެންގޯލޯ ކާންޓޭ ބޭނުންވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ސެޕްޓެމްބަރު 20) - ޗެލްސީގައި އޭނާ ހުރި އުފަލުން ކަމަށާއި އެކަމަކު އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރުމުގެ ވާހަކަތައް ލަސްކޮށްލަން ފްރާންސް އެންގޯލޯ ކާންޓޭ ބޭނުންވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 27 އަހަރުގެ ކާންޓޭއާ އެކު ޗެލްސީން ހަދާފައިވާ އެއްބަސްވުން އާ ކުރަން އެ ކްލަބުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. ޗެލްސީއާ އެކު ކާންޓޭ ހަދާފައިވާ އެއްބަސްވުމުގައި ބާކީ ތިން އަހަރު އެބައޮތެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ފްރާންސުން ހޯދިއިރު އެ މުބާރާތަށް ފަހު އެ ގައުމުގެ ގަދަބާރު ޕީއެސްޖީން ވަނީ ކާންޓޭ ހޯދަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު ކާންޓޭ ވަނީ ކްލަބް ބަދަލުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެފަ އެވެ.

ޕީއެސްޖީން ކާންޓޭ ގެންދަން އެންމެ ބޭނުންވަނީ އެ ޓީމަށް ކުޅޭ ތިއާގޯ މޮޓާ ކުޅުން ހުއްޓާލާފައިވާތީ އާއި އެ ޓީމަށް ކުޅޭ ދެ މިޑްފީލްޑަރުން ކަމަށްވާ މާކޯ ވެރާޓީ އާއި އެޑްރިއަން ރަބިއޯގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާތީ އެވެ.

ކާންޓޭއާ ހަވާލާދީ ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މި ވަގުތު އޭނާގެ ވިސްނުން ހުރީ ހަމައެކަނި މި ސީޒަނާ މެދު ކަމަށާއި ކޮންޓްރެކްޓްގެ ވާހަކަތައް ދައްކަން ބޭނުންވަނީ ސީޒަން ނިމުމުން ކަމަށެވެ.

އިނގިރޭސި ލީގުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދާފައިވާ ކާންޓޭ ހޯދުމުގެ ރޭހުގައި ގިނަ ކްލަބްތަކެއް ބައިވެރިވާނެ ކަމަށް ބެލެވެ އެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑާއި އިޓަލީގެ ކްލަބްތައް ހިމެނެ އެވެ.

މީގެ ތިން އަހަރު ކުރިން ފްރާންސްގެ ކާއެން އަށް ކުޅުނު ކާންޓޭގެ ވިދުން ގަދަވީ ލެސްޓާ ސިޓީ އަށް ބަދަލުވި ހިސާބުންނެވެ. މުޅި ދުނިޔެ ހައިރާންކޮށްލުމަށް ފަހު ލެސްޓާ އިން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު ކާންޓޭ އަކީ ޓީމުގެ އެއް ތަނބެވެ. އެ ސީޒަނަށް ފަހު ކާންޓޭ ވަނީ ލެސްޓާ ދޫކޮށް ޗެލްސީ އަށް ބަދަލުވެފަ އެވެ. އަދި އެ ޓީމާ އެކު ވެސް ޕްރިމިއާ ލީގު ހޯދި އެވެ.