Roadha Mihaaru
ދިރާގު ރޯޑް ރޭހުގެ ޖާގަ 48 ގަޑިއިރު ތެރޭ ފުރިއްޖެ

ފުރުސަތު ހުޅުވާލިތާ 48 ގަޑިއިރު ތެރޭ ދިރާގު ރޯޑު ރޭހުގެ ޖާގަ ފުރިއްޖެ

19 ސެޕްޓެމްބަރ 2018

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ރޭސް، ދިރާގު ރޯޑު ރޭހުގައި ބައިވެރިވާން ހުޅުވާލިތާ އެންމެ 48 ގަޑިއިރުގެ ތެރޭގައި ޖާގަ ފުރިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ރޭސް، ދިރާގު ރޯޑު ރޭހުގައި ބައިވެރިވާން ހުޅުވާލިތާ އެންމެ 48 ގަޑިއިރުގެ ތެރޭގައި ޖާގަ ފުރިއްޖެ އެވެ.

ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު އެއް ކުންފުނިން ބުނީ ރޯޑު ރޭހުގައި ބައިވެރިވާން މިދިޔަ އާދިއްތަ ދުވަހު ހުޅުވާލުމާ އެކު ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. ނަމަވެސް އަންނަ މަހުގެ 16 އާ ހަމައަށް ފުރުސަތު އޮތަސް، ދެ ދުވަހުގެ ތެރޭގައި 4000 ޖާގަ ފުރިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިއީ ރޯޑް ރޭހަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ތަރުހީބެވެ. މިދިޔަ އަހަރުގެ ރޭހަށް ޚާއްސަކުރި 3000 ޖާގަ ފުރުނީ ތިން ދުވަހުންނެވެ.

ދިރާގު ރޯޑް ރޭހުގައި އޮންނަނީ ފަސް ކިލޯމީޓަރުގެ ދުވުމާއި 10 ކިލޯމީޓަރުގެ ދުވުމެވެ. މި ދުވުންތައް ހާއްސަކޮށްފައިވަނީ ވަކި އުމުރެއް ނެތި ބައިވެރިވެވޭ އޯޕަން ކެޑެގަރީ އާއި 45 އަހަރުން މަތީގެ މީހުންގެ ކެޓެގަރީ އަދި ސްކޫލް ކުދިންގެ ބަ އެވެ.

ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަގުސަދުގައި ބާއްވާ ރޯޑް ރޭޙުގައި ބައިވެރިވި މީހުންނަށް ބިބް ދޫކުރާނެ ދުވަސް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ދިރާގުން ބުންޏެވެ. އަދި ރޭހުގައި ރަޖިސްޓްރީވެ އެކަމަކު ބިބް ނުގެންދާ މީހުންގެ ޖާގަ އެހެން މީހުންނަށް ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ރޯޑް ރޭހުގެ ޓީޝާޓްގެ އަގަކީ 100ރ. އެވެ. ޓީޝާޓް ވިއްކަނީ ރޭހުގައި ބައިވެރިވާ، ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތަކަށް އެހީވުމަށެވެ.