Roadha Mihaaru
ކާންޓޭ އަށް އަނިޔާވެ ޗެލްސީ އަށް ހާސްކަން

ކާންޓޭ އަށް އަނިޔާވެ ޗެލްސީ އަށް ހާސްކަން

08 އޮކްޓޯބަރ 2017

ސޯފިއާ، ބަލްގޭރިއާ (އޮކްޓޯބަރު 8) – ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ބަލްގޭރިއާ އަތުން 1-0 އިން ފްރާންސް މޮޅުވި މެޗުގައި އެ ޓީމަށް ކުޅޭ ޗެލްސީގެ މުހިއްމު މިޑްފީލްޑަރު އެންގޯލޯ ކާންޓޭގެ ފަލަމަސްގަނޑަށް އަނިޔާވެ ޗެލްސީއަށް ހާސްކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ކާންޓޭ އަށް ލިބުނު އަނިޔާއާ ގުޅިގެން 34 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފަ އެވެ. މި އަނިޔާގެ އިތުރު ތަފްސީލެއް އަދި ލިބިފައި ނުވެ އެވެ. އެކަމަކު ވޯލްޑް ކަޕް ކޮލިފައިންގައި އަންގާރަ ދުވަހުގެރޭ ބެލާރޫސްއާ ދެކޮޅަށް ފްރާންސް ކުޅޭ މެޗުގައި އޭނާ އަށް ބައިވެރިނުވެވޭނެ އެވެ.

އާއްމުކޮށް މިފަދަ އަނިޔާތަކުގެ ސަބަބުން މަހެއްހާ ދުވަހަށް ނުވަތަ ދޮޅު މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހެ އެވެ. އެހެންވެއްޖެ ނަމަ އެއީ ޗެލްސީ އަށް ކުރިމަތިވާނެ ވަރަށް ބޮޑު މައްސަލައެކެވެ. ޗެލްސީގެ މެދުތެރޭގެ އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ، މިދިޔަ އަހަރު ލެސްޓާ ސިޓީއާ އެކު ޕްރިމިއާ ލީގު ކާމިޔާބުކުރި ކާންޓޭ އެވެ.

ޗެލްސީގެ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ ވެސް ހުރީ ފަލަމަސްގަނޑުގެ އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގަ އެވެ. ބެލެވޭ ގޮތުގައި އޭނާ އަށް އެންމެ އަވަހަށް ވެސް ކުޅެން ނުކުމެވޭނީ އަންނަ ނޮވެމްބަރު މަހުގެ މެދުތެރޭގަ އެވެ. އެހެންވެއްޖެ ނަމަ މޮރާޓާ އަށް ޗެލްސީގެ ހަތް މެޗު ގެއްލޭނެ އެވެ. އެއީ ޕްރިމިއާ ލީގުގައި ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗާއި ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗާއި އަމިއްލަ ދަނޑުގައި ވަޓްފޯޑާ ވާދަކުރާ މެޗުގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި ޗެމްޕިއަންސް ލީގުގައި އިޓަލީގެ އޭއެސް ރޯމާއާ ދެކޮޅަށް ކުޅޭ ދެ މެޗާއި ލީގު ކަޕުގައި އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗު ވެސް ގެއްލޭނެ ކަމަށް ބެލެވެ އެވެ.