20 ސެޕްޓެމްބަރ 2018
މެޑްރިޑް (ސެޕްޓެމްބަރު 20) - ޗެމްޕިއަންސް ލީގުގެ އެންމެ ފަހުން ތިން އަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އާ ސީޒަނުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރޯމާ އަތުން 3-0 އިން މޮޅުވިއިރު، މި ފަހަރުގެ މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ނެރޭނެ ކަމަށް ބެލެވޭ މެންޗެސްޓާ ސިޓީ އަމިއްލަ ދަނޑުގައި ލިޔޯން އަތުން 2-1 އިން ބަލިވެ މާޔޫސްކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މެޑްރިޑް (ސެޕްޓެމްބަރު 20) - ޗެމްޕިއަންސް ލީގުގެ އެންމެ ފަހުން ތިން އަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އާ ސީޒަނުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރޯމާ އަތުން 3-0 އިން މޮޅުވިއިރު، މި ފަހަރުގެ މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ނެރޭނެ ކަމަށް ބެލެވޭ މެންޗެސްޓާ ސިޓީ އަމިއްލަ ދަނޑުގައި ލިޔޯން އަތުން 2-1 އިން ބަލިވެ މާޔޫސްކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ރެއާލުގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ ލިބުނު ހިލޭ ޖެހުމަކުން އިސްކޯ އެވެ. ދެ ވަނަ ހާފުގައި ރެއާލުގެ އަނެއް ދެ ލަނޑު ޖަހައިދިނީ މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ގަރެތު ބޭލް އާއި އަލުން ރެއާލާ ގުޅުނު މަރިއާނޯ ޑިއާޒް އެވެ.
މި މެޗުގައި ރޯމާ އިން ފޮނުވާލި ގިނަ ހަމަލާތަކެއް ރެއާލުގެ ގޯލުގައި ހުރި ކޮސްޓަ ރިކާގެ ކީޕަރު ކޭލޯ ނަވާސް ވަނީ ހުއްޓުވައިފަ އެވެ. މެޗަށް ފަހު ރެއާލުގެ ކޯޗު ހުލެން ލޮޕެޓީގް ވަނީ މެޗުން މޮޅުވުމުގައި ނަވާސް ވަރަށް މުހިއްމު ރޯލެއް އަދާކުރި ކަމަށް ބުނެފަ އެވެ.
މިއީ މިދިޔަ ސީޒަނާ އެކު ޖެހިޖެހިގެން ސިޓީ މި މުބާރާތުގައި ބަލިވި ހަތަރު ވަނަ މެޗެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުން ބަސެލް އަތުން އަމިއްލަ ދަނޑުގައި ސިޓީ ބަލިވިއިރު، ކުއާޓާ ފައިނަލުގެ ދެ މެޗު ލިވަޕޫލް އަތުން ވެސް ވަނީ ބަލިވެފަ އެވެ. މިއީ އިނގިރޭސި ޓީމެއް މި މުބާރާތުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.
މިިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ބެންޗުން ފޮނުވާލުމުގެ ސަބަބުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ރޭގެ މެޗުގައި ހުރީ ބެންޗަށް ނާދެވޭ ގޮތަށް ސަސްޕެންޝަނުގަ އެވެ. އެހެންވެ ސިޓީ އަށް ބެންޗުން އިރުޝާދުދިނުމުގައި އެންމެ އިސްކޮށް އުޅުނީ އެސިސްޓަންޓް ކޯޗު މިކޭލް އާޓެޓާ އެވެ.
ލިޔޯނަށް މެޗުގެ 26 ވަނަ މިނިޓްގައި ލީޑުނަގައިދިނީ އެ ޓީމުގެ ކެޕްޓަން ނަބީލް ފެކީރް ނަގައިިދިން ހުރަހަކުން މެކްސްވަލް ކޯނެޓް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިޔޯނުގެ ލީޑުފުޅާކޮށްދިނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިޔޯން ދޫކޮށްލާނެ ކަމަށް ބެލެވުނު ފެކީރް އެވެ. އޭރިއާ ބޭރުން ފެކީރް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
ދެ ވަނަ ހާފް ފަށައިގެން ލިޔޯނަށް ތިން ވަނަ ލަނޑެއް ޖަހައިދޭން ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު މެމްފިސް ޑިޕާއި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ސިޓީގެ ހަމައެކަނި ގޯލް ޖެހީ ލިރޯއީ ސާނޭ ދިން ބޯޅައަކުން ބެނާޑޯ ސިލްވާ އެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް ކުޅުނު މެޗުން ވަނީ ރަށުން ބޭރުގައި ބެންފީކާ އަތުން 2-0 އިން މޮޅުވެފަ އެވެ. މި މެޗުގައި ބަޔާންގެ ލަނޑުތައް ޖަހައިދިނީ ރޮބަޓް ލެވަންޑޯސްކީ އާއި ރެނާޓޯ ސަންޗޭސް އެވެ. މި ގްރޫޕުގެ އަނެއް މެޗުގައި އަޔެކްސް ވަނީ އަމިއްލަ ދަނޑުގައި 3-0 އިން އޭއީކޭ އެތަންސް ބަލިކޮށްފަ އެވެ.
ސިޓީ އާއި އާސެނަލް ކަޓުވާލައި ބެޔާނާއި ރެއާލް ސެމީއަށް
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ
ބަޔާނާއި ސިޓީ އަނެއް ބުރަށް، ލިވަޕޫލް ބަލިވެއްޖެ
ބޮޑެތި ބާރުތައް ދެ ވަނަ ބުރަށް ދަތުރުކޮށްފި
ބެޔާނާއި ރެއާލް ވެސް ޗެމްޕިއަންސް ލީގުގައި ބަލިވެއްޖެ
ގޯސް ހެދުނުކަމަށް ރެފްރީ އެއްބަސްވެއްޖެ: ބެޔާން
ބާނަބޭއޫގައި އަވަހަށް އުފާނުކުރާތި، ބެޔާނަށްވެސް ވީދެރަ
ރެއާލަށް ދެން ބޭނުންވަނީ މެޑްރިޑްގައި ޖާދޫގެ ރެއެއް
ސިޓީ އާއި ރެއާލްގެ ކޯޗު ވެސް ހިތްހަމަ ޖެހިފައި